ads
ވާހަކަ
ސެކަންޑް ޗާންސް..!؟
(14 މާރިޗު 2024 އާ ގުޅޭ) މަޤްޝޫރާ މެޑަމް ދޮރުހުޅުވާލިއެވެ. ހިނިތުންވުމާއެކު ދައުވަތުދިނީ އެތެރެއަށް ވަނުމަށެވެ. ބިސްމިން ކިޔާފައި އަހަރެންގެ ކަނާތުފައި އުފުލާލީމެވެ. އެ ގޭ އޮޅިގަނޑު ހުރަސްކުރުމުގެ ކުރިން ނާދިފްގެ މޫނަށް އަހަރެން ބަލައިލީމެވެ. 'ކޮންފަދަ ކަމެއްހޭ..' ބުނާކަހަލަ ގޮތަކަށް ފޫހިކަމާއެކު އޭނާގެ ދެކޮނޑު އަރުވާލިއެވެ. އަހަރުމެން ދެމީހުންގެ މި ހަރަކާތް ޝައްޔާން ސަރއާއި ބަޤްޝީރާ މެޑަމް ފާހަގަކުރިކަން އަހަންނަށް އެނގުނެވެ.

މަޤްޝޫރާ މެޑަމް ދޮރުހުޅުވާލިއެވެ. ހިނިތުންވުމާއެކު ދައުވަތުދިނީ އެތެރެއަށް ވަނުމަށެވެ. ބިސްމިން ކިޔާފައި އަހަރެންގެ ކަނާތުފައި އުފުލާލީމެވެ. އެ ގޭ އޮޅިގަނޑު ހުރަސްކުރުމުގެ ކުރިން ނާދިފްގެ މޫނަށް އަހަރެން ބަލައިލީމެވެ. 'ކޮންފަދަ ކަމެއްހޭ..' ބުނާކަހަލަ ގޮތަކަށް ފޫހިކަމާއެކު އޭނާގެ ދެކޮނޑު އަރުވާލިއެވެ. އަހަރުމެން ދެމީހުންގެ މި ހަރަކާތް ޝައްޔާން ސަރއާއި ބަޤްޝީރާ މެޑަމް ފާހަގަކުރިކަން އަހަންނަށް އެނގުނެވެ.

"މަރުހަބާ މިޒްރާ .." ޝައްޔާން ސަރ ހިނިތުންވުމާއެކު ބުނެލިއެވެ. ބަދަލުގައި އަހަރެންވެސް ހީނލީމެވެ.

"މިގޭގައި މަޑުކޮށްލަންޖެހޭނީ ހަމައެކަނި މިރޭ.. މާދަމާއިން ފެށިގެން ދެކުދިން ދިރިއުޅޭނީ ތިކުދިންގެ އަމިއްލަ ގޭގައި.. މާދަމާއިން ފެށިގެން ޝައްޔާން ވިލާގެ ހުރިހާ ކަމެއް ހުންނާނީ ދެކުދިންނަށްޓަކައި ފުރިހަމަވެފައި " ޝައްޔާން ސަރ ބުންޏެވެ.

ލޮލުގެ ހިމަކޮޅުން ނާދިފްއާއި ދިމާއަށް އަހަރެން ބަލައިލީމެވެ. އުނގަނޑުގެ ދެފަރާތުގައި އަތް އަޅުވާލައިގެން އެއްފައި ތަޅުވާލަތަޅުވާލަ ހުރިގޮތުން އޭނާގެ މޫޑް ކިތަންމެ ރަގަޅަކަށްވެސް ތަރުޖަމާކުރަން އިނގެއެވެ. ކުރެވެން އޮތް ހުރިހާ ގޮތަކުން އަހަރެންނަށް ތުރާކުރުމަށް ސިކުނޑީގައި ރޭވުންތައް ރާވަނީއެވެ. އެކަމަކު އަހަރެންނަކީވެސް މިޒްރާ މަންސޫރެވެ. އަހަރެން މިހުރީ ޝައްޔާން ސަރ އަށް ވަޢުދެއް ވެގެންނެވެ. ސަރގެ ދަރިފުޅު ހަމަމަގަށް އެޅުވުމަކީ އަހަރެންގެ ދިރިއުޅުމުގައި މިވަގުތަށް އޮތް ހަމައެކަނި އަޒުމެވެ.

"ތިކުދިންގެ ކޮޓަރި ހުންނާނީ ފުރަތަމަ ފަންގިފިލާގައި.. ވާތްފަރާތުން ގޮސް، އެންމެ އެތެރެއަށް އިންނާނީ ނާދިފްގެ ކޮޓަރި" ހިނިތުންވަމުން މަޤްޝޫރާ މެޑަމް ބުންޏެވެ. ޖަވާބުގައި އަހަރެންވެސް ހިނިތުންވެލީމެވެ. އަހަރެންނާއެކު ނާދިފް އެ ކޮޓަރިއަށް ނާންނާނެކަން އިނގޭތީވެ އަހަރެން ސިޑިއާއި ދިމާއަށް ހިނގައިގަތީމެވެ.

އެންމެ އެތެރެއަށް ހުރި ކޮޓަރީގެ ކުރިމަތީގައި އަހަރެން ހުއްޓެލީމެވެ. ކުރިއަށްވުރެން ބާރަށް ހިތް ތެޅޭކަން އިނގުނީ އަތްތިލަވެސް މާބޮޑަށް ފިނިވީމައެވެ.

ދޮރުހުޅުވާލާފައި އެތެރެއަށް ވަނީމެވެ.

ބޮޑު ކޮޓަރިއެކެވެ. ކަޅުކުލައާއި ރަތްކުލައަށް ނާދިފް ލޯބިކުރާކަމުގެ ހުރިހާ އަސަރެއް އެކޮޓަރީގެ ކޮންމެ ދިމާއަކުން ފެނުނެވެ. ބޭނުމެއް ނެތްކަން އިނގޭއިރުވެސް މިރެއަށްޓަކައި ކޮޓަރިވަނީ ޒީނަތްތެރިކޮށްފައެވެ. ތާޒާ މާމެލާމެލިން ކޮޓަރީގެ ހިތްގައިމުކަން އިތުރުވެފައިވެއެވެ. އެނދުގައި އަޅާފައިވާ ހުދު ބްލޭންކެޓް މަތީގައި ރަތާއި ފިޔާތޮށިކުލައިގެ ފިނިފެންމާ ފިޔަތައް ތަރުތީބުކޮށްފައިވެ އެވެ.

ފާރުގައި ހަރުކޮށްފައިވާ އެކި ފޮޓޯތަކަށް އަހަރެން ބަލައިލީމެވެ. ނާދިފްގެ ފޮޓޯތަކެވެ. ހުރިހާ ފޮޓޯއެއްގެ ތެރެއިން އަހަރެންގެ ނަޒަރު ހުއްޓުނީ ހިތްގައިމު ގޮނޑުދޮށެއްގައި ނާދިފްއާއި ޕްރީޝާ އަތުގުޅާލައިގެން ނަގާފައިވާ ފޮޓޯއަކަށެވެ. ފެންނަ ފެނުމަށް އުފާވެރި ފޮޓޯއެކެވެ. އެއަށް އަހަރެން ތައުރީފް ކުރުމުގެ މާނައެއް ނެތެވެ. ހަގީގަތަކީ އަހަރެންގެ މުސްތަގްބަލް އޮތީ އެމަންޒަރުގެ މައްޗަށް ކަމަށްވުމެވެ. އަހަރެންގެ ލޯ ޖެހޭނީ އެމަންޒަރަށް އާދަކުރާށެވެ. ބުނަން ނޭގޭ އިހްސާސަކުން ހިތުގައި ރިއްސާލިއެވެ. ފަރުވާއެއް ނެތްކަން އިނގޭތީ އެރިހުމަށް އަހަރެން އަޅައެއް ނުލާނަމެވެ.

ދުވަހަކުވެސް އެއްވެސް ހާލެއްގައި ދެމީހެއްގެ ދެމެދަށް ވަނުމަކީ އަހަރެން ހުވަފެނުގައިވެސް ދެކެފައިވާ ކަމެއްނޫނެވެ. އަހަރެންގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން އަހަރެން އަމިއްލައަށް ކުރުމައިގެން ކުރިއަށް ދިއުން ނޫން ވިސްނުމެއް އަހަރެންގެ ސިކުނޑީގައި މިހާތަނަށް ނުގެންގުޅެމެވެ. އަމިއްލައަށް ރެއާއި ދުވާލު ހައްލުކުރާންޖެހިފައި ހުންނަ ކަންކަން މަދެއްވެސް ނޫނެވެ. މިއަދު މި ފަޔަވަޅު މަތީގައި މި ކޮޓަރީގައި  އަހަރެން ހުންނާން މިޖެހުނީ ޝައްޔާން ސަރ އަހަންނަށްކުރާ އިތުބާރެއްގެ ސަބަބުންނެވެ.  އިންޝާﷲ އެ އިތުބާރު އަހަރެން ދަމަހައްޓާނަމެވެ. މިރެއިން ފެށިގެން އަހަރެންގެ ހުރިހާ އިހްސާސެއް ކަފުންކުރީއެވެ. ލޯބި ދިރިއުޅުމަކަށް ކުރެވިފައި އޮތް އުއްމީދުވެސް ހަނދާން ނައްތާލީ އެވެ.

ކޮޓަރީގެ ބެލްކަނީގެ އެއްކޮޅުން އަނެއްކޮޅަށް ހުރި ބިއްލޫރި ދޮރުކައިރިއަށް އަހަރެން ޖެހިލީމެވެ. މަޑުމަޑުން ދޮރު ހުޅުވާލީމެވެ. ފިނި ރެއެއްގެ ހިތްގައިމު ވައިރޯޅި އަހަރެންގެ މޫނުގައި ބީހިލިއެވެ. ކައިވެނިކުރެވިގެން މިދިޔައީ ދެތިންހަފްތާއެއްހާ ދުވަހުގެ ބޮޑު ހާސްކަމެއްގެ ތެރެއިންނެވެ.

ކުރިއަށް އޮތް ދުވަސްތަކަށްބަލާއިރު  ހަމައެކަނި އަމާންކަމުގެ ނޭވާއެއް ލެވެން އޮތީ މިވަގުތުކަމަށްވެދާނެއެވެ. ހަށިފުރާ ނޭވާއެއްލެވުނީ އިތުރަށް ހަމަޖެހިލުމަށެވެ.

ދޮރުކަނީގައި ލެނގިލަމުން އުޑުމައްޗަށް އަހަރެން ބަލައިލީމެވެ. ކަޅުއަނދިރިކަން ނޫނީ ނުވެއެވެ. ހަމަ އެންމެ ތަރިއެއްވެސް އުޑުމަތީގައި ނެތެވެ. އަހަރެންގެ ހިތެކޭ މިރޭގެ އުޑުމައްޗެކޭ ތަފާތެއް ނެތެވެ.

ކޮންމެ ގޮތެއްވިޔަސް އަހަރެން މިވަގުތަށްޓަކައި އުފާކުރަމެވެ. އެންމެ ރެއެއްވެސް 'އެކަނި' ހޭދަކޮށްލަން ލިބުނީތީއެވެ. ހަނދާނަށް އައީ މާމަގެ ފޮތުން އިބާރާތެކެވެ.

'ގަދަ ޠޫފާނުގައި ހަމަހިމޭންކަމާއެކު އިށީންނާށެވެ. މާދަމާ އިރުއަރާނީ މިއަދަށްވުރެން ފާގަތި ދުވަހެއްގެ ގޮތުގައެވެ. އަމިއްލަ ނަފުސައް ވަޢުދުވާށެވެ.'

މިއަދަށްވުރެން މާދަމާގެ ބިރުވެރިކަން އަހަންނަށް ނުރައްކަލެވެ. އެކަން ޔަގީނެވެ. ހަމައެކަނި މާދަމާއެއް ނޫނެވެ. ކުރިއަށް އޮތް ހަފްތާއެވެ. އެއާއިޖެހިގެން އަންނަ މަސްދުވަހެވެ.  މުސްތަގުބަލްގައި އިރުއަރާ ކޮންމެ ދުވަހަކީ އަހަރެންނަށް އަނިޔާއެކެވެ. ތަހަންމަލްކުރަންޖެހޭނީ އެތައް ވޭނެކެވެ.  އަހަންނަށް އޮތީ ހިތްވަރުކުރުމެވެ. މި ތޫފާނަށް ތައްޔާރުވުމެވެ.

އަހަރެންގެ ޚިޔާލުތަކާއެކު އަވަދިނެތި އިންދާ  ދޮރު ލެއްޕިއަޑު އިވުނެވެ. އެމީހަކު އެތެރެއަށްވަނީ ކޮން އިރަކު ހެއްޔެވެ؟

ދޮރާއި ދިމާއަށް އަހަރެން ބަލައިލިއިރު ނާދިފްކުރީ ކޮޅަށެވެ.

މިތަނަށް އޭނާ އައީ ކީއްވެ ހެއްޔެވެ؟ މިއޮއްބޮޑު ގަނޑުވަރުގައި އެހެން ކޮޓަރިއެއް ނެތީހެއްޔެވެ؟

ހިތައް އެރި އެއްޗަކުން ކުއްލިޔަކަށް ދެ ލޯ ބޮޑުކޮށްލެވުނެވެ. ކޮޓަރީގައި ހުރި އެނދު އޭނާއާއި ހިއްސާކުރަން ޖެހިދާނެތީއެވެ. ޔާﷲ މިއަޅާ ސަލާމަތް ކުރައްވާށިއެވެ.

"ދެކެމުންތިދާ ހުވަފެނުގެ ތެރެއިން ނިކުމެވިއްޖެއްޔާ، އަހަރެން އެއްޗެހި ބަދަލުކުރާން ފުރުސަތެއް ދީފާނަން...؟ އަމިއްލަ ހެދުންވެސް ބަދަލުކުރަން ޖެހޭނެ ކަންނޭގެ..!!؟؟" ފުރަތަމަ ޖުމުލަ ހަރުކަށި ނަމަވެސް، ދެވަނަ ޖުމުލައިގައިވަނީ މަލާމާތެވެ.

އެއްބަސްވުމުގެ ގޮތުން ބޯޖަހާލަމުން،  އަހަރެންގެ ނިދާ ހެދުމެއް ހިފައިގެން ފާޚާނާއަށް ވަނީމެވެ.

އަހަރެންގެ ދެލޯ ބޮޑުވިއެވެ. އާދައިގެ ކޮޓަރިއަކަށްވުރެން ނާދިފްގެ ފާޚާނާވެސް ބޮޑެވެ. އެންމެ މީހަކު އުޅޭ ކޮޓަރިއެއްގައި އެވަރުގެ ފާޚާނާއެއް ހުރުމުގެ ބޭނުމަކީ ކޮބައިބާވައޭ ހިތައް އެރިއެވެ.

ކަޅު ހަރުވާޅަކާއި އޮރެންޖުކުލައިގެ ޓީޝާޓް ޓޮޕެއް ލައިގެން އަހަރެން ނިކުތީމެވެ.

ނާދިފްހުރީ އޭނާގެ ބޯ ފުނާއަޅަން ޑްރެސިންގ ޓޭބަލް ކައިރީގައެވެ. އަހަރެން މިސްރާބުޖެހީ އެނދާއި ދިމާއަށެވެ.

"އޯހ.. މިސިޒް..! ހަމަޖެހޭ..!" ނާދިފް ބުނިއެއްޗެއް ފަހުމު ނުވީތީ އަހަރެން އޭނާއާއި ދިމާއަށް ބަލައިލީމެވެ. ވާން މިއުޅެނީ ކިހިނެއް ހެއްޔެވެ؟

"މިއީ އަހަރެންގެ އެނދު.." އެނދާއި ދިމާއަށް ހިނގައި ގަންނަމުން ނާދިފް ބުނެލިއެވެ.

ރަސްކަލެއް ފަދައިން އެނދަންއަރާ އޭނާގެ ދިގު ދެފައި ދަމާލިއެވެ. އެސްފިޔަ ޖަހާލަންވެސް ނޭގިފައި އަހަންނަށް ހުރެވުނެވެ.

"އަހަރެން ނިދަނީ ކޮންތާކު..؟!" ސުވާލުއައީ ކޮންތާކުން ކަމެއްވެސް ނޭގުނެވެ. އަހަރެންގެ ކޮންޓްރޯލް އަމިއްލަ ދުލުގައިވެސް ނެތީކަން ނޭގެއެވެ.

"ތިހިރަ ސޯފާތަކާއި މިކޮޓަރީގެ ބިންމަތީގައިވެސް ފުދޭވަރަށް ޖާގަ އޮންނާނެ..!" ނާދިފް ބުންޏެވެ.

އަހަންނަށް ބަލައިލެވުނީ ތިރިއަށެވެ. އެއަރކޯންގެ ސަބަބުން ޓައިލްސްތައް އިންތިހާއަށް ފިންޏެވެ. އެހެން އެއްގޮތެއްވެސް ނެތުމުން އަހަރެން މިސްރާބުޖެހީ ސޯފާއަށެވެ.

އެނދުމަތީގައި އޮތް ހުދުބްލޭންކެޓް ނާދިފްގެ އަތުކޮޅަށް ހޫރާލިއެވެ. ފިނިފެންމަލުގެ ފިޔަތައް އެކިދިމަދިމާއަށް ބުރައިގެން ދިޔަ އެވެ.

އަހަރެން ސޯފާގައި އިށީނީމެވެ. މިނޫނީ ދުވަހަކުވެސް އަހަރެންގެ ހަޔާތުގައި ސޯފާއެއްގައި ނުނިދަމެވެ. ސޯފާގައި ކުށަންއެއްވެސް ނެތެވެ. ބާލީހެއް ނުލިބޭނެކަން ޔަގީނެވެ. އެގޮތްމިގޮތުގައި ބައިގަޑީރު ހޭދަކުރުމަށްފަހު އަހަރެން ގަސްތުކުރީ ޓައިލްސްމަތީގައި އޮށޯތުމަށެވެ. މުޅި ރޭ މި ގޮތުގައި ހޭދަކުރުން ނޫން ގޮތެއް ނެތްކަން ސިކުނޑިއަށް ވިސްނައިދިނީމެވެ. ނާދިފްއަށް އަހަރެން ބަލައިލީމެވެ.  ހުދު ޑުއެޓްގެ ތެރޭގައި އަމާންކަމާއެކު އަރާމު ނިންޖަކުން ނިދާލާފައި އޮތެވެ.

ޓައިލްސް މައްޗަށް އެއްލާލާފައިވާ ބްލޭންކެޓް އަހަރެން ނެގީމެވެ. މަލުގެ ފިޔަތައް ފޮޅާލުމަށްފަހު އޭގެ މަތީގައި އަހަރެން އޮށޯވެ، ހަމަ އެ ބްލޭންކެޓް އަހަރެންގެ މުޅި ގައިގައި އޮޅާލީމެވެ. އެއަރކޯންގެ ފިނިކަމުން ކުޑަނަމަވެސް ތަސައްލީއެއް ލިބޭތޯއެވެ.

މިއީ އަހަރެންގެ ކައިވެނީގެ ފުރަތަމަ ރެއެވެ. ބޯ ދަށަށް ލާނެ ބާލީހެއްވެސް ނެތި އަހަރެން މިއޮތީ ފިނިފިނި ޓައިލްސް މަތީގައެވެ. އަމާންކަމާއެކު އަރާމު ދާނެއްގައި ފިރިމީހާ އޮތީ ނިދާލާފައެވެ.

ހިތްގައިމު ވާދީއެކެވެ. ދުރުދުރަށް ދާންދެން ހެދިފައިވާ ވިނަތަކުގެ ތެރޭގައި ފޮޅިފައިވާ ކުލަކުލައިގެ ރީތި މާތައް ވެއެވެ. ފަތިހުގެ ފިނިވަޔާއެކު މާތައް ހެލިލާ މަންޒަރު ނުހަނު ހިތްގައިމެވެ. މާމަގެ ކުޑަވައި އިނގިލީގައި ހިފައިގެން އަހަރެން ހިންގާލާފައި މިދަނީ ބައެއްފަހަރު ބައެއް މާތަކުގައި  ފިރުމާލަމުންނެވެ. ރަންކުލައިގެ އިރު އަހަރުމެންގެ ބޯމަތީގައި އިނދެގެން މުޅި ޖައްވު އުޖާލާކުރަމުން ދިޔައެވެ. ނޫ ކުލައިގެ އުޑުގައި މިވަގުތު ރަސްކަން ކުރަމުންދިޔައީ ދޮންވެފައިވާ އިރުގެ  ނަލަނަލަ ކުލަތަކެވެ. މާމަގެ އަތުން ދޫކޮށްލާފައި، ކޮޅުންކޮޅަށް ފެންނާން އޮތް ސާފު ރެއިންބޯގައި އަތްލެވޭތޯ އަހަރެން ދުއްވައިގަތީމެވެ. މާމަ އަހަރެންނަށް ގޮވާއަޑު އިވިގެން، މާމައަށް ޖަވާބު ދިނުމަށް އަހަރެން ފަސްއެނބުރިލީމެވެ. ނަމަވެސް އެވަގުތު ވަށައިގެން ފެނުނީ ދުންފިނީގެ އަސަރެވެ. ކުރިން ފެންނަމުންދިޔަ ހިތްގައިމު ރީތި މަންޒަރުވަނީ ފުސްވެފައެވެ.

އަހަރެންގެ ކަރު ބެދި، ދެ ލޯ ފުރިބާރުވެއްޖެކަމުގެ އިހްސާސްކުރެވުނެވެ. އަނެއްކާވެސް މާމަ ގެއްލެނީކަން އެނގުމުން ހަށިގަނޑު ތުރުތުރުއަޅާން ފެށިއެވެ. ޔަގީނެވެ. މިފަހަރުވެސް އަހަރެން ދޫކޮށްލާފައި މާމަ ދާނެއެވެ. ދުންފިނީގެ ތެރެއިން މާމަ ހަނާއަޅާލިތަން ދުށީމެވެ. އެއިގެ ތެރެއަށް ވަންނަން އަހަރެން ދުއްވައިގެން ވަގުތު މާމަގެ ބޮލުން އިޝާރާތްކޮށްލީ މާމައާއި ގާތަށް ނައުމަށެވެ. ވާން މިއުޅޭ ގޮތް އަހަރުމެން ދެމީހުންނަށް އެނގުނު ކަހަލައެވެ. ހަލާކުވެ ރިހުން އެކުލެވިފައިވާ ހިތަކާއިއެކު އަހަރެން މާމައަށް ބަލައިލީމެވެ. މަޑުމަޑުން ފަނޑުވަމުންގޮސް އަހަރެންގެ ލޯމަތީން މާމަ ގެއްލިޖެއެވެ. ވަށައިގެން އެނބުރެން ފެށީމެވެ. މުޅި ވާދީގައި އަހަރެން އެކަންޏެވެ. އެއްވެސް ދިމާއަކުން މާމަ ފެންނާކަށް ނެތެވެ.

އިހްސާސްކުރެވުނެވެ. އަނެއްކާވެސް އަހަރެން އެކަނިވީއެވެ. އަހަރެންގެ ހިތްފުރެންދެން ރުއީމެވެ. ލޮލުން ކަރުނަ ހުސްވަންދެން ކަރުނަ އެޅީމެވެ. މިއީ އާދައެވެ. މިފަހަރުވެސް މާމަ ނާންނާނެއެވެ. ދުވަހަކުވެސް މާމަ އެނބުރި ނާންނާނެއެވެ. އުޑުމައްޗަށް އަހަރެން ބަލައިލީމެވެ. ކަޅުއަނދިރިކަން ނޫނީ އުޑުމަތީގައި ނުވެއެވެ. ޖަހާލި ގުގުރިއާއެކު ބޯ ވިއްސާރަ އޮއްސާލިއެވެ.  ރަހުމެއް ނެތް ފިނިފިނި ވިއްސާރައިގައި އަހަރެން ތެމި ފޯވިއެވެ.

އަހަރެންގެ ކޯތާފަތް ތެމިފައިވާކަމުގެ އިހުސާސާއެކު ދެ ލޯ ހުޅުވައިލީމެވެ.

ފުންމައިގެން ތެދުވެ ކުއްލިޔަކަށް އިށީނީމެވެ. ކަންކަން ނަގައިގަނެ ވިސްނާލަން  ވަގުތުކޮޅެއް ނެގިއެވެ. އިށީންދެ އިނދެވުނީ ޓައިލްސް މަތީގައި ކަމާއި އަހަރެންގެ ހަޔާތުގައި ހިނގަމުންދާ ކަންކަން ސިކުނޑިއަށް އަންނާން ފެށިއެވެ. ސަމްސަލަކުން ބިއްލޫރިތައްޓެއްގައި ޖަހާލާއަޑަށް އެދިމާއަށް އަހަންނަށް ބަލައިލެވުނެވެ.

ނުބައިފާޑަކަށް ހިނިއައިސްފައި އަހަރެންނާއި ދިމާއަށް ބަލަހައްޓައިގެން ނާދިފް ހުއްޓެވެ. ވާންއުޅޭގޮތެއް އަންދާޒާކޮށްލާންވެސް ވަގުތުކޮޅެއް ނުލިބިއުޅެނިކޮށް އަހަރެންގެ މޫނުމައްޗަށް  ކުއްލިޔަކަށް ޖެހީ އައިސްފެންތައްޓެކެވެ.

އަހަރެންގެ މޫނުން ފެންތައް ފޮޅާލިވަގުތު ނާދިފްގެ އަޑު އިވުނެވެ.

"ހޭލާ..!" ނާދިފް ހަޅޭއްލަވައިގަތެވެ.

"ކޮބާތަ ނާދިފްގެ  މައްސަލަޔަކީ..؟" ކޮޅަށް ތެދުވަމުން އަހަރެން ސުވާލުކުރީމެވެ.

"ކަލޭގެ ލޮލަށް ނުފެނޭތަ ގަޑި.. މިހާރު ހަގަޑިބައިވެއްޖެ.. އަހަރެން އޮފީހަށް ދާ ގަޑިޖެހެނީ.." ނުރުހުމާއެކު ނާދިފް ބުންޏެވެ.

"ދެން..؟ ކާކުތަ ބުނީ އޮފީހަށް ނުދާށޭ.. ދިޔާމަ ނިމުނީނުން" އަހަރެންވެސް ރައްދު ދިނީމެވެ.

މޮންސްޓަރއެއްހެން ހެނދުނު ހެނދުނާ ތެދުވެ އޭނާގެ ކިބުރުވެރިކަމާއި ގަދަބާރު ދައްކަންފެށިއެވެ. އޮފީހަށްވިޔަސް ނޫނީ އެހެން ތާކަށްވިޔަސް އޭނާ ދާން ބޭނުން ކޮންމެ ތާކަށް ދިޔައީމަ ނިމުނީ ނޫންހެއްޔެވެ.

"އޯއ.. ހެލޯ މިސް.. އޫޕްސް މިސިޒް... އައި ނީޑް ދަ ބްރޭކްފާސްޓް..!" އަހަރެންނާއި ކައިރިއަށް ފިޔަވަޅެއް އަޅަމުން ބުނެލިއެވެ.

"މިވަރު ބޮޑު ގަނޑުވަރެއްގައި އުޅޭއިރު މެއިޑުން ތިބޭނެނުން.. އެއިން މީހެއް ކައިރީގައި ބުނީމަ ނިމުނީނުން..!" ނާދިފްއާއި ދުރަށް ފިޔަވަޅެއް އަޅަމުން އަހަރެން ބުނެލީމެވެ.

"އަސްލު ބުނަންތަ..! ހުރިހާ ކަމަކަށް ގެންގުޅުނު ހުރިހާ ނޯކަރުން ވަޒީއާއިން ވަކިކޮށްފައި ފޮނުވާލައިފިން.. ހުރިހާ ކަމަކަށް ފުރިހަމަ ފުލްޓައިމް ނޯކަރެއް ލިބުނީމައި އެހެން މީހުންގެ ބޭނުމެއް ނޯންނާނެ ނުން .." އަހަންނާއި ދިމާއަށް އިނގިލިން ހަރަކާތްކޮށްލަމުން ނާދިފް ބުނެލިއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް