ads
ކާވާގެ އިވެންޓެއްގެ ތެރެއިން
މި ފަހަރުވެސް ވޮލީގެ ރައީސްކަމަށް ލަތީބެ އެކަނި
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބުގައި ރައީސް ކަމަށް އަނެއްކާވެސް ލަތީބެ ކުރިމަތިލައްވައިފިއެވެ.

ވޮލީ އެސޯސިއޭޝަންގެ އިންތިހާބު ފަސްކުރުމަށް ސްޕޯޓްސް ކޮމިޝަނަރު އެންގި އެންގުމާ ގުޅިގެން އަލުން އިންތިހާބަށް ގޮވާލުމުން، ވޮލީ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް މި ފަހަރުވެސް ކުރިމަތިލެއްވީ ރައީސް މުހައްމަދު ލަތީފް (ލަތީބެ) ކަމަށް އެސޯސިއޭޝަން ބުންޏެވެ. މީގެ ކުރިން، އިއުލާނުކުރި އިންތިހާބުގައި ވެސް ވާދަކުރަން ކެންޑިޑެސީ ހުށަހެޅީ ވެސް ލަތީބެ އެކަންޏެވެ. ލަތީބެއާއެކު އެހެން މަގާމްތަކަށް ކުރިމަތިލާން ހުށަހަޅާފައިވަނީ ލަތީފްގެ ޓީމުންނެވެ.

މި ފަހަރުގެ އިންތިހާބުގައި ވޮލީ އެސޯސިއޭޝަންގެ މި މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރެވޭނީ، މިހާރު ހިނގަމުންދާ ހިންގާ ކޮމިޓީގެ ދައުރުގެ ބާކީ މުއްދަތަށެވެ. އެ މުއްދަތު ހަމަވާނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ އެއް ވަނަ ދުވަހަށެވެ.

ވީއޭއެމްގެ އިންތިހާބުގައި މަގާމުތަކަށް ހުށަހަޅާފައިވާ ނަންތައް

ރައީސް: މުހައްމަދު ލަތީފް

ސީނިއާ ނައިބު ރައީސް: މުހައްމަދު ސާޖިދު (ބޮޑުކާއްޓެ)

ނައިބު ރައީސް ވޮލީބޯލް: އަލީ ލަތީފް

ނައިބު ރައީސް އިދާރީ: އިއްޒަތު ވަހީދު

ނައިބު ރައީސް އަންހެން: އާއިދާ އަބްދުލް ހަކީމް

ހިންގާ ކޮމިޓީ މެމްބަރު: ފަތުހުﷲ ވަހީދު (ފައްލޯ)

ހިންގާ ކޮމިޓީ މެމްބަރު: ސޮފްވާން އަހުމަދު

ހިންގާ ކޮމިޓީ މެމްބަރު: ޝިޔާމް އަލީ

ހިންގާ ކޮމިޓީ މެމްބަރު/އަންހެން: އައިޝަތު ފަތީނަތު

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް