ads
ވާހަކަ
ސެކަންޑް ޗާންސް..!؟
(23 މާރިޗު 2024 އާ ގުޅޭ) މިހިސާބުން މިކަން ނިމުނީއެވެ. ވަގުތުން ދޮރުވެސް ލެއްޕީމެވެ. މަޢާފަށް އެދުމުގެ ޚިޔާލާއި ވިސްނުންވެސް އަހަރެންގެ ސިކުނޑިއާއި ހިތުން ނެރި އެއްލާލީމެވެ.

ބުނަން ނޭގޭ ތަފާތު އުނދަގޫ ގޮތްތަކެއް ވެއްޖެއެވެ.  އަހަރެންގެ އިތުބާރު މިޒްރާ ފުނޑުފުނޑުކޮށްލައި، އޭނާ އަހަންނަށް ބޭވަފާތެރިވީ ކަމުގެ އިހުސާސް ކުރެވުނެވެ.

އަހަރެންގެ ކޮޓަރިއަށް ވަދެފައި ބާރަށް ދޮރުލެއްޕީމެވެ. ކުޑަދޮރުކައިރީގައި ހުއްޓި ބޭރަށް ބަލައިލީމެވެ.

ބޮލުގެ ތެރެއިން އެކި އަޑުތައް އިވެންފެށިއެވެ. ސިކުނޑި ފަޅައިގެންދާންއުޅޭ ކަހަލަ  އުނދަގޫ ގޮތްތަކެއް ވާންފެށިއެވެ.

"ނާދިފް.. ކޮންފަދަ ކަމެއްތީ... އޭނާ ކޮންމެ މީހަކާ ބެއްދިޔަސް، އަތުގައި ހިފިޔަސް، ގުޅުމެއް ހިންގިޔަސް އެއީ ބެހޭކަމެއް ނޫން.. ޔޫ ހޭވް އަ ގަރލްފްރެންޑް.. ގަރލްފްރެންޑް..ގަރލްފްރެންޑް..ގަރލްފްރެންޑް" ބޮލުގެ ތެރޭގައި މި އަޑުތައް ގުގުމަން ފެށިއެވެ. ދެއަތުން ބޮލުގައި ބާރަށް ހިފެހެއްޓީމެވެ.

"ވެއިޓް އަ ސެކަންޑް.. ވެއަރ އިޒް ޕްރީޝާ..؟" މުޅި ކޮޓަރިއަށް ބަލަމުން އެނބުރި ލެވުނެވެ. ސުވާލު ކުރެވެނީ އަމިއްލަ ނަފުސާއެވެ. ޖީބުން ފޯނު ނަގާފައި ވަގުތުން، ޗެކްކޮށްލީމެވެ. ޕްރީޝާގެ ހަމަ އެންމެ މެސެޖެއްވެސް އެންމެ މިސްޑް ކޯލްއެއްވެސް ނެތެވެ.

ހަގީގަތަށް ކުރިމަތިލައި، ކަންކަމާއިމެދު ވިސްނާލަން އަހަންނަށް ވަގުތުކޮޅެއް ނެގިއެވެ. އެދުވަހުގެ ފޯން ކޯލަށް ނިކުތްގޮތަށް ޕްރީޝާގެ ޚަބަރެއް ނުވާކަން އަހަންނަށް ފާހަގައެއްވެސް ނުކުރެވެއެވެ. މިވަނީ ކިހިނެއް ހެއްޔެވެ؟ ސުވާލުގެ ޖަވާބު އަހަރެންގެ ކިބައިގައިވެސް ނެތެވެ.  އޭނާއަށް ގުޅާލަންވެސް ނުވަތަ މެސެޖެއް ކުރާންވެސް އަހަރެންގެ ހިތައްވެސް ނާރައެވެ. މި ބަދަލާމެދު ހައިރާންވި އެވެ.

ވަގުތުން އޭނާއަށް އަހަރެން ގުޅާލީމެވެ.

ފޯނަށް ޖަވާބެއް ނުދިނެވެ.

"ޝ-ޓ ޕްރީޝާ.. ކޮންތާކު ތިއުޅެނީ..؟" އަހަރެންގެ ސިކުނޑިން އަމިއްލަ ބާރު ގެއްލެނީކަމުގެ އިހްސާސް ކުރެވުނެވެ. މޭޒުގައި ދެއަތް ވިއްދައި ބާރުކޮށްލާފައި ހަޅޭއްލަވައިގަނެވުނެވެ. ރުޅި ކޮންޓްރޯލްކުރުމަކީ އަހަރެންނަށް އުނދަގޫ ކަމެކެވެ. ވުމަށްވުރެން، ނުވުން ގާތް ކަންކަމެވެ. 

"އެންމެ ފުރަތަމަ މި މިޒްރާގެ ކަންތައްގަނޑު... ދެން، ޕްރީޝާ..! މިހުރިހާ ކަމެއްގެ ތެރެއިން މިޒްރާގެ ކަންތައްތަކުން އަހަރެންގެ ސިކުނޑި ހާސްވެ، ނުތަނަވަސް ވާންޖެހޭ ސަބަބަކީ ކޮބައި..؟ އަހަރެންގެ ކުރިމަތީގައި ފެންނާންހުރި، ނުވަތަ އަހަރެންގެ ވަށައިގެން ބެހެއްޓިފައި ހުރި ފަރުނީޗަރެކޭ، އޭނާއެކޭ އަހަރެންގެ ހަޔާތުގައި ތަފާތެއް ވެގެން ނުވާނެ.. އޭނާއަށް އަހަރެންގެ ހަޔާތުގައި އެއްވެސް ޖާގައެއް ނޯންނާނެ.. އެއީ އަހަންނަށް މުހިއްމު މީހެއް ނޫން..." އަހަރެން ގެ ސިކުނޑި ފަޅައިގެން ދާހެން ހީވިއެވެ.

ބޮލުގެ އިސްތަށިގަނޑުގައި ދެއަތުން ހިފައި ބާރުކޮށްލީމެވެ. ސޯފާއިން ކުށަށް ނަގާފައި އަނގަމަތީގައި އަޅައި ފިއްތާލާފައި އަޑުގައި ނެތްތަނަށް ހަޅޭއްލެވީމެވެ. ތަސައްލީއެއް ލިބޭތޯއެވެ. މިހުރިހާ ކަމަކުން އެކަހެރި ވަގުތުކޮޅެއް އަހަރެން ބޭނުމެވެ. ސިކުނޑިއަށް ހުސްވަގުތުކޮޅެއް ބޭނުމެވެ. އެހެންނޫނީ އަހަރެން މޮޔަވެދާނެއެވެ.

ހެޑްފޯން އަޅައިގެން ގޮނޑީގައި އިށީނީމެވެ. މިއުޒިކް އަޑުއަހަން ފެށީމެވެ. އަހަރެންގެ ހިއްސުތައް މައިތިރިކުރެވޭނެ ކަމުގެ އުއްމީދުގައެވެ. ހިތްގައިމު މިއުޒިކްގެ އުފެއްދުންތެރި އަޑުތަކާއެކު އަހަރެންގެ ލޯ މަރައިލީމެވެ.

މިންހާލްގެ އަތުގެތެރޭގައި ބޮނޑިވެލައިގެން އެ ހުރީ މިޒްރާއެވެ!

"ޑޭމްނނނނ..." އަތުކޮޅަށް ހެޑް ފޯން އެއްލާލީމެވެ.

.......................

"އައި އެމް ސޮރީ މިޒްރާ..!"

މިންހާލްގެ އަތުތެރެއިން ނިކުމެ އަހަރެން ހިނިތުންވެލީމެވެ.

"މިފަހަރު އެގޮތައް ނުގެއްލޭތި.." އަހަރެން ބުނީމެވެ.

"ވަޢުދުވަން..! އެހެންވީމަ... ރަހުމަތްތެރިން..؟ އެކުވެރިން..؟"

ހިނިތުންވުމާއެކު ބުމަ ހިއްލާލަމުން، މިންހާލްގެ އަތް ދިއްކޮށްލިއެވެ.

ހިނިތުންވަމުން އަހަރެން ބޮލުން އިޝާރާތްކޮށްލީ އެއްބަސްވުމުގެ ގޮތުންނެވެ.

"ފްރެންޑްސް.." މިންހާލް ހިނިތުންވި އެވެ.

"ވަރަށް ބަނޑުހައިވެފައި މިހާރު ހުންނާނީ.. ލަންޗް ޓައިމް މިއޮއް ނިމެނީ.. ހިނގާ ކެންޓީންއަށް.." މިންހާލް ބުންޏެވެ.

"އަސްލުވެސް ވަރަށް ބޮޑަށް ބަނޑުހައިވެއްޖެ" އަހަރެން ބުނީމެވެ. އަހަރެންގެ އަތުގައި ހިފައިގެން އެއްލޯ މަރާލަމުން ހިނިއައިސްފައި މިންހާލް ހިނގައިގަތެވެ.

........................

ފައިލްތައް ލައްޕާލާފައި އަހަރެން ގަޑިއަށް ބަލައިލީމެވެ. ނުވަގަޑިބައިވެ ބޮޑުވެއްޖެއެވެ.

'ސުބުހާނަﷲ...  މާބޮޑަށްވެސް ލަސްވެއްޖެ'

ހުރިހާ ފައިލެއް ކޮތަޅަށްލާފައި، އަހަރެން ޑެސްކްގެ ތަޅުލާ ވަތްގަނޑަށް ލީމެވެ. ބޭރަށް ނިކުތްއިރު އެކަކުވެސް ފެންނާކަށް ނެތެވެ. ދިރޭ ފުރާނައެއްވެސް އޮފީހުގައި ނެތެވެ. ބިއްލޫރިން، ބޮޑު އޮފީސް ބިލްޑިންގއެއް ހުރުމުގެ މުހިއްމުކަން މި ވިސްނުނީ މިރެއެވެ. މުޅިތަން ފެންނާން އޮތުމަކީ ބައެއް ފަހަރު، ބައެއް ހާލަތްތަކުގައި މުހިއްމު ކަމެކެވެ. ކެބިން ތަޅުލާފައި ލިފްޓާއި ދިމާއަށް އަހަރެން ހިނގައިގަތްވަގުތު އަޑެއް އިވުނެވެ. އަހަރެންގެ ސަމާލުކަން ހުއްޓުނީ އެ އަޑަށެވެ.

މި އިމާރާތުގެ ރައްކާތެރިކަން ހުރި މިންވަރާއި އެކަން އޮންނަ ގޮތް އެންމެރަގަޅަށް އެނގޭނެ އެކަކީ އަހަރެންނެވެ. މިގަޑީގައި އިތުރު ހުއްދައެއްނެތި، އޮފީހުގައި މަޑުކުރެވޭނީ އެންމެ ހަތަރު މީހުންނަށެވެ. އެއިގެ ތެރެއިން އަހަރެން ނޫނީ ހަމައެކަކުވެސް މިތަނުގައި ނޫޅޭނެކަން އެހެންމީހަކު އަހަރެން ގާތުގައި ބުނާކަށް ނުޖެހޭނެއެވެ.

އިވުނު އަޑުގެ ސަބަބުން، ގައިން ހީނބިހި ނެގިއެވެ. ހަގީގަތުގައިވެސް އަހަރެންގެ ދެފައި ތުރުތުރު އެޅިއެވެ.

ހަމައެވަގުތު އަހަރެންގެ ފޯނު ވައިބްރޭޓްވިއެވެ.

"ހެލޯ"

"ބޭރުގަ ހުންނަތާ ދެ ގަޑީރުވެއްޖެ.. ވޮޗަރު ގޮނޑީގައި އިނދެގެން ދެބުރަށް ނިދިގަނޑެއްވެސް އަޅާލެވިއްޖެ.. އިތުރަށް ކިހާއިރެއް ނަގާނެ" އޭނާ ޝަކުވާ އޮއްސާލިއެވެ.

"މިހާރު ލިފްޓަށް މި އަރަނީ.." އަހަރެން ފޯނު ކަނޑާލީމެވެ. މިގަޑީގައި ތިންވަނަ ފަންގިފިލާއަށް ލިފްޓް ހުއްޓިފައި ހުންނާންޖެހޭ ސަބަބެއް ނޯންނާނެއެވެ.

"މިވަގުތު ލިފްޓް ބޭނުންކުރަނީ ކާކުހެއްޔެވެ؟"

އަރައިގެންހުރި 'ހީލްސް' އަތަށް ނެގީމެވެ. އަހަރެންގެ ފޯނު ސައިލެންޓް ކޮށްލީމެވެ. ވައިބްރޭޓްގެ އަޑުވެސް އެވަގުތު ބޭނުންނުވީއެވެ. ހުސްފައިގައި އަހަރެން ފޭބި ސިޑިންނެވެ. އެއްވެސް އަޑެއް އިއްވާން އަހަރެން ބޭނުން ނުވާތީއެވެ.

.......

ފަނަރަ މިނެޓްފަހުން އޮފީސް ބިލްޑިންގ ތެރެއިން އަހަރެން ނިކުތީމެވެ.

"ފައިނަލީ.."

"ސޮރީ.. ސޮރީ.. ސޮރީ.. ފާޚާނާއަށް ވަދެލަންޖެހުނީ.." ދައްކާނެ އިތުރު އުޒުރެއް މިވަގުތު ނެތެވެ.

"އޯ-ކޭ.. މެންދުރުގެ ކެއުންމަށްވެސް އަހަރެންގެ ދައުވަތު ގަބޫލެއް ނުކުރި.. އެހެންވީމަ މިރޭ ކައިގެން ދެން ދެވޭނީ.. ވަރަށް ބަނޑުހައިވެއްޖެ.." ޒެއިން ޝަކުވާގެ ރާގުގައި ބުންޏެވެ.

"ޔާ.. މެންދުރު.. އެގަޑީގައި.. މިންހާލް" އަހަރެންގެ ޖުމުލަ ފުރިހަމަނުކުރެވެނީސް، ޒެއިން ހިނިއައިސްފައި ބަލައިލިއެވެ.

"އޯހހ.. މިންހާލް..! އުއްމީދުކުރަން ދެމީހުން ދެމެދުގައި އޮތް ހުރިހާ ކަމެއް ހައްލުކުރެވިއްޖެކަމަށް.." ހުރިހައި ކަމެއް ހިނގައިފައި އޮތްގޮތް އެންމެރަގަޅަށް އެނގޭނީ ހަމައެކަނި ޒެއިން އަށެވެ.

"ހޫމް.. ކައިންޑް އޮފް... އެވާހަކަ މިރޭ ކިޔައިދޭންވެގެން މިހުރީވެސް.."

މަޑު ހިނގުމުގައި އަހަރުމެން ދެމީހުން މިސްރާބުޖެހީ ރެސްޓޯރެންޓާއި ދިމާއަށެވެ. ހުރިހާ ވާހަކައެއް ޒެއިންއަށް އަހަރެން ކިޔައިދިނީމެވެ. އިތުރަށް އޭގެތެރެއަށް ސުވާލުތައް ނުކޮށް، ޝައުގުވެރިކަމާއެކު ޒެއިން އަޑުއެހިއެވެ.

"ހޫމްމމމ.. މިޒްރާ" އަހަރެންގެ ވާހަކަ ނިމެންދެން މަޑުކޮށްފައި ޒެއިން ގޮވާލިއެވެ.

"ހޫމް.. ޔާ!"

"އަހަރެން ހިތައް އަރަނީ ނާދިފް ކީކޭ ބާއޭ ހިތައް އަރާނީ.. އޭނާ އަސްލު ހިތްހަމައެއް ނުޖެހޭނެކަންނޭގެ މިންހާލް، މިޒްރާއާއި ގާތުގައި މަސައްކަތްކުރަން..! ކިހިނެއް ހީވަނީ..؟" އެނާއަށް ފެންނަގޮތާއި އަދި އަހަރެންގެ ޚިޔާލްވެސް ޒެއިން އެނގެން ބޭނުންވިއެވެ.

"އޭނާއަށް އުނގަދޫ ވާންވީ ކީއްވެ؟" އަހަރެން އަހައިލީމެވެ.

"އައި ޑޯންޓް ނޯ..!" ޔަގީންނުވާ ކަހަލަގޮތަކަށް ޒެއިން ބުނެލީ ޚިޔާލެއްގެ ތެރޭގައި ހުރެއެވެ.

އޭނަ، އެއްޗެއް ހިތައް އަރާކަށްވެސް ނުޖެހޭދޯ..! އައްޓަމަހެއް ކަހަލަ، ގާރލްފްރެނޑެއް އޭނާގެ ހުރޭ.. އަހަރެން އެކަމާ އެންމެ ފަހަރަކުވެސް އެއްވެސް އެއްޗެއް ނުބުނަން..  ސޯ..؟" އަހަރެން ބުނީމެވެ.

"ތިވެސް ތެދެއް.. އޭ ބަލާބަލަ.. މިއޮއް އާދެވުނީ" ވާހަކައިގައި ތިބެގެން މިހާދުރަށް ހިނގާފައި އާދެވުނު އިރެއްވެސް ނޭގުނެވެ. ތިބެވުނީ ރެސްޓޯރެންޓް ކުރިމަތީގައެވެ.

"ހިނގާ އެތެރެއަށް ވަންނަން.." ޒެއިން ބުންޏެވެ.

.........................

އެތެރެއަށް ވަދެ ހަމަޖެހިލުމާއެކު އޯޑަރ ނަގަން ވެއިޓަރ އައެވެ. 

"ޓްރީޓް އިޒް އޮން މީ.. ކޯންޗެއް ކާނީ..؟" ޒެއިން ބުނެލިއެވެ.

"އެއީ ކޮން މުނާސަބަތެއްގައި..؟" ނިއްކުރިއަށް ރޫ އަރުވާލާފައި އަހަރެން އަހައިލީމެވެ.

"ހަނދާން ނެތުނީ..؟ އަހަރެންގެ ބެސްޓް ފްރެންޑް ބިލިއަނަރަކާ ކައިވެނި ކޮށްފި..! ސެލިބްރޭޓް ނުކޮށް ދޫކޮށްލާވަރުކަމެއް ނޫނެއްނުން މިއީ..!" ޒެއިންގެ ޖުމުލައާއެކު އޭނާގެ ކޮނޑުގައި ނިކަން ބާރަށް އަހަރެން ޖެހީމެވެ.

"ޝަޓް – އަޕް - ޒެއިން"

"އޯކޭ-އޯކޭ.. މިރޭ ބިލް ދައްކާނީ އަހަރެން" ޒެއިން ބުންޏެވެ.

އަހަރުމެން ވާހަކައިގައި ތިބެގެން ކައިނިމި، ބިލް ދައްކާފައި ނިކުމެވުނުއިރު އެކެއް ޖެހުމާއި ގާތްވެއްޖެއެވެ.

"މިޒްރާ.. ގެއަށް ދާނީ ކިހިނެއް؟" ޒެއިން ސުވާލު ކުރިއެވެ.

"ޓެކްސީގައި.." ހުސް ޓެކްސީއެއް ފެނުމުން އަހަރެން އަތް ހިއްލާލީމެވެ.

"ވަރަށް ސްމާޓް" މަޖާވެލާފައި ޒެއިން ތައުރީފް ކޮށްލިއެވެ.

ވާހަކައިގައި ތިބެ، ދުއްވަމުންގޮސް ނާދިފްގެ ގެއަށް އާދެވުނުކަންވެސް އެނގުނީ ޑްރައިވަރުގެ އިޝާރާތުންނެވެ. ޓެކްސީގެ އަހަރެންނަށްވާ 'ހިއްސާ' ޒެއިންއާއި ހަވާލުކޮށްފައި އަހަރެން ފޭބީމެވެ.

"ގުޑް ނައިޓް ޒެއިން" ޓާޓާކިޔާލަމުން އަހަރެން ބުނީމެވެ. ހިނިތުންވުމަކުން އަހަރެންނަށް ޖަވާބުދިނުމާއެކު ޓެކްސީގައި ޒެއިން ހިނގައްޖެ އެވެ.

ގޭގެ ބެލް ޖެހުނީ ކިތައް ފަހަރުކަމެއް އަހަންނަކަށް ނޭގެއެވެ. ދިހަފަހަރަށްފަހު، އަދަދު އަރައިގެން ދިޔަވަރެއް އަހަންނަކަށް ގުނާކަށް ނޭގުނެވެ. މިހާތަނަށްވެސް މިގޭގެ ތަޅުދަނޑިއެއް އަހަންނަކަށް ނާދިފް ނުދެއެވެ. ނުވަތަ މި ގޭގެ "ސެކިއުރިޓީ ސިސްޓަމް'އަށް އަހަރެން މޫނު ނުވަތަ އިނގިއްޔެއްގެ ނިޝާން ބޭނުންވެގެންވެސް ނާދިފް ބުނެފައެއް ނެތެވެ.  އެހެން ދުވަސްދުވަހު ދޮރު ހުޅުވަނީ ނާދިފްގެ ޑްރައިވަރ އެގަޑީގައި ގަރާޖުގައި އުޅޭތީއެވެ.

މިގެއަށް ބަދަލުވި ދުވަހު ހެނދުނު ބަޤްޝޫރާ މެޑަމް  މިގޭގެ ތަޅުދަނޑިއެއް އަހަރެންގެ އަތަށް ދިން ހަނދާންވީ، އަނބުރާލާފައި އެހެން ދިމާއަކަށް ދާން ހިތައްއެރި ފަހުންނެވެ. ދަބަހުގެ ތެރެއިން މާ އުނދަގުލަކާއި ނުލައި އެ ތަޅުދަނޑި ފެނުނެވެ.

އަހަރެން އޮފީހަށް ދިއުމުގެ ކުރީން ތަރުތީބުކޮށް، ސާފުކުރި ގޭތެރެއަށް ބަލައިލުމުން ސިކުނޑިއަށް ބަރުވިއެވެ. މިއުޒިކް ކުޅޭ އެކި ސާމާނުތައް ގޭތެރޭގެ އެތައް މިތަނުގައި ތަރުތީބެއްނެތިފައި އޮތްތަން ފެނުމުން ހައިރާންވިއެވެ. ބައެއްމީހުން މިއުޒިކްގެ މަސައްކަތް ކޮށްއުޅެނީ މިގޮތަށް ހެއްޔެވެ؟ އިންސާނަކު ދިރިހުރިކަމުގެ ލިސާނެއްވެސް ގޭތެރެއިން ފެންނާކަށް ނެތެވެ. އަހަރެންގެ ކޮޓަރިއާއި ދިމާއަށް ހިނގައިގަތީމެވެ.

"އަހެނމް.."

ފަސްއެނބުރި ބަލައިލީމެވެ.

އުނަގަނޑުގެ ދެފަރާތުގައި އަތް ވިއްދާލައިގެން ނާދިފް ހުރީ އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެންނެވެ.

މިދަންވަރުގައި އޭނާ ބޭނުންވަނީ ކޮން ކަމެއް ހެއްޔެވެ؟ ގެއަށް މިވަނީ، އޭނާ ބޭނުންވިފަދައިން މެންދަމުން އަލިވެ އެކެއްޖެހި ފަހުންނެވެ. މުޅި ދުވަސް ހޭދަވީ، ނާދިފްއާއި ދެބަސްވުމެއް ނެތިއެވެ. މިވަގުތުގައި އިތުރަށް ނާދިފް، އަހަންނާއި  ކުރިމަތިލާންޖެހޭ ސަބަބަކީ ކޮބައި ހެއްޔެވެ؟

"ގެއަށް އައީ ކިހިނެއް؟"

-ނުނިމޭ-

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް