ads
ދޮންކެޔޮ
ދޮންކެޔޮ: ފައިދާތަކުން ފުރިފައި
ދޮންކެޔޮ އަކީ ޕޮޓޭސިއަމް އާއި ވިޓަމިން ބީ6 ފަދަ މާއްދާތަކުގެ މުއްސަނދި މަސްދަރެކެވެ. މި ނިއުޓްރިއެންޓްސް އާއި އެކު ދޮންކެޔޮގައި ހިމެނޭ އެހެން ކޮމްޕޯނެންޓްތަކަކީ ހިތުގެ ސިއްހަތަށް އެހީތެރިވުމުން ފެށިގެން ހަކަތަ ފޯރުކޮށްދިނުމާއި ހަމައަށް ތަފާތު ސިއްހީ ފައިދާތަކެއް ލިބިގެންދާނެ މާއްދާތަކެކެވެ.

ދޮންކެޔޮ އުފެދެނީ ޓްރޮޕިކަލް މާ ގަހެއްގެ ތެރެއިންނެވެ. އެއީ މަޑު، ފޮނި، އަދި މުހިންމު ބައެއް ނިއުޓްރިއެންޓްސް ލިބޭ ފަސޭހަ މަސްދަރެކެވެ.

ދޮންކޭލުގެ އަސްލަކީ އިރުދެކުނު އޭޝިއާގައެވެ. ޒަމާނުއްސުރެ މީހުން ދޮންކެޔޮ އިންދައިގެން އުޅޭއިރު، އޭގެ ސިއްހީ ފައިދާތައް ކުރިއަރުވާތާ ގަރުނަކަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ.

މިއަދު އެފްރިކާ، ދެކުނު އަދި މެދުތެރޭ އެމެރިކާ، ޗައިނާ، އަދި އިންޑިއާ ފަދަ ޓްރޮޕިކަލް މޫސުމުގައި 150 އަށް ވުރެ ގިނަ ގައުމުގައި ދޮންކެޔޮ އުފައްދަ އެވެ. އެތައް ސަތޭކަ ވައްތަރެއް ހުރެއެވެ. ޑެސަރޓް ބަނާނާ (ކެވެންޑިޝް) އަކީ އުތުރު އެމެރިކާ އަދި ޔޫރަޕްގައި އެންމެ މަގުބޫލު ބާވަތެވެ.

ދޮންކެޔޮ އަކީ ވަރސައިޓަލް އެއްޗެއްގެ އިތުރުން މީރު މޭވާ އެކެވެ. ދޮންކެޔޮ ރޯކޮށް، ކަމުދާ ސްމޫތީއަށް މިކްސްކޮށްގެން ނުވަތަ ޕީނަޓް ބަޓަރ-ބަނާނާ ސެންޑްވިޗެއްގައި، ދޮންކެޔޮ ރޮށި ނުވަތަ މާފިންސްގައި ކާލެވިދާނެއެވެ.

your imageދޮންކެޔޮ

ކަރަލުން ފަނި ގިރުމުގެ އިތުރުން ބައެއް މީހުން ރޯދަ ވީއްލުމަށްފަހު ދޮންކެޔޮ ހުހަށް ކެއުމަށް ބޭނުން ކުރާއިރު ކަލިނަރީ ދުނިޔޭގައި ދޮންކެޔޮއަކީ ޑޭޒާޓް ތައްޔާރު ކުރަން ބޭނުންކުރާ ވަރަށް މުހިއްމު އެއް ބާވަތެކެވެ.

ދިވެހީންގެ މެދުގައި ވެސް ނުހަނު މަގުބޫލު މި މޭވާއަކީ ހަށިގަނޑަށް ގިނަ ގުނަ ފައިދާތަކެއް ލިއްބައިދޭ މޭވާއެއްކަމުން އެ ފައިދާތަށް ދެނެގަތުމަކީ މުހިއްމު ކަމެކެވެ.

ދޮންކެޔޮ ލިބޭ ފައިދާތައް

  • ސްޓްރޯކް ޖެހުމުގެ ނުރައްކާ ކުޑަވެދާނެ 
  • ލޭމަދުވުމުން ބޭނުންކުރެވިދާނެ ރަނގަޅު މޭވާއެއް
  • އުމުރުން ދުވަސްވާ ވަރަކަށް ކަށިތައް ދުޅަހެޔޮކޮށް ބެހެއްޓުމަށް އެހީތެރިވެދެވިދާނެ 
  • މަސްތައް ރަނގަޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދެވިދާނެ
  • ކިޑްނީގައި ހިލަ އުފެދުން ހުއްޓުވުމަށް އެހީތެރިވެދޭ
  • ބޭރަށް ހިންގުމުގެ ސަބަބުން ބީވެގެންދާ ލޮނުގެ ބައި ފޫބެއްދުމަށް މުހިއްމު މޭވާއެއް

ދޮންކެޔޮ އަކީ ޕޮޓޭސިއަމް އާއި އެހެނިހެން މުހިއްމު މައުދަންތަކާއި ވިޓަމިންތައް ހިމެނޭ މާއްދާތަކެއް ކަމުން ހަށިގަނޑުގެ މުހިންމު މަސައްކަތްތައް ކުރުމަށް އެހީތެރިވެދެ އެވެ.

ދޮންކެޔޮ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ހިތުގެ ސިއްހަތަށް ބޮޑު ދައުރެއް އަދާކުރާ ޕޮޓޭސިއަމް އެކުލެވޭތީ އެވެ. މި މުހިންމު މައުދަނާއި އިލެކްޓްރޯލައިޓް ގެންގުޅެނީ ކުޑަ އިލެކްޓްރިކަލް ޗާޖެއް ކަމުން ނާރު ސެލްތަކުން ތިބާގެ ހިތް ގަވާއިދުން ތެޅި، މަސްތައް ކޮންޓްރެކްޓް ކުރުމަށް ސިގްނަލްތައް ފޮނުވަ އެވެ. ޕޮޓޭސިއަމް އެކުލެވޭ ކާނާތަކަކީ ލޭހޮޅިތައް ހަރުވުން (އެތެރޮސްކްލޮރޯސިސް) އާއި ލޭމައްޗަށް ދިއުން ފަދަ ކަންކަމުން ރައްކާތެރިވުމަށް އެހީތެރިވެދޭ ކާނާތަކެކެވެ.

މި ސަބަބުތަކާ ހެދި ކޮންމެ ދުވަހެއްގެ ސުފުރާގައި ދޮންކެޔޮ ހިމެނުމަށް ސަމާލުވުމަކީ ވަރަށް މުހިއްމު ކަމެކެވެ.

އދ.ގެ ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަނުން ބުނާ ގޮތުގައި މިއީ ދުނިޔޭގެ އެންމެ ގިނައިން އުފައްދާ، ވިޔަފާރި ކުރެވޭ، އަދި ބޭނުންކުރާ އެއް މޭވާ ކަމަށާއި، މި މޭވާގެ 1000 އަށް ވުރެ ގިނަ ވައްތަރު، 120 އަށް ވުރެ ގިނަ ޤައުމުތަކުގައި ހައްދާކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް