ads
ސެކަންޑް ޗާންސް..!؟
( 12 މާރިޗު 2024 އާ ގުޅޭ ) "މި މައުލޫމާތު އޮޅުންފިލުވުމަކީ މި ވަގުތަށް އަހަންނަށް އެންމެ މުހިއްމު ކަންތައް" ޑޭޑްގެ ރާގު ބަދަލުވަމުންދިޔަކަން އަހަރެން ފާހަގަކުރީމެވެ. މައްސަލަޔަކީ ކޮބައިހެއްޔެވެ؟

ވެގެން މިއުޅެނީ ކިހިނެއް ހެއްޔެވެ؟ އަހަރެންގެ ދަރިއަކަށް ޕްރީޝާ ބަނޑުބޮޑީކަމަށް ޑޭޑްއަށް ހީވަނީ ހެއްޔެވެ؟ އަހަރުމެންގެ ގުޅުން ކޮންމެ ލެވެލްއަކަށް ގެންދިއަޔަސް އެއީ އަހަރެންގެ މައިންބަފައިނާ ބެހޭކަމެއް ނޫނެވެ. އެކަމަކު މިފަހަރު ޖަވާބު ދޭނަމެވެ.

"ނަތިންގ ޔެޓް!" ވިސްނާލާފައި އަހަރެން ބުނީމެވެ.

"ރަގަޅު"

"ރަގަޅު..؟  މާނައަކީ ކޮބާ..؟" ވާނުވާއެއް ވިސްނާލަންވެސް އަހަންނަށް ނޭގުމުން ސުވާލު އުފެދިފައި ބަލައިލެވުނީ ޑޭޑްއާއި ދިމާއަށެވެ.

"ސީދާ ޕޮއިންޓަށް ވާހަކަ ދައްކަމާހިނގާ ދޯ..! ޔޫ އާރ ގެޓިން މެރިޑް..! ދާދި އަވަހަށް ނާދިފްގެ ކައިވެނިކުރުމަށް އަހަރެން ނިންމައިފިން" ޑޭޑް ބުނެލިއެވެ. ހާސްކަމެއް ނެތި ހަމަޖެހިލާފައި ބުނެލިއެވެ.

"ވަ ޓް.. ދަ...؟؟؟!!" ހިތްހަމަނުޖެހުމާއި ނުރުހުންތެރިކަމާއެކު ބުނެލަމުން އަހަރެން ކޮޅަށް ތެދުވެ މޭޒުމަތީގައި ދެއަތުން ޖެހީމެވެ. 

"ޑޭޑް .. އަހަރެންގެ ލޯބިވެރިޔަކު އެބަހުރި! ޑޭޑް މެންނަށް ނުފެންނަނީތަ އަހަރެން ދެކެ ޕްރީޝާ ލޯބިވާ މިންވަރު..؟ އަހަރެންވެސް އިންތިހާއަށް ޕްރީޝާދެކެ ލޯބިވަން.." ހަރުކަށިކަމާއެކު  ހަރުއަޑުން އަހަރެން ބުނެލީމެވެ.

"އޯހ ޕްލީޒް....! އަދި ބުނަންތަ؟ އަހަރެން މިއައީ ނާދިފްކުރެން އަހާކަށް ނޫން.. އަހަރެން މިބުނަނީ ނާދިފް ޖެހޭނީ އޭނާއާއި މި ކައިވެނި ކުރާށޭ..!"

"އޭނާ އާއ...؟؟"

"މިޒްރާ.."

"ވަ ޓް.. ނޯ.. ނުވާނެ ތިކަމެއް" އަހަރެންގެ ޓެމްޕަރޭޗަރ ދިޔައީ މައްޗަށް އަރަމުންނެވެ.

"އޯ ޔެސް! ޝީ އިޒް ޕަރފެކްޓް..! ގައިގައި ތަތްކޮށްގެން ތިގެންގުޅޭ 'ސްޓިކީ މާޝްމެލޯ'އަށް ވުރެން ހުރިހާ ގޮތަކުންވެސް މިޒްރާ ފުރިހަމަ" ފަޚުރުވެރިކަމާއެކު ޑޭޑް ބުނެލިއެވެ.

"ނަމަކީ، ޕްރީޝާ! އަހަރެންގެ ލޯބިވެރިޔާގެ ނަމަކީ ޕް ރީ ޝާ" ދަތްކުނޑިވިކާލާފައި އަހަރެން ބުނީމެވެ.

"ވަޓް އެވަރ...! އަދި ބުނަން... ހަގީގަތުގައިވެސް ހީކުރަނީތަ އޭނާ އެއުޅެނީ  ލޯބިންކަމަށް.. ނޫން.. ކުޑަކޮށްވެސް ނާދިފް ދެކެ އޭނާ ލޯތްބެއް ނުވޭ.. އެންމެންނަށްވެސް އެނގޭ ނާދިފްގައިގައި ތަތްކޮށްލައިގެން އޭނާ އެއުޅެނީ ކީއްވެގެން، ކޮން މަގުސަދެއްގައިކަން..! ވަގުތު ފާއިތުވުމުގެ ކުރީން މިކަމަށް ވިސްނާ، ތީގެ ތެރެއިން ސަލާމަތްވޭ.." ނަފްރަތާއި ރުޅިވެރިކަމާއެކު ޑޭޑް އިންޒާރުދިނެވެ.

"ޑޭޑް.. އަހަރެން މިޒްރާއާއި ކައިވެންޏެއް ނުކުރާނަން.. އެކަމަށް މަޖުބޫރެއްވެސް ނުކުރެވޭނެ" އަހަރެންވެސް ގޮތުގައި ހިފައްޓާލާނަމެވެ.

"ޔެސް ޔޫ އާރ.. ! މިޒްރާ މި ކައިވެންޏަށް އެއްބަސްވެއްޖެ! މިކަން ދެން ނާދިފްއަކަށް ނުހުއްޓުވޭނެ.." ޑޭޑްގެ ޖުމުލައާއެކު އަހަރެންގެ ކަންފަތުން ހޫނުއުދާސް ނިކުންނާން ފެށިއެވެ.

"ނުވާނަން އެއްބަހެއް..! ތި ކައިވެންޏެއް ނުކުރާނަން" ސީދާ ޑޭޑްގެ ލޮލަށް ބަލަމުން އަހަރެން ބުނީމެވެ.

"މި ކައިވެންޏަށް އެއްބަސް ވަންޏާ ވާންވީ.. ނުވަންޏާ ތި ހުރި މަގާމު އަތުލައި، މި ކޮމްޕެނީން ބޭރުކޮށް، އަހަރެންގެ ގެއިންވެސް ނެރެލާނަން.. އޭގެ ފަހުގައި ' ސްޓިކީ މާޝްމެލޯ' ގޮވައިގެން އުޅޭނެތާކު އުޅެން ދާންވީ..! އޯހް! އަދި ބުނަން..! މި ބުނިކަންކަން ނާދިފްގެ ކިބައިން އަހަރެން ނިގުޅައިގަތީމައި،  އެންމެ ސިކުންތަކުވެސް އޭނާ ނާދިފްއާއެކު ނުހުންނާނެ..! ސަބަބަކީ .. އޭރުން ނާދިފްގެ އަތުގައި ފައިސާއެއް ނުހުންނާނެ.. މުއްސަނދިކަމެއް ނޯންނާނެ.." ޔަގީންކަމާއެކު ޑޭޑް ބުނެލީ އެއްމިޔަކަނުން ހިނިއައިސްފައެވެ.

"އަހަރެން ދެކެ ޕްރީޝާ ލޯބިވަނީ އަހަރެންގެ މުއްސަނދިކަމުގެ ސަބަބަކުން ނޫން.. އަހަރެންނަކީ ފައިސާވެރިޔަކަށް ވާތީއެއްވެސް ނޫން" އަހަރެންގެ ލޯބި އަހަރެން ދިފާއުކުރީމެވެ.

"ޔޫ ބެޓް އޮން ދެޓް..!؟"

"ޑޭޑް.."


"ވިހި މިނެޓް ފަހުން އެބަ އަންނަން.. ވިސްނާނެ ވަރަކަށް ވިސްނާ.. ' އާން..' ބަސް ނޫނީ އަޑުއަހާކަށް އަހަރެން ބޭނުމެއް ނޫން" ޑޭޑް ބުނެލިއެވެ.

"ޖަވާބު ވަރަށް ސާފު.. ތި ކައިވެނި އަހަރެން ނުކުރާނަން.." އަހަރެން ބުނީމެވެ.

"ވިހި މިނެޓް! އެންމެ ވިހި މިނެޓް..!" ޑޭޑް ބުނެލިއެވެ.

"ޑެމިޓް....!! ގްރރރރރ.. އަހހހހރރރ..." ރުޅި ކޮންޓްރޯލް ނުކުރެވުމުން އަޑުގެ ކޮޅަށް ހަޅޭއްލަވައިގެންފައި އަހަރެންގެ އަތުގައި ޖެހުނު ހުރިހާ އެއްޗެއް ބުރުވާލީމެވެ. ބިއްލޫރިތައް ފުނޑުފުނޑުވެގެން ދިޔަ އަޑު ކެބިންގެ ތެރޭ ގުގުމާލިއެވެ.

"ހަލާކުކުރާ ކޮންމެ އެއްޗެއްގެ މަރާމާތަށް ފައިސާ ދައްކަންޖެހޭނީ އަމިއްލަ ޖީބުން.. އަގުމަގުކުރަން އެކައުންޓްސް ޑިޕާޓްމެންޓަށް އަންގާނަން.. ސޯ.. ހެޕީ ބްރޭކިންގ..!" ފަސް އެނބުރި ބަލާވެސް ނުލާ ޑޭޑް ނިކުމެގެން ހިނގައްޖެއެވެ.

ހެދޭނެ އެއްގޮތެއްވެސް ނެތުމުން އަހަރެންގެ ގޮނޑިއަށް ވެއްޓިގަނެވުނެވެ. ހަމަ އެވަގުތު ކެބިންގެ ދޮރު ހުޅުވުނެވެ.

"ނާދިފް"

"ޕްރީޝާ"

"ސޯ..  ޔޫ އަރ ގެޓިންގ މެރިޑް..؟" ޕްރީޝާހުރީ  ހިނިއައިސްފައިކަންވެސް އަހަންނަށް ފާހަގައެއް ނުކުރެވުނެވެ.

"ނޯ.. އޮބްވިއަސްލީ ނޮޓް.." ގޮނޑިން ތެދުވެ ޕްރީޝާއާއި ދިމާއަށް އަހަރެން ހިނގައިގަތީމެވެ.

"ޕްރީޝާ... އަހަރެން ދުވަހަކުވެސް ޕްރީޝާ ދޫކޮށް ނުލާކަން.. އަހަރުމެންގެ ގުޅުމަށް ހުރަސްއެޅުމުގެ ހައްގު ހަމަ އެކަކަށްވެސް އަހަރެން ނުދޭނަން.." ނުހަނު ލޯތްބާއެކު ޕްރީޝާގެ ގައިގައި އަހަރެން ބައްދާލީމެވެ. ވައިރޯޅިއަކަށްވެސް އެދެމެދަށް ނުވަދެވޭވަރަށް އަހަރެންގެ އަތުތެރޭގައި ޕްރީޝާ ބޮނޑިކޮށްލީމެވެ.

"ނާދިފް..! މެރީ ހަރ!" ޕްރީޝާ ބުނެލިއަޑު އިވުނެވެ.

"ވަޓް..؟" އަހަރެންގެ ގަޔާއި ޕްރީޝާ ދުރުކޮށްލަމުން އަހަރެންނަށް އަހައިލެވުނެވެ.

"ވަރަށް ސީރިއަސްކޮށް އަހަރެން މިބުނީ" ޕްރީޝާ ބުނެލިއެވެ.

"މޮޔަވީތަ..؟" އަހަރެން ސުވާލުކުރުމުން ޕްރީޝާ ހިނިތުންވެލިއެވެ. ވާނުވާ ނޭގިފައި އަހަރެންނަށް ހުރެވުނެވެ.

"ނާދިފް.. ރަގަޅަށް އަޑުއަހާ..! ދުވަހަކުވެސް އަންހެންކުއްޖަކު އިހުސާސްކޮށްފާ ނުވާވަރުގެ ވޭނާއި ކެކުޅުމާއި ނަފްރަތާއި އަނިޔާއިން އޭނާގެ މުޅި ދުނިޔެ އަނދިރިކޮށްލާ..! ވޭނާއި ރިހުމަކީ ކޮބައިކަން އެނާއަށް ތަޖުރިބާ ކޮށްލުވަން މީ އެންމެ ރަގަޅު ފުރުސަތު..! އަހަރެން އަބަދުވެސް އޭނާއަށް ނަފްރަތުކުރަން..! ހަސަދަވެރިވެސް ވޭ...! މިއީ އަހަރެންގެ ވަގުތު..! އަހަރެންގެ ނާދިފްއާއި ވިދިގަތުމުގެ ނަތީޖާއަކީ ކޮބައިކަން ރަގަޅަށް އޭނާއަށް ދައްކާލާ! ދިރިހުރި ނަރަކައެއްގެ ތެރެއަށް އޭނާ ވައްޓާލަން މިފުރުސަތުގެ ބޭނުންކުރަން ހިނގާ! އޭނާގެ ސަބަބުން އަހަރެންގެ ނާދިފް މަގުމަތިވެ، ބިކާރީވުމަށް އަހަރެން ފުރުސަތެއް ނުދޭނަން.." ޕްރީޝާގެ ސިކުނޑީގައި އޮތްގޮތަށް އޭނާގެ ޖުމުލަތައް އަތުރާލިއެވެ.

ޕްރީޝާގެ ޕޮއިންޓް އަދި އޭނާގެ މަގްސަދު ވިސްނާލެވުމުން އަހަރެންގެ ތުންފަތްމައްޗަށް ލާނެއް ހިނިތުންވުމެއް ވެރިވިއެވެ. ޕްރީޝާގެ މަޝްވަރާގައި ކުރިއަށް ދިއުމުން އަމިއްލައަށް ވަރިއަށް އެދުމަށް އޭނާއަށް މަޖުބޫރުވާނެއެވެ. އަހަރެންނަށް ލިބޭނެ ގެއްލުމެއްވެސް އަތުން ބީވާނެ އެއްޗެއްވެސް އޭރުން ނޯންނާނެއެވެ.

"ސްމާޓް.." އެއްމިޔަކަނުން ހީނލަމުން އަހަރެން ބުނީމެވެ.

*********** ވިހި މިނެޓް ފަސް*********

ކެބިންގެ ދޮރު ހުޅުވުނުއަޑަށް އަހަރުމެން ދެމީހުންނަށް އެދިމާއަށް ބަލައިލެވުނެވެ.

"ނޯ...! ނޮޓް އެގެއިން.. ޕްރީޝާ، ބޭރަށް!" ޑޭޑް ބުނެލިއެވެ.

ބޭރަށް ނިކުތުމަށް ޕްރީޝާ މިސްރާބުޖެހި ވަގުތު އޭނާގެ އަތުގައި މިފަހަރު، އަހަރެން ހިފެހެއްޓީމެވެ.

"ޑޭޑް.. މިޒްރާ އާއި ކައިވެނިކުރަން އަހަރެން ތައްޔާރު.." ޖުމުލަ ނުނިމެނީސް ޕްރީޝާ ހިނިތުންވެލައިފިއެވެ.

"ސީރިއަސްލީ...؟؟" ޑޭޑް އަހާލިއެވެ.

ޑޭޑް ހައިރާން ކޮށްލެވިއްޖެކަން އަހަންނަށް ޔަގީންވިއެވެ.

"ކޫލް ދެން...! މިވަގުތުންފެށިގެން  ތައްޔާރީތައް މިފަށަނީ.." ޑޭޑް ބުންޏެވެ.

"އަހަރެންގެ ޝަރުތު އެބަހުރި.." މަކަރުވެރި ހިނިތުންވުމަކާއެކު އަހަރެން ބުނީމެވެ.

...........................

"ބެސްޓީ... އައިސްކްރީމް ބޭނުން..؟" ޒެއިން އަހާލިއެވެ.

"އަހަރެންގެ ބަނޑު ފުރިއްޖެ.. ޒެއިން މާ ގިނައިން ކާންދިނީ..!" އަހަރެން ބުނީމެވެ.

"އާވވވވ..! ކާލާ ކާލާ.. ކޮންމެގޮތެއްވިޔަސް މީގެފަހުން ދެން އަހަންނާއެކު ކެއުމަކަށްވެސް ނާދެވޭނެ ދޯ.. ކައިވެންޏަށްފަހު އަހަރެންކަހަލަ މީހަކާއެކު މިގޮތައް ޑޭޓްތަކަށް ނުފޮނުވާނެނުން..!"  ޑްރާމާގެ ރާގުގައި ޒެއިން ބުނެލިއެވެ.

ޔާﷲ މި ކައިވެންޏަށް ނާދިފް ގެ ނޫން ބަސް ލިބޭނެ ގޮތް މެދުވެރިކުރައްވާށިއެވެ. މިގޮތައް ވަގުތުހޭދަކޮށްލުމަށް ޒެއިން ނޫން ރައްޓެއްސަކު އަހަރެންގެ ނުހުރެއެވެ. މި ކައިވެންޏެއްގެ ވާހަކައިން މުޅި ސިކުނޑި ނުތަނަވަސްވެފައި ހުރި މިގަޑީގައިވެސް މި އެކުވެރިޔާ މިއުޅެނީ ޑްރާމާޖައްސާށެވެ.

"ބުރެއް ޖަހާލަން ދާނަން..؟" ޒެއިން އަހާލިއެވެ.

"ނޫނޭ.. ވަރަށް ބައިވަރު މަސައްކަތް އެބަހުރި.. މިވަގުތު ނެތް  ދެވޭކަށް.." ބުރެއްޖަހަން ނޫނީ ހިނގާލަންވެސް ދިއުމުގެ އެއްވެސް މޫޑެއް އަހަރެންގެ ނެތެވެ.

"ހިނގާބަލަ.. މާ ދުރަކަށް ނޫނޭ..  ލަސްނުވެ އަންނާނީ.." ޒެއިން މަސައްކުރަމުން އެދަނީ އަހަރެންގެ މޫޑް ރަގަޅުކުރަންކަން އަހަންނަށް ޔަގީންވިޔަސް، މިވަގުތު އަހަރެންގެ ހިއްވަރެއް ނެތެވެ.

"އޯހ.. ޒެއިން.. ބާސްކިން ރޮބިންސްގެ ކޮޓްން ކޭންޑީ އައިސްކްރީމްއެއް ގެނެސްދެއްޗޭ.. ޕްލީޒް.. ޕްލީޒް.." އައިސްކުރީމް އެއީ އަހަރެންގެ މިފަދަ މޫޑީ ވަގުތުތަކުގައި ކިހާ މުހިއްމު އެއްޗެއްކަން އެނގޭނީ ހަމަ އެންމެ ދެ އިންސާނުންނަށެވެ. އެއިގެ ތެރެއިން ޒެއިން ނޫން މީހަކު މިހާރު އަހަރެންގެ ނެތެވެ.

"އޯހހ.. މެޑަމް ހޯމް ޑެލިވެރީ ދޯ ބޭނުންވަނީ.. ނޫނޭ.. ނޫނޭ.. މިއަދަކު ތި ޚިދުމަތެއް ލިބޭކަށް ނެތް.." ޒެއިން ބުނެލިއެވެ.

"ޒެއިން .... ޕްލީޒް.." އަހަރެންގެ ތުންފަތް އޫ ކޮށްލާފައި ދެރަވާގޮތް ދައްކާލީމެވެ.

"އޯކޭ އޯކޭ.. ތިމޫނު ނުދެއްކިޔަސް އޯކޭ.. ގެނެސްދޭނަން.." ޒެއިންގެ އެންމެ ލޯބި ސިފައަކީ އެއީއެވެ. އަހަރެންގެ މޫނުމަތީން ކުޑަވެސް ހިތާމައެއް ނުވަތަ ދެރަވުމުގެ އަލާމާތެއް ދެކެންވެސް ޒެއިން ބޭނުމެއް ނުވާނެއެވެ.

"ތޭންކްސް.." ހިނިތުންވެލާފައި އަހަރެން ބުނީމެވެ.

އެއާއެކު އަހަރުމެން ދެމީހުންވެސް އަހަރުމެންގެ މަންޒިލަށް މިސްރާބު ޖެހީމެވެ.


ނުނިމޭ

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް