ads
ދަތުރުވެރިންގެ މާރުކޭޓްގައި ވިއްކަން ހުރި ބާވަތްތަކުގެ ތެރެއިން ފަނި ގިރުމަށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް ވަނީ އުފުލިފައި
ރޯދަ ބާޒާރު: ފަނިގިރާ ބާވަތްތަކުގެ އަގުތައް މައްޗަށް
ދަތުރުވެރިންގެ މާރުކޭޓްގައި ވިއްކަން ހުރި ބާވަތްތަކުގެ ތެރެއިން ފަނި ގިރުމަށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް މައްޗަށް ގޮސްފި އެވެ.

މިއަދު ބާޒާރު އަގުތަކަށް ބަލާއިރު ކަރާ ކިލޯއެއް ވިއްކަން ހުރީ 25-30 ރުފިޔާ އަށެވެ. މީގެ ދެ ދުވަސް ކުރިން 20 ރުފިޔާއަށް ކަރާ ކިލޯއެއް ވިއްކި އެވެ. ޕެޝަން ފުރުޓް ކިލޯއެއް މިހާރު ވިއްކަން ހުރީ 70 ރުފިޔާ އަށެވެ. މީގެ ދެ ތިން ދުވަސް ކުރިން ވިއްކަން ހުރީ 60 ރުފިޔާ އަށެވެ.

ބާޒާރުގައި ފޭރު ކިލޯއެއް 120 ވިއްކަން ހުރިއިރު އަނބު ކިލޯއެއް ވިއްކަމުން ދަނީ 100-150 ރުފިޔާ އަށެވެ.

ކުރިން 15 ރުފިޔާއަށާއި 20 ރުފިޔާއަށް ވިއްކި ކުރުނބައެއް ގެ އަގު މިއަދު ވަނީ ބާޒާރުގައި 20 ރުފިޔާއިން ފެށިގެން 30 ރުފިޔާއާއި ދޭތެރޭ އަގުތަކަކަށް އުފުލިފަ އެވެ. ބާޒާރުގައި މިއަދު ރޮކް މެލަން ކިލޯއެއް ވިއްކަން ހުރީ 80 ރުފިޔާއަށެވެ.

ދިވެހި ޖުމްހޫރީ މޭވާ އަދިވެސް މާރުކޭޓުގައި ނެތްއިރު، މިއަދު އިންޑިއާ، ލަންކާ އަދި ޔުގާންޑާގެ ޖުމްހޫރީ މޭވާ ހުއްޓެ އެވެ. އަގު ހުރީ ކިލޯއެއް 150 ރުފިޔާއަށެވެ.

ބާޒާރުގައި އޮރެންޖުގެ އަގު މަޑުމަޑުން އުފުލި، އޮރެންޖެއް މިއަދު ވިއްކަން ހުރީ 9ރުފިޔާއަށެވެ. މީގެ ދެ ތިން ދުވަސް ކުރިން ވިއްކަން ހުރީ 6 ރުފިޔާ އަށެވެ. ފަޅޯ 40 ރުފިޔާއަށް ކިލޯއެއް ލިބެހުރިއިރު ކަށިކެޔޮ (ރަތް) 15-20 ރުފިޔާއަށް ވަކެއް ލިބެން އެބަހުއްޓެވެ.

ބަނބުކެޔޮ ތިޔާގިކޮށް ފެނިގެންދިޔައިރު، މިއަދު ބަނބުކޭލެއް ލިބެން ހުރީ 25ރ. އާއި 35ރ. އަށް އެއްޗެކެ އެވެ. އަދި ރާއްޖެ ދޮންކެޔޮ ކިލޯއެއް 35ރ. އާއި 45ރ. އާ ދެމެދުގެ އަގެއްގައި ލިބެން ހުއްޓެ އެވެ.

މާރުކޭޓްގައި ތަކެތި ވިއްކަން ތިބި ފަރާތްތަކުން ބުނީ ފަނި ގިރުމަށް ބޭނުންކުރާ ބާވަތްތަކުގެ އަގުތައް އުފުލިފައި ވަނީ އެތަކެތި މަދުވެ ޑިމާންޑް މަތިވެފައިވާތީ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް