ads
ހުނިހަކުރު
ސީއެންއެމް ބަދިގެ: ހުނިހަކުރު
ރޯދަމަހަށް ހާއްސަކޮށްގެން "ސީއެންއެމް ބަދިގެ" ނަމުގައި މިގެނެސް ދޭ ލިޔުންކޮޅުތަކުގައި މިއަދު މި ގެނެސްދެނީ ހުނިހަކުރު(ސްޓީމް ކޮށްފައި) ތައްޔާރުކުރާނެ ގޮތެވެ. ހުނިހަކުރު ފޮޅިއަށް އަދިވެސް ޑިމާންޑް އެބައޮތެވެ. ދިވެހިވަންތަ ރަހަލައްވާ ސައިބޯލަން ހަދާ މި ކަހަލަ ބާވަތްތަށް ކަމުދެއެވެ. ކިޔުންތެރިންނަށް ކަމުދާނެ ކަމަށް އުއްމީދު ކުރަމެވެ. މީ ތައްޔާރުކުރުމަށްވެސް މާއުދަގޫ ޑިޝްއެއްވެސް ނޫނެވެ.

ބޭނުންވާ ތަކެތި:

 1 ޖޯޑު ޅަ ގަބުޅީގެ ހުނި (މިކްސްޗަރުން ފުނޑާފައި)

 1 ޖޯޑު ހަކުރު

 1 ޖޯޑު ފުށް

 ރާނބާފަތް

ހުނިހަކުރު ހަދާ ގޮތް:

މިކްސްޗަރު ކޮށްފައި ހުރި ގަބުޅި ހުންޏަށް، ހަކުރު ޖޯޑު އަޅާލާށެވެ. އަދި ރާނބާފަތްކޮޅެއް ލައިގެން މަޑު ގިނީގައި ކައްކާލާށެވެ. ރީއްޗަށް ހަކުރުތައް ވިރުމުން، ކުޑަކޮށް ހިކިލީމައި އުންދުންމަތިން ބޭލުމަށް ފަހު، ބޭނުން ނަމަ، 1 ސައިސަމުސާ ފިނިފެން އެޅިދާނެ އެވެ.

ރޮށި ފިހާ ގޮތަށް 1 ޖޯޑު ފުށް މޮޑެފައި، ކުދިކޮށް ގުޅަ ހަދާފައި، ގުޅަތައް ދަމާފައި، އެތެރެއަށް ހުނިހަކުރު އެޅުމަށް ފަހު، ޕެޓީސް ބަންދު ކުރާ ގޮތަށް ބަންދު ކޮށްލާށެވެ. ދެން ސްޓީމްކުރާ އެތީގެ ފެނަށް ރާނބާފަތްކޮޅެއް ލައިގެން ހުނިހަކުރު ސްޓީމްކުރަންވީ އެވެ.

ތެއްލައިގެން ނުވަތަ ފިހެގެން ވެސް މި ހުނިހަކުރު ތައްޔާރު ކުރެވިދާނެ އެވެ.

މިހާރު ކެފޭއަކުން ނުވަތަ ގެއަކުންވެސް ހަދާފައި ހުންނަ ހުނިހަކުރު ފޮޅިއެއް ސައި މޭޒަކުން ފެންނަ އިރުވެސް ފެންނަނީ ބޭރު ފުށުން ހަދާ ތެއްލާފައި ހުންނަތަނެވެ. މިގޮތަށް ތެއްލުމުން ބޭރުފުށް މުރަނަކޮށް ހުރެއެވެ. އެއްބައްޔަކަށް މިގޮތް ވެސް އޯކޭ އެވެ. އަސްލު ހުނިހަކުރާއި އަޅާކިޔާއިރު މިއީ މިއަށް ގެނައި ބޮޑު ބަދަލެކެވެ. 

ހުނިހަކުރު ފޮޅި ކަމުދާ މީހުން ބުނާ ގޮތުގައި އެގޮތަށް ތެއްލާފައި ހުންނަ ހުނި ހަކުރަށްވުރެ އިހުގައި ހަދާ ހުނިހަކުރު މާ ކަމުދެ އެވެ. އިހުގެ ގޮތް ކަމުދަނީ ބޮޑަށް ސްޓީމުން ކައްކާފައި ހުންނާތީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް