ads
ޗިކަން ފްރައިޑް ރައިސް
ސީއެންއެމް ބަދިގެ: ޗިކަން ފްރައިޑް ރައިސް
ޗިކަން ފްރައިޑް ރައިސް އަކީ ވަރަށް ގިނަ ބައެއްގެ މެދުގައި މަގުބޫލު މީރު ބަތެކެވެ. ހާއްސަކޮށް ހުކުރު ދުވަސް ފަދަ ދުވަސް ދުވަހު މިކަހަލަ މީރު ބަތް ގަނޑެއް ހަދާލުމަކީ ސުފުރާ މައްޗަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދޭނެ ކަމެކެވެ. ހާއްސަކޮށް ރޯދަމަހު އެވެ.

ޗިކަން ފްރައިޑް ރައިސް އަށް ބޭނުންވާތަކެތި:

 • 3 ޖޯޑު ބަތް (ބާސްމަތީ ހަނޑުލުގެ)
 • 1 ފިޔާ (ވަރަށް ހިމުންކޮށް ކޮށާފައި)
 • 1 ސައި ސަމުސާ ލޮނުމެދު އިނގުރު (ޗިސްކޮށްފައިހުރި)
 • 2 ބިސް
 • 1/3 ސައި ސަމުސާ މުގުރި އަސޭމިރުސް
 • 1/2 ޖޯޑު ކެބެޖު
 • 1/2 ޖޯޑު ކެރެޓް (ގާނާފައި ހުރި)
 • 1 ސައިސަމުސާ ގިތެޔޮ މިރުސް (ހިމުންކޮށް ކޮށާފައިހުރި)
 • 1/2 ޖޯޑު އަޖިނަމޮޓޯ
 • 1/2 ޖޯޑު ހިމުންކޮށް ކޮށާފައި ހުރި ކުކުޅު މަސް
 • މަޑު މުށި ކުލަ ހިފާވަރަށް ސޯޔާ ސޯސް
 • ރަހަލާވަރަށް ލޮނު
 • ތެޔޮފޮދެއް

ޗިކަން ފްރައިޑް ރައިސް ތައްޔާރު ކޮށްލާނެ ގޮތް:

ކެރެޓާއި ކުކުޅު ދިގުކޮށް ކޮށާލާފައި، ބާކީ ހުރި ތަރުކާރީކޮޅު ހިމުންކޮށް ކޮށާލާށެވެ. އެއަށްފަހު، ފުރަތަމަ ތަވާ އުނދުން މައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާލާފައި ހޫނު ވުމުން ދެ ސަމުސާ ތެޔޮ އަޅާފައި ކުކުޅު، ކޮރިއެންޑާ، ލޮނު އަދި އަސޭމިރުސް އެއްކޮށްލާށެވެ. ކުކުޅުކޮޅު ރޯފިލުމުން ބާކީހުރި ތަރުކާރީ ތެއްޔަށްއެޅުމަށްފަހު ރޯ ފިލުވާލާށެވެ. 

ތަރުކާރީކޮޅު ރޯފިލުމުން މުގުރި މިރުސް، ލޮނު އަދި އަސޭމިރުސް އިތުރަށް އަޅައި ހާވާލާށެވެ. ދެން އެއްކޮށްލާނީ އެއް ބިހެވެ. 

ބިސް އެއްވުމުން ސޯސްކޮޅު، ޕޭސްޓް އަދި ބަތްކޮޅު އެއްކޮށްލާފައި ރަހަ ހިފަންދެން މަޑުގިނީގައި ދޭފަތުން ހަލަމުން ގެންދާށެވެ. ރަހަހިފުމުން އުނދުން މަތިން ބާލާށެވެ. ޗިކަން ފްރައިޑް ރައިސް ތިހުރީ ތައްޔާރު ވެފައެވެ. 

ދިވެހިންގެ ތެރޭގައި މަގުބޫލު ޗިކަން ފްރައިޑް ރައިސްގެ މި ރެސިޕީ އަކީ ތައްޔާރު ކޮށްލަން ފަސޭލަ، މީރު ރެސިޕީއެކެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް