ads
އިހަވަންދިއްޕޮޅުގައި އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީއެއް އެޅުމަށް އެސްޓީއޯއިން "ވިޓޯލް"އާއެކު އެއްބަސްވުމެއްގައި ސޮއިކުރުން
އިހަވަންދިއްޕޮޅުގައި ބަންކަރިން ފެސިލިޓީއެއް އަޅަން ވިޓޯލްއަށް
އިހަވަންދިއްޕޮޅުގައި ބައިނަލްއަގްވާމީ ބަންކަރިން މަޝްރޫއެއް ހިންގަން އެސްޓީއޯއިން ހަކަތައިގެ ވިޔަފާރިކުރާ ދުނިޔޭގެ އެންމެ ބޮޑު އަމިއްލަ ކުންފުނި، ވިޓޯލްއާ އެކު ޓާމް ޝީޓެއްގައި ސޮއިކޮށްފި އެވެ.

މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގައި ޓާމް ޝީޓުގައި ސޮއިކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް އެވެ. އަދި ވިޓޯލް ގުރޫޕުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ޖޭ އެންގްއެވެ.  

އެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މާޒިންވެސް ބައިވެރިވެވަޑައިގަތެވެ.

ޓާމް ޝީޓުގައި ސޮއިކުރެއްވުމަށް ފަހު އެސްޓީއޯގެ އެމްޑީ ޝިމާދު ދެއްކެވި ވާހަކައިގައި ބަންކަރިން މަޝްރޫއުގެ ޓެންޑާ ކާމިޔާބުކުރި ކަމަށްޓަކައި ވިޓޯލްއަށް މަރުހަބާ ވިދާޅުވި އެވެ. 

your imageއެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމް 

އެ ރަސްމިއްޔާތުގައި ޖޭ އެންގް ވިދާޅުވީ މި ސަރަހައްދަކީ ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދޭން އެންމެ ރަނގަޅު ލޮކޭޝަން ކަމަށެވެ.

ވިޓޯލްގެ ބަންކަރިން ވިޔަފާރީގެ ސަޕްލައި ހަބްތައް ސިންގަޕޫރާއި ޔޫއޭއީ އާއި އެމެރިކާގެ އިތުރުން ދުނިޔޭގެ އެހެން ސަރަހައްދުތަކުގައި ހުންނަކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، މިދިޔަ އަހަރު ދުނިޔޭގެ ބަންކަރިން ޑެލިވަރީ މާކެޓުގެ ހަ ޕަސެންޓް ފޯރުކޮށްދީފައި ވަނީ އެ ކުންފުނިން ކަމަށެވެ.

"އެއީ ދުނިޔޭގެ 230 މިލިއަން ޓަނުގެ ސަޕްލައިއަށް ބަލާއިރު 13 މިލިއަން ޓަނު،" ޖޭ އެންގް ވިދާޅުވި އެވެ.

އެ ރަސްމިއްޔާތުގައި ސައީދު ވިދާޅުވީ ވިޓޯލް ފަދަ ކުންފުންޏަކުން، ރާއްޖެއަކީ މި ސަރަހައްދުގެ ބަންކަރިން ޑެސްޓިނޭޝަނަކަށް ވާނެ ވާހަކަ ބުނުމުން އުފާވާ ކަމަށެވެ.

"ރާއްޖޭގެ ފަޅުތަކުގެ ފުންމިނަކީ ގުދުރަތީ ގޮތުން ރާއްޖެއަށް ލިބިފައިވާ ނިއުމަތެއް" ސައީދު ވިދާޅުވި އެވެ. ރާއްޖޭގައި ގާއިމުކުރާ އިންޓަނޭޝަނަލް ބަންކަރިން ފެސިލިޓީން، ބޭރުން ދާ ބޮޑެތި ބޯޓުތަކަށް ރާއްޖެ އައިސް ތެޔޮ އެޅޭނެ ނިޒާމު ހަމަޖެހޭނެ"

your imageއިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް އަންނަ ޖުލައި މަސް ނިމުމުގެ ކުރިން ފެށޭނެ ކަމަށް ސައީދު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

އިހަވަންދިއްޕޮޅުގައި ބަންކަރިންގެ ހިދުމަތް އަންނަ ޖުލައި މަސް ނިމުމުގެ ކުރިން ފަށާނެ ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް މި މަޝްރޫއު އާ ބެހޭ އިތުރު ތަފްސީލެއް ނުދެއްވައެވެ. އަދި އެ މަސައްކަތް ފެށުމަށް ގާއިމް ކުރާ ވަސީލަތްތަކަށް ހިނގާނެ ހަރަދާއި އެކަމުގައި އެ ކުންފުނިން ހޭދަ ކުރާނެ އަދަދަކާއި އެސްޓީއޯއިން ކުރާނެ ހޭދައެއް އަދި ސާފެއްނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް