ads
ފުލުހުންގެ ވަޒީފައިން ރިޓަޔާކުރި ވެރިންނާއި އެކު ބޭއްވި ބައްދަލުވުމުގެ ތެރެއިން ދާހިލީ ވަޒީރު އިހްސާން
ފުލުހުންގެ ރިޓަޔާ ކުރި ވެރިންނާއެކު އިހްސާންގެ ބައްދަލުވުމެއް
ފުލުހުންގެ ހިރުމަތުން ރިޓަޔަރ ކޮށްފައިވާ ވެރިންނާއި ދާހިލީ ވަޒީރު އަލީ އިހްސާން ބައްދަލުކުރައްވައިފިއެވެ.

ފުލުހުން ބުނީ ވަޒީރު އިހްސާން ބައްދަލުކުރެއްވީ ފުލުހުންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާ ފަރާތްތަކާއިކަމަށެވެ. އޭގެތެރޭގައި ހިމެނެނީ  ކޮމިޝަނަރުން އަދި ޑެޕިއުޓީ ކޮމިޝަނަރުންކަމަށްވެސް ފުލުހުންގެ އިދާރާއިން ބުނެއެވެ. 

މި ބައްދަލުވުމުގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކޮމިޝަރަކަށް ހުންނެވި މުހައްމަދު ފަސީހާއި، ރައީސް ޔާމީންގެ ވެރިކަމުގައި ކޮމިޝަނަރކަން ކުރެއްވި ހުސެއިން ވަހީދާއި ހަމަ އެދައުރުގައި ސީޕީކަން ކުރެއްވި އަހުމަދު އަރީފާއި ހަމްދޫން ރަޝީދާއި އެކްޓިން ކޮމިޝަނަރު އޮފް ޕޮލިސްގެ މަގާމު ފުރުއްވި، އަބްދުﷲ ނަވާޒުގެ އިތުރުން މިދިޔަ ރައީސް އިބްރާހިމް މުހައްމަދު ސާލިހްގެ ވެރިކަމުގައި ސީޕީއަކަށް ހުންނެވި މުހައްމަދު ހަމީދު ހިމެނިވަޑައިގެންނެވިއެވެ.    

ފުލުހުންގެ އިދާރާއިން ބުނީ މި ބައްދަލުވުމުގައި ފުލުހުންނަށް ހިދުމަތްކޮށްދެއްވާފައިވާ މި ފަރާތްތަކުގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް ސްޓްރެޓީޖިކް ލެވެލްގައި ފަންނީ އެހީތެެރިކަން ހޯދިދާނެ ގޮތްތަކާމެދު މަޝްވަރާކުރިކަމަށެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް