ads
ސޭޓަށް ވަޅިން ހަމަލާދޭ މަންޒަރު
ވަޅިން ހަމަލާދިން އަންހެން މީހާ އަނެއްކާވެސް ހައްޔަރުކޮށްފި
މާލޭގެ ފިހާރައެއްގެ ތެރެއަށް ވަދެ، ސޭޓަށް ވަޅިން ހަމަލާދިން މައްސަލާގައި ހައްޔަރުކުރި އަންހެން މީހާ، ފޭރުމުގެ މައްސަލައެއްގައި އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.

މިދިޔަ އަހަރު ފަހުކޮޅު މާލޭގެ ފިހާރައެއްގެ ތެރެއަށް ވަދެ، ސޭޓަށް ވަޅިން ހަމަލާދިން މައްސަލާގައި ހައްޔަރުކ ކޮށްފައިވަނީ ތ. ތިމަރަފުށީ ސަލްވާ، ފާތިމަތު ޝަހުދާ ކިޔާ އަންހެނަކަށެވެ. އޭރު އޭނާ ހައްޔަރުކޮށްގެން ގެންގުޅުމަށް ފަހު ދޫކޮށްލާފައިވަނިކޮށް، އަނެއްކާވެސް އޭނާ ހައްޔަރުކޮށްފައިވަނީ ފޭރުމުގެ މައްސަލައެއްގައެވެ. 

ފޭރުމުގެ މައްސަލައެއްގައި ހައްޔަރުކޮށް، މިއަދު އޭނާ ކޯޓަށް ގެންގިޔުމުން 15 ދުވަހު ބަންދުކޮށްފައި ބެހެއްޓުމަށްވަނީ އަމުރުކޮށްފައެވެ. 

މިދިޔަ އަހަރު ފަހުކޮޅު މި އަންހެން މީހާ ހައްޔަރުކޮށްފައިވަނީ މާފަންނު މަޖީދީ މަގުގައި ހުންނަ ފޯނު ވިއްކާ ފިހާރައެއް ކަމަށްވާ ޑްރީމްސް މޮބައިލްސް ތެރޭގައި ވަޅިން ހަމަލާދީ ފޭރުނު މައްސަލައިގައެވެ.

އެ ހާދިސާގެ މަންޒަރު ފެންނަ އެ ފިހާރައިގެ ސީސީޓީވީ ފުޓޭޖު ސޯޝަލް މީޑިއާގައި ދައުރުވެފައިވާއިރު ފުޓޭޖުން ފެންނަ ގޮތުގައި، ފިހާރައަށް ވަދެ އެ އަންހެން މީހާ ފޯނެއް ދައްކަން ސޭޓު ގާތުގައި އެދެ އެވެ. ފޯނު ދެއްކި ފަހުން ދެ މީހުންގެ މެދުގައި ޒުވާބެއް ހިނގަ އެވެ.

އޭގެ އިރުކޮޅެއް ފަހުން އެ އަންހެން މީހާ އޭނާގެ ހެދުމުގެ ތެރޭގައި އޮތް ވަޅިއެއް ނަގައި ސޭޓުގެ ކަރުގައި އަޅައިފައި ފިހާރައިން ނުކުންނަ ދުއްވައިގަނެ އެވެ. އެ ފަހަރު ވަޅި ހަމަލާދިނުމުގެ ސަބަބުން ޒަހަމްވި ބިދޭސީ މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދީފަ އެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް