ads
ފޮޓޯ: ނެޓް
ސޯޝަލް އެންޒައިޓީ ޑިސްއޯޑަރަކީ ކޮބާ؟
ސޯޝަލް އެންޒައިޓީ ޑިސްއޯޑަރަކީ އިޖުތިމާޢީ ހާލަތްތަކުގައި ނިކަމެތިވުމާއި، ނުރަނގަޅު ހުކުމްކުރުމާއި، ނުވަތަ ލަދުވެތިކަމުގެ ބިރު އެއްގޮތަކަށްވެސް ނުހިނގާ ކަމެކެވެ. މި ބަލި ހުންނަ މީހުންގެ ހާސްކަން ބޮޑުވެ، ދުވަހުން ދުވަހަށް ހަރަކާތްތެރިވުމަށް ނުވަތަ ދިރިއުޅުމުގެ ކަންކަމަށް ނުވަތަ މަސައްކަތަށް ނުވަތަ ގުޅުންތަކަށް ހުރަސްއެޅެ އެވެ. ސޯޝަލް އެންޒައިޓީ ޑިސްއޯޑަރަށް ކުރިން ކިޔަމުން ދިޔައީ ސޯޝަލް ފޯބިއާ އެވެ،

އެމެރިކާގެ ބޮޑެތި މީހުންގެ އާބާދީގެ %7 އެއްހާ މީހުންނަށް ކޮންމެ އަހަރެއްގައިވެސް އިޖުތިމާޢީ ހާސްކަމުގެ އުދަނގޫ ހުރެއެވެ. މި ހާލަތަކީ ވަކި ފޯބިއާއެއްގެ ފަހަތުން ދެވަނައަށް އެންމެ ގިނައިން ފާހަގަކުރެވޭ ހާސްކަމުގެ އުދަނގުލެވެ.

ސޯޝަލް އެންޒައިޓީ ޑިސްއޯޑަރ ޖެހެނީ ކޮން ސަބަބަކާ ހުރެކަން ދިރާސާވެރިންނަށް ޔަގީންކޮށް ނޭނގުނު ނަމަވެސް އާއިލީ ގޮތުން ސޯޝަލް އެންޒައިޓީ ޑިސްއޯޑަރ ޖެހިފައިވާ ނުވަތަ ޓްރައުމަޓިކް އިޖުތިމާއީ ތަޖުރިބާއެއް ތަޖުރިބާ ކުރުން ފަދަ ރިސްކް ފެކްޓަރސް ތަކުގެ ސަބަބުން އެ ޑިސްއޯޑަރ ޖެހުމުގެ ފުރުސަތު އިތުރުވެދާނެ އެވެ.

އިޖުތިމާއީ ހާސްކަމުގެ އުދަނގޫ ހުންނަ މީހުންނަށް ވަކި ކަންތައްތަކަކަށް ބިރުގަނެ ނުވަތަ އެހެން މީހުންގެ ކުރިމަތީގައި ވާހަކަ ދައްކަން އެންގިއްޖެނަމަ މޭނުބައިކުރުން ނުވަތަ ހިތުގެ ތެޅުން ފަދަ ޖިސްމާނީ އަލާމާތްތައް ފެނިދާނެ އެވެ،

ނަސީބަކުން ފަރުވާގެ ގިނަ ގޮތްތަކެއް އެބަހުއްޓެވެ. ސިއްހީ ހިދުމަތްދޭ ފަރާތްތަކުން ފުރަތަމަ ތެރަޕީ ދިނުމަށްފަހު ބޭސް ދިނުމަށް ލަފާދީފާނެ، އަލާމާތްތައް ދެމިއޮތްނަމަ އެވެ،

ސޯޝަލް އެންޒައިޓީ ޑިސްއޯޑަރގެ ބާވަތްތައް

އިޖުތިމާއީ ހާސްކަމުގެ އުދަނގޫ ހުންނަ މީހުން އިޖުތިމާއީ އެކި ބާވަތުގެ ހާލަތްތަކާ މެދު ބިރުގަނެދާނެ އެވެ. މިކަމުގެ ސަބަބުން ދިރާސާކުރާ ފަރާތްތަކާއި ސިއްހީ ހިދުމަތްދޭ ފަރާތްތަކުން އާންމުކޮށް މި ބަލި ހުންނަ މީހުން ދެ ބަޔަކަށް ބަހާލައެވެ.

ސްޕެސިފިކް ސޯޝަލް އެންޒައިޓީ ޑިސްއޯޑަރ 

މި ބާވަތުގެ ސޯޝަލް އެންޒައިޓީ ޑިސްއޯޑަރ އަށް ނޮން ޖެނެރަލައިޒްޑް ސޯޝަލް އެންޒައިޓީ ޑިސްއޯޑަރ ވެސް ކިޔައެވެ. އެކަން ހުންނަ މީހުން ބިރުގަންނަނީ އިޖުތިމާއީ ހާލަތްތަކުގެ ތެރެއިން ލިމިޓެޑް ހާލަތްތަކަކަށެވެ- އާންމުކޮށް އާންމުކޮށް ވާހަކަ ދެއްކުމާއި ނުވަތަ ޕާފޯމް ކުރުމާއި، ޕްރެޒެންޓޭޝަނެއް ދިނުން ނުވަތަ ޑްރާމާއެއްގައި އެކްޓްކުރުން ފަދަ ހާލަތްތަކެވެ.

ޖެނެރަލައިޒްޑް ސޯޝަލް އެންޒައިޓީ ޑިސްއޯޑަރ 

މިއީ އިޖުތިމާއީ ހާސްކަމުގެ އުދަނގޫގެ ބާވަތެވެ. ޖެނެރަލައިޒްޑް ސޯޝަލް އެންޒައިޓީ ޑިސްއޯޑަރ އަށް ނިސްބަތްވަނީ ގާތްގަނޑަކަށް ހުރިހާ އިޖުތިމާއީ ހާލަތްތަކާމެދު ވަރަށް ބޮޑަށް ބިރުގަތުމަށެވެ. މި ބާވަތުގެ ސޯޝަލް އެންޒައިޓީ ޑިސްއޯޑަރ އާންމުކޮށް ފެށެނީ އުމުރުގެ ކުރީކޮޅު ކަމަށާއި، ވަކި ސޯޝަލް އެންޒައިޓީ ޑިސްއޯޑަރަށްވުރެ ދިގުދެމިގެންދާ އަދި ޑިސްޓްރަޕްޓިވް ޑިސްއޯޑަރަކަށް ވާން ފަށާ ކަމަށެވެ.

އިޖުތިމާއީ ހާސްކަމުގެ އުދަނގޫތަކުގެ އަލާމާތްތައް

އާންމު ގޮތެއްގައި ސޯޝަލް އެންޒައިޓީ ޑިސްއޯޑަރ ހުންނަ މީހުންނަށް އާދަޔާ ހިލާފު މީހުންނާ އެކު އުޅެވޭނެ ކަމުގެ އުންމީދުގައި ނުވަތަ އެމީހުން ފާރަލާ މީހުން ފެނުމުން ވަރަށް ބޮޑަށް ހާސްކަން އިހުސާސް ކުރެވެ އެވެ. ލަދުވެތިކަމަށް ނުވަތަ އިންޓްރޮވަރޓެޑް ޕާސަނަލިޓީއަކަށްވުރެ ގަދަ މި އިޙްސާސްތައް ގިނައިން އުފެދެނީ ކުޑައިރު ނުވަތަ ފުރާވަރުގެ ދުވަސްވަރު ނަމަވެސް ފަހުން ފެށިގެން ގޮސްދާނެ އެވެ.

އިޖުތިމާއީ ހާސްކަމުގެ އުދަނގޫ ހުންނަ މީހުން ވަކި އިޖުތިމާއީ ހާދިސާތަކެއްގެ ކުރިން ހަފްތާތަކެއް ވަންދެން - ފަހަރެއްގައި މަސްތަކެއް ވަންދެން - ވަކި ތަންތަނުން ދުރުހެލިވެ ނުވަތަ ކަންބޮޑުވެދާނެ ކަމަށާއި، ނަމަވެސް އެ ބިރަކީ ބުއްދިވެރި ނޫން ކަމެއް ކަމަށް ވެދާނެ ކަމަށެވެ،

ހާސްކަން އުފެދިދާނެ ބައެއް ތަޖުރިބާތައް:

  • އާ މީހުންނާ ބައްދަލުކުރުން، ހާއްސަކޮށް ބާރުވެރި މީހުންނާ ބައްދަލުކުރުން
  • މީހުން ފުރިފައިވާ ކޮޓަރިއެއްގައި ތަގުރީރެއް ދިނުން ނުވަތަ އަމިއްލަ ނަފްސާއި ބެހޭ ކަމެއް ހިއްސާ ކުރަން ޖެހުން ފަދަ ސަމާލުކަމުގެ މަރުކަޒަކަށް ވުން
  • ބީރައްޓެހިން ބައިވެރިވާ އިޖުތިމާއީ އިވެންޓަކަށް ދިއުން
  • ޕާޓީތަކަށް ހާޒިރުވުން
  • އާންމު ތަންތަނުގައި ކެއުން
  • އާންމު ފާހާނާއެއް ބޭނުންކޮށްގެން

އިޖުތިމާއީ ހާސްކަން ހުންނަ މީހުން ގިނަ ފަހަރަށް އިޖުތިމާއީ އިވެންޓްތައް އެއްކޮށް ދޫކޮށްލާ ނަމަވެސް، އެ އިވެންޓްތަކުން ދުރުހެލިވުމަކީ އަބަދުވެސް ކުރެވޭނެ ކަމެއް ނޫނެވެ. ހާސްކަން އުފެދޭ އިވެންޓެއްގައި ބައިވެރިވާން ޖެހިއްޖެނަމަ ނުވަތަ އަމިއްލަ ނަފްސުގެ ވާހަކަ ދެއްކުން ފަދަ ލަދުވެތި ސްޕަރ އޮފް ދަ މޮމެންޓް ކަމަށް ދެކޭ ކަމެއް ކުރަން ޖެހިއްޖެނަމަ، ޖިސްމާނީ ގޮތުން ގިނަ އަލާމާތްތަކެއް ކުރިމަތިވެދާނެ އެވެ، އެގޮތުން:

  • ރަތްވެފައި ހުން
  • ތުރުތުރު އެޅުން
  • ހިތުގެ ދުވެލި ހަލުވިވުން
  • ހަށިގަނޑުގެ ޕޯސްޗަރ ހަރުކަށިވުން
  • ބޯއެނބުރުން
  • މަޑުމައިތިރިކަން އިސްކުރުން
  • ލޮލުގެ ކޮންޓެކްޓުން ދުރުހެލިވުން

އިޖުތިމާއީ ހާސްކަމުގެ އުދަނގޫ ހުންނަ ކުދިންގެ ކިބައިން ތަފާތު ނުވަތަ އިތުރު އަލާމާތްތައް ފެނިދާނެއެވެ. އޭގެ ތެރޭގައި ރޮވުން ނުވަތަ ރުޅިގަދަވުން އުކާލުމުގެ އިތުރުން ކުޅިވަރު ނުވަތަ އުފަންދުވަހުގެ ޕާޓީ ފަދަ ކްލާސް ނުވަތަ އެކުވެރިންގެ ހަރަކާތްތަކުގައި ބައިވެރިވުމަށް ދެކޮޅު ހެދުން ހިމެނެ އެވެ.

ސޯޝަލް އެންޒައިޓީ ޑިސްއޯޑަރ އަށް ދޭ ބައެއް ފަރުވާތައް

ފަރުވާގެ މަގުސަދަކީ އިޖުތިމާއީ ހާލަތްތަކުގެ ކުރިންނާއި އެ ހާލަތްތަކުގެ ތެރޭގައި ރަނގަޅަށް މަސައްކަތް ކުރުމަށްޓަކައި އަލާމާތްތައް މަދުކުރުމެވެ. ސިއްހީ ހިދުމަތްދޭ ފަރާތަކުން އަލާމާތްތަކާއި އެ އަލާމާތްތަކުގެ ސީރިއަސްކަމަށް ބަލައިގެން ލަފާ ދޭ ނަމަވެސް ފަރުވާގެ ދެ ކެޓަގަރީއާ ބެހޭ ގޮތުން މަޝްވަރާ ކުރުން އެކަށީގެންވެ އެވެ. އެއީ:

1. ސައިކޮލޮޖިކަލް ތެރަޕީސް

ސިއްހީ ހިދުމަތްދޭ ފަރާތްތަކުން ފުރަތަމަ ތެރަޕީ ޓްރައި ކުރަން ފަށަނީ ހާއްސަކޮށް ކުޑަކުދިންގެ މެދުގައި އެވެ،

2. ބޭސް

ސިއްހީ ހިދުމަތްދޭ ފަރާތްތަކުން ތެރަޕީގެ އިތުރުން ބޭސް ބޭނުން ކުރުމަށް ލަފާ ދީފާނެ އެވެ.

ސޯޝަލް އެންޒައިޓީ ޑިސްއޯޑަރ އާއި އެކު ދިރިއުޅުން

މި ބަލި ހުންނަނަމަ އެކަނިވެރިކަން ނުވަތަ އިޖުތިމާއީ ގޮތުން އެކަހެރިވެފައިވާ ކަމުގެ އިހުސާސް ކުރެވިދާނެއެވެ، އިޖުތިމާއީ ހާސްކަމުގެ އުދަނގޫތަކުގެ ސަބަބުން މީހަކަށް އެހެން ފުން އަސަރުތަކެއް ކޮށް، ދިރިއުޅުމުގެ ކަންކަމަށް ހުރަސްއެޅިދާނެއެވެ.

އިޖުތިމާއީ ހާސްކަމުގެ ބައެއް އަލާމާތްތައް ވަގުތު ފާއިތުވަމުންދާ ވަރަކަށް ބަދަލުވެދާނެ ނަމަވެސް، ފަރުވާ ނުލިބި މި ބަލި ފިލައިގެން ދިއުމަކީ ގާތް ކަމެއް ނޫނެވެ. ނަސީބަކުން ފަރުވާ ދިނުމުން އަލާމާތްތައް ވަރަށް ބޮޑަށް މަދުވެ، ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުރެވިދާނެއެވެ.

އިޖުތިމާއީ ހާސްކަމުގެ އުދަނގޫ ހުންނަ މީހުންނަށް އެމީހުންގެ ހާލަތު މެނޭޖްކުރުމުގައި އެހީތެރިވެދެވޭނީ އެކަމާ ބެހޭގޮތުން އަމިއްލައަށް ތައުލީމު ދިނުމާއި، ރައްޓެހިންނާއި އާއިލާއާ އެމީހުންގެ އިހުސާސްތަކާ ބެހޭގޮތުން ވާހަކަ ދެއްކުމާއި، މެޑިޓޭޝަން ނުވަތަ ކަސްރަތު ފަދަ ހާސްކަން ފިލުވައިދޭ ހަރަކާތްތަކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް