ads
ވަޅޯމަސް މާރުކޭޓުގެ ތެރެއިން - ފޮޓޯ: ސީއެންއެމް
ރޯދަ ބާޒާރު: ވަޅޯމަހުގެ އަގުވެސް އެއްވަރެއްގައި ހިފެހެއްޓިފައި
ރޯދަމަހުގެ 4 ވަނަ ދުވަހާ ކުރިމަތިލިއިރު ބާޒާރުގެ އަގުތައް މިވަނީ އެއްވަރެއްގައި ހިފެހެއްޓިފަ އެވެ. އެގޮތުން ނިމުނު 3 ދުވަހު ވެސް ބާޒާރުގައި ތަކެތީގެ އަގަށް މާބޮޑު ތަފާތެއް ނެތްކަން ފާހަގަ ކޮށްލެވެ އެވެ.

އެގޮތުން ވަޅޯ މަސް މާރުކޭޓުގެ އަގުތަކަށް ބަލާއިރު ވެސް ރޯދަމަސް ފެށިއިރު ހުރި އަގުތަކާ މާބޮޑު ތަފާތެއް ފާހަގައެއް ނުކުރެވެ އެވެ.

މިހާރު ބާޒާރުގައި ވަޅޯމަސް ކިލޯއެއް 35 ރުފިޔާ އަށް ލިބެން އެބަހުއްޓެވެ. ނަމަވެސް މަދު ގޮޅިއެއްގައި އަދިވެސް މިއަގު އުޅެނީ 40 ރުފިޔާ އަށެވެ.

ވަޅޯމަސް މާރުކޭޓުގައި މަސައްކަތް ކުރާ މީހަކު ބުނީ، ކަނޑުމަސް ލިބުން ތިޔާގިވެ، ވަޅޯމަހުގެ އަގުވެސް މިހާރު ދަށަށް ގޮސްފައިވާ ކަމަށާއި، ކުރިއަށް އޮތްތަނުގައިވެސް މި އަގު ދަށްވާނެ ކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

your image ވަޅޯމަސް މާރުކޭޓުގެ ތެރެއިން - ފޮޓޯ: ސީއެންއެމް

"މި ދޭތެރެއިން ކަނޑުމަސް ލިބުން ދަށްވި. ކަނޑުމަސްވެސް ލިބެން ހުރީ ކިލޯއެއް 45 ރުފިޔާ އަށް. ނަމަވެސް ކަނޑުމަސް ކިލޯއެއް މިހާރު އެބަ ލިބޭ 30 ރުފިޔާ އަށް. އެހެންކަމުން ވަޅޯމަހުގެ އަގުވެސް މިވަނީ ދަށްވެފަ. މީގެ ކުރިން 60 ރުފިޔާ އަށް ލިބުނު ވަޅޯމަސް މިހާރު މި ލިބެނީ އެންމެ 40-50 ރުފިޔާ އަށް." މާރުކޭޓުގައި މަސް ވިއްކާ މީހަކު ބުންޏެވެ.

ވަޅޯމަހުގެ އިތުރުން ހިކިމަހުގެ އަގުވެސް ވަނީ ދަށްވެފައެވެ. އެގޮތުން މީގެ ކުރިން 90 ރުފިޔާ އަށް ކިބެންހުރި، ހިކިމަސް ކިލޯ، 80 ރުފިޔާ އަށް މިހާރު ލިބެން ހުރިއިރު، ކޮށާފައި ހުރި ބައި ކިލޯގެ ޕެކެޓެއް 80 ރުފިޔާ އަށް ލިބެން އެބަ ހުއްޓެވެ. މީގެ އިތުރުން ބާޒާރުގައި ލޮނުމަސްވެސް ލިބެން އެބަ ހުއްޓެވެ. ލޮނުމަސް ކިލޯއެއް ލިބެނީ 120 ރުފިޔާ އަށެވެ. ރެހި ބައި ކިލޯގެ ޕެކެޓެއް 80 ރުފިޔާ އަށް ލިބެން ހުރިއިރު ރިހާކުރު ބޮޑު ފުޅިއެއް 250-300 ރުފިޔާއަށް ލިބެއެވެ.

your imageވަޅޯމަސް މާރުކޭޓުގެ ތެރެއިން - ފޮޓޯ : ސީއެންއެމް

މަސްމާރުކޭޓުގެ އަގުތަކަށް ބަލާއިރު ވެސް ރޯދަމަސް ފެށިއިރު ހުރި އަގުތަކާ މާބޮޑު ތަފާތެއް ފާހަގައެއް ނުކުރެވެއެވެ. ކަނޑުމަސް މިއަދު 30ރ އަށް ކިލޯ ހުރި އިރު ކަންނެލި ލިބެން ހުރީ 35ރ އަށް ކިލޯއެކެވެ. އަދި ބޮޑު ކަންނެލި 45ރ އަށް ކިލޯއެއް ލެބެން ހުރިކަން ފާހަގަ ކޮށްލެވެ އެވެ.

މީގެ އިތުރުން މޭވާގެ އަގުތަކަށް ބަލާއިރު، އަނބުކިލޯއެއް ހުރީ 75 ރުފިޔާ އާއި 80 ރުފިޔާ އާއި ދެމެދުގައެވެ. އާދައިގެ ފޭރު އުޅެނީ ކިލޯއެއް 80 ރުފިޔާއަށެވެ. ފެޝަން ފުރުޓު އުޅެނީ 65 ރުފިޔާ އަށެވެ.

your imageދަތުރުވެރިންގެ މާރުކޭޓުގެ ތެރެއިން - ފޮޓޯ: ސީއެންއެމް

ޓޮމާޓޯ ކިލޯއެއް 30 ރުފިޔާއަށް، ބަރަބޯ ކިލޯއެއް 20 ރުފިޔާއަށް، ފަޅޯ ކިލޯއެއް 60 ރުފިޔާ އާއި 40 ރުފިޔާ އާއި ދެމެދުގެ އަގަކަށް ލިބެންހުރި އިރު، ތައިލެންޑް އަނބު ކިލޯއެއް 450 ރުފިޔާއަށް، ތައިލެންޑް ފޭރު ކިލޯއެއް 100 ރުފިޔާއަށް ލިބެން އެބަހުއްޓެވެ.

ލެޓިއުސް ކިލޯއެއްވެސް މިހާރު ލިބެން ހުރީ 60 ރުފިޔާ އަށެވެ. ކަނޑޫދޫ މިރުސް ކިލޯއެއްވެސް ލިބެންހުރީ 700 ރުފިޔާ އަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް