ads
އާރުޑީސީގެ ކުރީގެ އެމްޑީ މުހައްމަދު އަލިމަނިކު (މޫކޭ) އަދި ރައީސް ޑރ. މުއިއްޒު
އާރުޑީސީގެ މައްސަލަ ބެލީމަ ފެންނަނީ ކުރީގެ ސަރުކާރުގެ އަމާނާތްތެރިކަން: މޫކޭ
އާރުޑީސީގެ މައްސަލަ ބެލިވަރަކަށް ފެންނާނީ ކުރީ ސަރުކާރުގެ ވެރިންގެ އަމާނަތްތެރިކަންކަމަށް އެކުންފުނީގެ ކުރީގެ އެމްޑީ މުހައްމަދު އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

އާރުޑީސީ ހިންގިކަމަށް ބުނާ ކޮރަޕްޝަންގެ ތަހުގީގަށް ފުލުހުންގެ މަރުކަޒަށް މާދަމާ ހާޒިރުވާން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލަށް ވަނީ ޗިޓް ފޮނުވާފައެވެ. 

މި މައްސަލައިގެ ތަހުގީގަށް މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓާރ ފައްޔާޒު އިސްމާއިލް ހާޒިރުވާން ފުލުހުން ވަނީ އަންގާފައެވެ. އެޗިޓްގައިވާ ގޮތުން ފައްޔާޒު ހާޒިރުކުރަނީ އާރުޑީސީގެ ހިޔާނާތުން ހިންގި މުއާމަލާތަކުގެ ތެރެއިން ފައްޔާޒަށް މާލީ މަންފާ ލިބިފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލާގައި ސުވާލުކުރުމަށެވެ. 

ފުލުހަށް ހާޒިރުވާން ފޮނުވި ޗިޓް ހިމަނާ ފައްޔާޒު ކުރެއްވި ޕޯސްޓް ހިމަނާ މޫކޭ އެކްސްގައި ވިދާޅުވީ މަޖާކަމަކީ އާރުޑީސީ ހިންގުމާއި ހަވާލުވެ ހުރީ އޭނާކަމަށްވާއިރު މިހާތަނަށް އަދިވެސް ސުވާލެއް ކޮށްނުލާކަމަށެވެ.  

"ވެރިކަމާ ޙަވާލުވެ ހުރިހާ ބާރެއް ލިބުނުތާ ހަތަރު މަސް. އަދި ސުވާލެއް ކޮށްނުލާ. ޜޑޝ ގެ މައްސަލަ ބެލިވަރަކަށް ފެންނާނީ އެސަރުކާރުގެ ވެރިންގެ އަމާނާތްތެރިކަން" އާރުޑީސީގެ ކުރީގެ އެމްޑީ މުހައްމަދު އަލިމަނިކު (މޫކޭ) ވިދާޅުވިއެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީގެ) 14 މިލިއަން ވުރެ ގިނަ ރުފިޔާގެ ހިޔާނާތުގެ  މައްސަލާގައި 3 މީހަކާ ސުވާލުކޮށް ތަހުގީގުކޮށް ނިމުމާކައި ހަމައަށް އައިސްފައިވާކަމަށް މީގެ ހަފްތާއެއްހާ ދުވަސްކުރިން ފުލުހުން ވަނީ ބުނެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް