ads
އަނީސާ އަހްމަދު
ހައުސިން ކޮމެޓީން އަނީސާ އިސްތިއުފާދެއްވައިފި
ކުރީ ސަރުކާރުގައި ދޫކުރި ގޯއްޗާއި ފްލެޓްތަކާ ގުޅޭ ގޮތުން ހުށަހަޅާ މައްސަލަތަކުގައި ހައުސިން މިނިސްޓްރީއަށް ލަފާ ދޭން އެކުލަވާލި މިނިވަން ކޮމިޓީން އަނިސާ އިސްތިއުފާދެއްވައިފިއެވެ.

ކޮމެޓީގެ ޗެއާ ކަން ކުރައްވާ އަނީސާ އިސްތިއުފާދެއްވީ އެނގިފައިވާ ގޮތުގައި ޒާތީ ސަބަބުތަކަށްޓަކައެވެ. 

"ބިންވެރިޔާ" އާއި ގެދޮރުވެރިޔާ" ސްކީމްގައި ހިމެނޭ ކަންކަން ކުރިއަށް ގެންދިއުމަށް ހައުސިން ކޮމިޓީ އުފެއްދީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ މަތިން މިދިޔަ މަހުއެވެ.

އަނީސާ އިސްތިއުފާދެއްވިއިރު ކޮމެޓީން މިހާތަނަށް ބާއްވާފައިވަނީ އެންމެ ބައްދަލުވުމެކެވެ.

ހައުސިން ކޮމެޓީގައި އަނީސާގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ  އާމިނަތު އީނާސް، އަހުމަދު އަލި މަނިކު،  އަބްދުލްއަޒީޒު ޔޫސުފް އަދި މަރިޔަމް ފިޒާނާ ރަޝީދުއެވެ. 

ކޮމެޓީގެ ވައިސް ޗެއާއަކަށް އައްޔަންކުރައްވާފައިވަނީ އަބްދުލްއަޒީޒް ޔޫސުފެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް