ads
ވޮލީގެ ރައީސް ލަތީބެ، އަންހެން ނާއިބު ރައީސްއާއެކު
ވޮލީގެ ރައީސްއަކަށް އަނެއްކާވެސް ލަތީބެ
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް އަނެއްކާވެސް މުހައްމަދު ލަތީފް- ލަތީބެ އިންތިހާބުކޮށްފިއެވެ.

ވޮލީގެ ރައީސްކަމަށް ލަތީބެ އިންތިހާބު ކުރީ، ވޮލީގެ ރައީސްގެ މަގާމުގައި 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންތިހާބު ކުރި ރައީސްކަމުގެ މަގާމުން މުހައްމަދު ރަނޭޝް (ރަނޭ)، މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު އިސްތިއުފާދެއްވުމުން އަލުން ބޭއްވި އިންތިހާބުގައެވެ. ވޮލީ އިންތިހާބުގައި ރައީސްގެ މަގާމަށް ކުރިމަތިލެއްވީ ލަތީބެ އެކަންޏެވެ.

ވީއޭއެމުގެ ރައީސްގެ މަގާމަށް ލަތީފް އިންތިހާބުވެވަޑައިގެންނެވިއިރު، ވީއޭއެމުގެ އަސާސީ ގަވާއިދު ބުނާ ގޮތުން މަގާމަކަށް އެއް ބޭފުޅަކު ކުރިމަތިލައްވައިފިނަމަ، ވޯޓަކާ ނުލައި އެ މަގާމަކަށް އެ ބޭފުޅަކު ހޮވިވަޑައިގަންނަވާނެއެވެ. އެހެންކަމުން ލަތީފް އާއެކު ހުސްވެފައިވާ ހިންގާ ކޮމިޓީގެ މަގާމުތަކަށް ކުރިމަތިލެއްވި މެންބަރުން ވަނީ ވޯޓަކާ ނުލައި އެ މަގާމުތަކަށް ހޮވިވަޑައިގެންފައެވެ.

ވޮލީގެ މަގާމުތަކަށް ހޮވިވަޑައިގެންނެވި ބޭފުޅުން:

ރައީސް: މުޙައްމަދު ލަތީފް

ސީނިއަރ ނައިބު ރައީސް: މުޙައްމަދު ސާޖިދު

ނައިބު ރައީސް ވޮލީބޯލް: ޢަލީ ލަތީފް

ނައިބު ރައީސް އިދާރީ: ޢިއްޒަތު ވަޙީދު

ނައިބު ރައީސް އަންހެން: އާއިދާ ޢަބުދުލްޙަކީމް

ހިންގާ ކޮމިޓީ މެންބަރު: ފަތުޙުﷲ ވަޙީދު

ހިންގާ ކޮމިޓީ މެންބަރު: ސޮފްވާން އަޙްމަދު

ހިންގާ ކޮމިޓީ މެންބަރު: ޝިޔާމް ޢަލީ

ހިންގާ ކޮމިޓީ މެންބަރު/އަންހެން: ޢާއިޝަތު ފަތީނަތު

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް