ads
މުހައްމަދު ތޮލާލް
ވޮލީ ކޮންގްރެސް ކޮމިޝަނަރު ބަލައި ނުގަތް
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިދިޔަ ހޯމަ ދުވަހު ބޭއްވި އެސޯސިއޭޝަންގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ނިންމި ނިންމުންތައް ބަލައިނުގަންނަ ކަމަށް ކޮމިޝަނާ އޮފް ސްޕޯޓްސް، މުހައްމަދު ތޮލާލް، އެސޯސިއޭޝަނަށް އަންގައިފި އެވެ.

ވޮލީ އެސޯސިއޭޝަނުން ހޯމަ ދުވަހު ބޭއްވި ކޮންގްރެސްގައި އެސޯސިއޭޝަންގެ ހިންގުން، އިންތިހާބަކާ ހަމައަށް ދަންދެން، ބީޗް ވޮލީބޯލް ކޮމިޝަންގެ ޗެއާމަން ކަމުން، އާ އަސާސީ ގަވާއިދުގެ ތެރެއިން، ބީޗްވޮލީބޯޅަ ނައިބު ރައީސަކަށް ބަދަލުވި، އަބްދުﷲ ނަޝީދު (އަބުޅޯ)އާ ހަވާލުކުރަން ވެސް ފާސްކުރި އެވެ. އަދި ވޮލީ އެސޯސިއޭޝަންގެ އިލެކްޓޯރަލް ކޮމިޓީ އާއި ލީގަލް ކޮމިޝަންގެ އިތުރުން އެޕީލްސް ކޮމިޝަން ވެސް ވަނީ ފާސްކޮށްފަ އެވެ. އަދި މި މަހު 15 ގައި ބާއްވަން ނިންމި އިންތިހާބަށް ކުރިމަތިލި ފަރާތްތަކުގެ ނަންތައް އިއުލާނުކުރުމަށް ފަހު، އިންތިހާބު މި މަހު 19 އަށް ލަސްކުރަން ފާސްކޮށްފަ އެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވޮލީ އެސޯސިއޭޝަނަށް ސްޕޯޓްސް ކޮމިޝަނަރު ތޮލާލް، އަންގާފައިވަނީ، ކުޅިވަރު ގާނޫނުގައި ބުނެފައިވާ ގޮތަށް ވޮލީ އެސޯސިއޭޝަންގެ ކަންކަން ފުރިހަމަ ނުވާތީ، އެކަންކަން ކުރަން އިސްކަން ދިނުމަށެވެ. އެ ގޮތުން، 2020، 2021، 2022 އަދި 2023 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގެ ކަންކަން ފުރިހަމަކޮށް، ވޮލީގެ އިންތިހާބާ ގުޅޭގޮތުން، ސްޕޯޓްސް ކައުންސިލާއި އޮލިމްޕިކް ކޮމިޓީ ހިމެނޭގޮތަށް ވޮލީ ހިންގާ ކޮމިޓީއާ އެކު ބައްދަލުވުމެއް ބޭއްވެންދެން އިންތިހާބުގެ ކަންކަން ނުކުރަން ތޮލާލް ވަނީ އެސޯސިއޭޝަނަށް އަންގައިފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް