ads
ވެލައެއް ފަލައިގެން ސާފުކުރުމުގައި
އޭރު ދިވެހިންނަށް ވެލާމަސް ކެއުން ހަރާމް، ހުއްދަދިން އިލްމުވެރިޔާ އަރުވާލި
އެއްދުވަސްވަރެއްގައި ދިވެހިންގެ ތެރޭގައި ވެލާ މަހަކީ ވަރަށް އާއްމު އެއްޗެކެވެ. އެދުވަސްވަރު ކޮންމެ ހުކުރު ދުވަހެއްގައި މާލޭގައި ވެލާ ފަޅާ، ވެލާގެ މަސް ވިއްކަން މާލޭގެ މަގުތަކުގައި ގޮވަމުން ހިނގާވެސް ހެދިއެވެ. ވޭލާ މަސް ގަންނާންތޯ ގޮވަމުން އެމީހުން މާލޭގެ މަގުތަކުގައި ހިގަމުންދަނީ ވެލާ ބިސް ގޮނުތައް ހިފައިގެން އެވެސް ވިއްކަމުންނެވެ.

އޭރު ދިވެހިންނަށް އެހާ އާއްމުކޮށް އޮތް ވޭލާ މަހަކީ ދީނީ ގޮތުން ހަރާމް އެއްޗެއްކަމަށް ބަލާ އެ މަސްކެއުން ރާއްޖޭގައި މަނާ ދުވަސްވަރެއްވެސް ދިޔައެވެ.

ވެލާ މަސް ރާއްޖޭގައި ހަރާމް އެއްޗެއްގެ ގޮތުގައި ކަނޑައަޅާފައި އޮތްކަމަށް ބުނެވެނީ 1940 ފެށުނު ތަނާހެން އަލީ ހުސާމުއްދީން ނުވަތަ ދިވެހިންގެ ތެރޭގައި މަޝްހޫރު ނަމުންނަމަ ޝޭހު އަލީ ރާއްޖޭގެ ފަނޑިޔާރު މަނިކުފާނުގެ ގޮތުގައި ހުންނެވި ދުވަސްވަރު އެވެ. ބައެއް ވާހަކަތަކުން މި މަނިކުފާނު ފަނޑިޔާރުކަމާއި ހަވާލުވުމުގެ ކުރިންވެސް ވެލާ މަސް އޮތީ ދިވެހިންނަށް ހަރާން އެއްޗެއްގެ ގޮތުގައެވެ.

މަރުވެފައި އޮންނަ އެއްޗެއް ކެވޭ، ވޭލާ ހަރާމްހުކުމް ޗާފުކޮށް ނެރުނު

ވެލާ މަސް ކެއުން ހަރާމްކަމަށް ނެރު ހުކުމް އޮތީ ޗާޕުވެސްކޮށް ގެން ނެރެފައެވެ. 1913 ގައި އައްޝއިހް ހުސެއިން ސަލާހުއްދީން ލިޔުއްވައިގެން ސަރުކާރުން ޗާފުކޮށް ނެރުނު "އައްދުރަތުލް ބަހިޔާ" ގައި އޮތީ އަންނެވި ޖުމްލައެވެ. "ކަނޑުގައި އުޅޭ ތަކެތި ކޮންމެ ގޮތަކަކުން މަރުވި ނަމަވެސް ހަލާލުވާހުށި. ކަނޑުގައްޔާއި އެއްގަމުގައި ދިރިއުޅޭ ބޮއްފަދަ، ކަކުނިފަދަ، ކަހަނބުފަސަ، ވެލާ، ވާވޮށި، ކިނބޫފަދަ ކޮންމެ އެއްޗެއް ހަރާމްވާ ހުށި" މިހެންނެވެ. ނައިބުގެ މި ހުކުމާއި އެކު އެއްވެސް ދިވެއްސަކު ވެލާ މަހެއް ނުކެޔެވެ.

ހުއްދަކަމަށް ބުނި ޝެއިހް މަރުވަންދެން އަދަބުގައި

ކަން މިހެން އޮވެ ދިވެހިން ނައިބުގެ މި ނިންމުމަށް އިހްތިރާމް ކޮށްގެން ތިބޭތާ އެތައް ދުވަސްތަކެއް ފަހުން ބޭރު ދީނީ އިލްމު ހާސިލުކުަރައްވައިގެން ބޭކަލަކު ރާއްޖެ ވަޑައިގެންފިއެވެ. މަޝްހޫރު ދީނީ އިލްމުވެރިޔާ އައްޝައިހް އަބްދުއްރަހުމާން ކިޔަވާ ވިދާޅުވެގެން ވަޑައިގެން ވެލާމަސް ހަރާމްކަމަށް ކަނޑައަޅާފައި އޮތް އޮތުމާއި ދެކޮޅަށް ވެލާ މަސް ހުއްދަކަމަށް ފަތުވާ ނެރުއްވިއެވެ. އެހިސާބުން ދެން ހިގައިގަތީ ބޮޑުވެގެން ވާ ބަހުސެކެވެ. ވެލާ މަސް ކާނީތޯ ނޫނީ ހަމަ ހަރާމްތޯ ބެލުމުގެ ބަހުސެވެ.

1927 ގައި އައްޝައިހް އަބްދުއްރަހުމާން ނެރުއްވި މިފަތުވާ އާއި އޭނާ ދީނީ ގޮތުން ދެއްކެވި ވާހަތަކުގެ ނަތީޖާއަކަށްވީ އަދަބަކާއި ކުރިމަތިލައްވަން ޖެހިވަޑައިގަތުމެވެ. އޭނާގެ މައްޗަށް މައްސަލަތަކެއް ބަލާ އަރުވާލިއެވެ. އެ ހުކުމުގައި ހުންނަވާ އައްޝައިހް އަބްދުއްރަހުމާން އަވަހާރަވި އިރުވެސް ވެލާ މަހުގެ ހުކުމް އޮތީ ހަމަ ހަރާމް އެއްޗެއްގެ ގޮތުގައެވެ. އަބްދުއްރަހްމާންގެ ފަތުވާއަށް ބަލާ ބައެއް މީހުން ވެލާ މަސް ވަގަށް ކަމުން ގެންދިޔައެވެ. އެހެންނަމަވެސް އެކަން ފަޅާ އަރާފިނަމަ އެ ބަޔަކަށް ސަރުކާރުން އަދަބު ދެމުން ގެންދިޔައެވެ.

ބައިގަރުނު ވަނިކޮށް ކުއްލިއަކަށް ހުއްދަވެ ފަތުވާ

48 އަހަރު ވަންދެން ވެލާ މަސް ހަރާމްވެގެން ނުކައި ތިބި ދިވެހިންނަށް ވެލާ މަސް ހުއްދަކަމުގެ ފަތުވާ ނުކުތީ 1948 ވަނަ އަހަރުއެވެ. އެއީ ހުސެއިން ސަލާހުއްދީން އަވަހަރާވެ ޝައިހް އަބްދުﷲ ފަހުމީ ދީދީއަށް ފަނޑިޔާރުކަމުގެ ކޮލި ލެވުނު ހިސާބުންނެވެ. ޝައިހް އަބްދުﷲ ފަހުމީ ފަތުވާ ނެރުއްވީ ވެލާ މަސް ހުއްދަ އެއްޗެއްގެ ގޮތުގައެވެ. އެހާ ހިސާބުން ވެލާ މަސްކެއުން ހުއްދަވެ ވަގަށް ވެލާ މަސްކޭ މީހުންނަށް ދެމުން ގެންދިޔަ އަދަބުތައް ދިނުން ހުއްޓުމަކަށް އައީއެވެ.

ވެލާ މަސް ދިވެހިންނަށް ހަރާމް ނިންމުމުގައި އެންމެ ހެއްވާ ކަމަކީ މަސް ހަރާމްވެ އޭގެ ބިސް ހުއްދަކަމަށް އިލްމުވެރިން ނެރުއްވާފައި އޮތް ފަތުވާއެވެ. މިކަމާއި ހެދި ބައެއް މީހުން އެމީހުންގެ ވިސްނުމާއި ސިކުނޑިއަށް ފެންނަގޮތަށް ވަގަށް ވޭލާ މަސް ކެއެވެ. އެމީހުން ދެކޭ ގޮތުގައި މަސް ހަރާމް އެއްޗެއްގެ ބިސް ހުއްދަވާނެ އެއްވެސް ގޮތެއް ނޯންނާނެއެވެ. ކަން މިހެން އޮތްނަމަވެސް ވޭލާ މަސް ކޭކަން އެނގިއްޖެނަމަ އެމީހަކު ފަނޑިޔާރުން މަނިކުފާނު ކުރިމައްޗަށް ގެނެސް އަދަބު ދެއެވެ. އެހެންވެ ވަގަށް ވެލާ މަސްކައި ގިނައިން އުޅުނީ މާލެއިން ބޭރުން އެހެން ރަށްރަށުގައެވެ.

މިހާރު މަނާ، ހަރާމެއް ނޫން 

މިއަދުވެސް ރާއްޖޭގައި ވެލާ ފަޅާ ވެލާ މަސްކެއުން ހުއްދައެއް ނޫނެވެ. މިހާރު އެކަން ހަރާމްއަކީ ނޫނެނެވެ. ވެލާއަކީ ރައްކާތެރިކޮށްފައިވާ ތަކެތީގެ ލިސްޓަށް އެރުމުން އެކަން ކުރުން މަނައީއެވެ. އެހެންނަމަވެސް މިއަދުވެސް ވަގަށް ވެލާ ހިދާ އެފަޅާ މީހުން މަދެއް ނުމެ ނޫންމެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް