ads
ސެކަންޑް ޗާންސް..!؟
( 11 މާރިޗު 2024 އާ ގުޅޭ ) ސަރގެ ދެއަތުގައި މަޑުމަޑުން އަހަރެން ފިރުމާލީމެވެ. ބައްޕައެއްގެ ހިތުގެ ރިހުމާއި އާދޭހުން އަހަރެންގެ ހިތް ރޮއްވާލިއެވެ. މިކަމަށް އެއްބަސްވުން ނޫން އެހެން އެއްގޮތެއްވެސް އަހަރެންނަށް ނެތެވެ. ފުން ނޭވާއެއްލާފައި ސަރގެ މޫނަށް އަހަރެން ބަލައިލީމެވެ. ހަގީގަތާއި ކުރިމަތިލާން ޖެހޭތީއެވެ. މަޖުބޫރެވެ! ވެވިފައި ވަނީ ވަޢުދެކެވެ. ކުރެވިފައިވަނީ ހުވައެކެވެ. ނަގާފާނެ ރާޅެއްގެ ބޮޑުކަން ވިސްނާލެވިފައި ނެތުމުންނެވެ.

"ސަރ.. މި ކައިވެންޏަށް އޭނާ ދުވަހަކުވެސް އެއްބަސް ނުވާނެ..!" އަހަރެން ބުނީމެވެ. 

"ތިކަން އަހަރެންނަށް ދޫކޮށްލާ..!  ބުނެބަލަ..! ވިލް ޔޫ މެރީ ހިމް މިޒްރާ..؟"

ހިނިތުންވަމުން އަހަރެން ބޮލުން އިޝާރާތްކޮށްލީމެވެ. މިނޫން އެހެން އެއްވެސް ގޮތެއް ނެތެވެ. 

"ގުޑް ގަރލް..!" ކޮނޑުގައި މަޑުމަޑުން ދެއަތުން ޖަހާލަމުން ސަރ ބުންޏެވެ. 

ކެބިންގެ ދޮރުން ސަރ ބޭރަށް ނިކުތުމާއެކު އަހަރެންގެ ގޮނޑިއަށް ވެއްޓިގަނެވުނީ ސިކުނޑިއަށްވުރެން ހަށިގަނޑު ބަރުވެގެން ނުވަތަ ހިފަހައްޓާލަންޖެހުނު ނޭވާގެ ފުންކަމުންކަން ނިންމާކަން ނޭގުނެވެ. 

"ހުރިހާ ކަމެއް ވެގެން މިދިޔައީ ކުޑަކުޑަ ހިނދުކޮޅެއްގެތެރޭގައި.. ކައިވެނި ކުރަން މިޖެހުނީވެސް ހަމަ ކުއްލިޔަކަށް... އަދި އެވެސް... ގްރރރރރރރގގގގހހހ..." ނިއްކުރީގައި ބާރަށް ހިފަހައްޓާލަމުން އިންޓަކަމްއިން އަހަރެން ގުޅާލީ ޒެއިންއަށެވެ. 

"ޒެއިން.. އަހަރެން މިއޮއް މޮޔަވަނީ.. ހަމަ މިވަގުތު މި ކެބިންއަށް..." ޖަވާބަކަށް މަޑުކުރުމުގެ ޝައުގެއްނެތެވެ. 

ފަސްމިނެޓް ހަމަނުވަނީސް  ޒެއިން ހުރީ ކެބިންތެރޭގައެވެ. 

"ކިހިނެއްވީ ބެސްޓީ..؟" 

"ޒެއިން... އިނގޭތަ..! އަބަދުވެސް ޒެއިން ބުނަނީ ރަގަޅަށް.." އަހަރެން ބުނީމެވެ. 

"އައި އެމް އޯލްވޭސް.." އަމިއްލަ ކޮނޑުގައި އަތްޖަހާލަމުން ޒެއިން ބުންޏެވެ. އަހަރެންގެ މޫނަށް ވައްތަރެއް ޖައްސާލެވުނީ ގަސްތަކު ނޫނެވެ. 

"ނޮޓް ފަނީ.." 

"ވަޓްސް ކުކިންގ.." އަހަރެންގެ މޭޒުމަތީގައި ހުރި ފެންތަށި ނަގަމުން ޒެއިން ބުނެލިއެވެ. 

"ކައިވެނި.." 

"ވަ..ޓް.؟ ކާކުގެ..؟" މުޅި ތަނަށް އަނގައިގަހުރި ފެންތައް ބުރުވާލަމުން ޒެއިން އަހާލީ ދެލޯ ބޮޑުކޮށްލާފައެވެ. 

އިށީންދެ އިން ގޮނޑިން އަހަރެން ތެދުވީމެވެ. 

"އަހަރެންގެ.."

"ކައިވެނި ކުރާމީހަކީ ކާކު؟" 

"ޝައްޔާން ދީދީ ސަރގެ ދަރިފުޅު" އަހަރެން ބުނީމެވެ.

"ވަ..ޓް..؟" ޒެއިންނަށްވެސް ގަބޫލެއް ނުކުރެވުނެވެ. 

ޝައްޔާން ސަރއާއި އަހަރެންނާއި ދެމެދު ދެކެވުނު ހުރިހާ ވާހަކައެއް ޒެއިންއަށް އަހަރެން ކިޔައިދިނީމެވެ. އަޑުގެ ނެތްތަނަށް ޒެއިން ހޭންފެށުމުން އަހަރެންގެ ދެކަންފަތުން ހޫނު ނިކުންނާން ފެށިއެވެ. ރުޅިގަދަވަނީކަން ޔަގީނެވެ. ނުވާންވީ ސަބަބެއްވެސް ނެތެވެ. 

"ވަޓްސް ސޯ ފަނީ" ދެބުމަ ގޮއްޖަހާލާފައި އަހަރެން ބުނީމެވެ.

"ލައިކް، މިޒްރާ..! އީޗް ޓައިމް.. ކޮންމެ ދިމާލަކުންވެސް މިޒްރާ.. ކީއްވެ؟.. ކިހިނެއް؟" އުނަގަނޑުގައި ދެއަތް ވިއްދާލަމުން ޒެއިން ބުނެލިއެވެ. 

އެބުނި އެއްޗަކާމެދު އިއުތިރާޒް ކުރެވޭކަށް ނެތެވެ. ދިމާވާ ކޮންމެ ކަމެއްގައި، ކޮންމެ މައްސަލައެއްގައި ސީދާ ނުވަތަ ނުސީދާކޮށް އޮންނަނީ  އަހަރެންނާއި ގުޅިފައެވެ. 

"ނޭގެ.. ބުނާނެ އެއްޗެއް..! ހަމަ ނޭގެ..! އެކަމަކު މިފަހަރު މިއޮތީ ބާރު ނުފޯރުވޭ ހިސާބުގައި.. ހެދޭނެ އެއްގޮތެއްވެސް ނެތް" ހާސްވެ ކަންތައް ބޮޑުވުމުން އަހަރެން ބުނީމެވެ. 

"ހަމަޖެހޭ..! ކައިވެންޏަށް މިޒްރާ އާނއެކޭ ބުންޏަސް، އޭނާ އާނއެކޭ ބުނާކަށް ނުޖެހޭ ދޯ... ނުވެސް ބުނާނެ ދޯ" މޮޅު ޚިޔާލެއްކަމަށް ބަލާފައި ޒެއިން ބުނެލިއެވެ.

"އައި ހޯޕް ސޯ" އިތުރަށް ބުނާނީ ކީކޭ ހެއްޔެވެ؟

.................................

"އާއވްވވ.. ދެޓް ވެކޭޝަން..! ކިތައް ފައިލް ނުނިމި މިއޮތީ.. ހުރިހާ މަސައްކަތެއް ފުނިޖެހިފައި" އަހަރެންގެ ކެބިންގެ ސޯފާސެޓްގައި އިށީނދެލައިގެން އިން އަހަރެންގެ ގާރލްފްރެންޑްއަށް ބަލާލާފައި އަހަރެން ބުނީމެވެ. 

"އޯހހހ ... ހާސްކަނޑާލާ! އިޓް ވޯޒް ފަން! ތި ފައިލްސް ތައް ކޮންމެހެން މިވަގުތައް ނުނިންމިޔަސް ލިބޭނެ ގެއްލުމެއް ނޯންނާނެ.. އެހެން ނޫނަސް، ތިވަރުގެ ކުޑަކަމެއް ކޮއްލާނެ މުވައްޒަފުން މިކޮމްޕެނީގައި ނެތީ..؟" އޭނާ ސުވާލުކުރިއެވެ.

"މި ހުރިހާ ފައިލްއެއް ނިންމާފަ އަހަރެން ޖެހޭ މަޤްޝޫރާއަށް ހަވާލުކުރަން.. އެހެންނޫނީ އަހަރެން ރޮލުން ކާނެ" ފޫހިކަމާއެކު އަހަރެން ބުނީމެވެ.

އަހަރެންގެ މަންމައަށް އޭނާގެ ނަމުން މުޚާތަބު ނުކުރާތާ ހަތަރު އަހަރެއްހާ ދުވަސްވެދާނެއެވެ. އެއީ ފުރަތަމަ އިންޓަނޭޝަނަލް ކޮންސަރޓްއަށް ހުރަސްއެޅި ދުވަހުން ފެށިގެންނެވެ. އޭގެފަހުން އޮޅިގެންވެސް މަންމާއޭ ކިޔާފައި އަހަރެން ގޮވާލި ދުވަހެއް ހަނދާނެއް ނެތެވެ.  އަހަރެން އެންމެ ގަޔާވާ އަދި އެންމެ ކުރާ ހިއްވާ މަސައްކަތައް ފާޅުގައި ހުރަސްއަޅާ، ބައްޕަގެ ވިޔަފާރީގައި އަހަރެން ޝާމިލްކުރުވަން މަޖުބޫރުކުރުވާ މައްސަލާގައި މަޤްޝޫރާއާއި ދެކޮޅަށް ނުވަތަ 'މަންމަ'އަށް ނަފުރަތު ކުރުމުގައި އެންމެ ބޮޑަށް އަހަރެންނަށް ހިތްވަރުދެނީ މަގޭ ގާރލްފްރެންޑް އަދި އަހަރެންގެ އެހެން އެކުވެރިންނެވެ. 

"ޗިލް.." ޚިޔާލްގެ ތެރެއިން އަހަރެންނަށް ނިކުމެވުނީ އަހަރެންގެ ލޯބިވާގެ އަޑަށެވެ. އިޝްގީ ގޮތަކަށް ހިނގާލާފާއި އަހަރެން ކައިރިއަށް އައިސް އޭނާއާއި ދިމާއަށް އަހަރެންގެ ގޮނޑި އަނބުރާލިއެވެ.

"ޕްރީޝާ.." އަހަރެން ބުނެލިމެވެ. 

ކުރިއަށްވުރެންވެސް ގާތްވެލާފައި އަހަރެންނާއި ދިމާއަށް ގުދުވެލިއެވެ. ޕްރީޝާގެ ދިގު އިސްތަށިގަނޑު އަހަރެންގެ މޫނުމައްޗަށް ވިހުރެލިއެވެ.   

"ނާދިފް"

ޕްރީޝާގެ ދިގު އިސްތަށިގަނޑުން މޫނުމައްޗަށް ހުރަސްއެޅެމުންދިޔަ ބައެއް އިސްތަށިތައް އޭނާގެ ކަންފަތް ކާއިރިއަށް ލައްވާލައި ތަރުތީބުކޮށްލީމެވެ. ހިނިތުންވުމާއެކު އަހަރެންގެ މޫނަށް ޕްރީޝާ ބަލައިލިއެވެ. 

"ބޭބީ.. މީހަކު ބުނީތީ، ނޫނީ ވަކި ބަޔަކު ބޭނުންވާތީ އެމީހުން ބުނާ ކަހަލަ މީހަކަށް ވާން މަސައްކަތްކުރާކަށް ނުޖެހޭނެ.. އެ އިހްތިރާމް އެމީހުންނަށް ހައްގެއްވެސް ނޫން.. އޯކޭ؟" އަހަރެންގެ މޫނަށް ބަލައިލަމުން ޕްރީޝާ ބުނެލިއެވެ. 

"ހޫމްމްމްމްމމ.." އިސްޖަހާލަމުން އަހަރެން ބުނީމެވެ. 

އަހަރެންގެ ދަތްދޮޅި މަޑުމަޑުން އުފުލާލަމުން އަހަރެންގެ އުނގުގައި ޕްރީޝާ އިށީނެވެ. 

އަހަރެންނާއެކު އެކަހެރިވާ ކޮންމެ ވަގުތެއްގައި ޕްރީޝާގެ މޫނު ރަތްކުލައިން އުޖާލާވެގެންދާ މަންޒަރު އަހަރެންގެ ހިތުގެ ވިންދު އަވަސްކޮށްލައެވެ. އަހަރެންނަށް އެންމެ ބޮޑަށް އަޅާލާ، އެންމެ އޯގާތެރި ހަމައެކަނި މީހަކީ ޕްރީޝާކަން އަހަރެންގެ ހިތުގެ އެންމެ އަޑީން ގަބޫލުކުރަމެވެ.

އަހަރެންގެ މައިން ބަފައިން ޕްރީޝާއަށް ނަފްރަތުކުރަންޖެހޭ ސަބަބަކީ ކޮބައިކަމެއް ނުވިސްނެއެވެ. އަހަރެންނާއި ދާދި ގާތުގައި މިކޮމްޕެނީގައި ޕްރީޝާ ވަޒީފާއަދާކުރަން ބޭނުންވެގެން އަހަރެން އާދޭސް ކުރުމުންވެސް އެމީހުން އެކަމަށް ހުއްދައެއް ނުދިނެވެ. އަހަރެންނަށް ކޮމްޕެނީގައި ލިބިފައި އޮތް ބާރުގެދަށުން އެކަން ކުރާންއުޅުމުންވެސް އެކަން ހުއްޓުވީއެވެ. 

އަހަރެންގެ ކަނދުރާގައި ޕްރީޝާ ބައްދާލިއެވެ. އޭނާގެ އުނަގަނޑުގައި ހިފާލާފައި ކުރިއަށް ވުރެވެސް އަހަރެންނާއި ގާތްކޮށްލީމެވެ. 

"އައި ލަވް ޔޫ" ޕްރީޝާ ބުނެލިއެވެ. 

ޖަވާބު ދިނުމަށްޓަކައި އަހަރެންގެ އަނގަ ހަރަކާތްކޮށްލިވަގުތު ދޮރުގައި ޓަކި ޖަހާލިއަޑު އިވިގެން ބަލާލެވުނެވެ. ކުއްލިޔަކަށް ފުންމައިގެން ތެދުވެ ޕްރީޝާގެ ކުރު ހެދުން އޭނާ ރަގަޅުކޮށްލިއެވެ.

"ނާދިފް"

"ޑޭޑް..؟"

ދޮރުމަތީގައި ހުއްޓެހުރެލާފައި ޑޭޑް އެތެރެޔަށް ވަދެ، ޕްރީޝާއާއި ދިމާއަށް ބަލައިލިއެވެ. 

"އަހަރުމެން ދެބަފައިންނަށް ދެމިނެޓެއްހާއިރުގެ ވަގުތުކޮޅެއް ދެވިދާނެ..؟" ޑޭޑް އަހައިލިއެވެ.

ބަހެއްވެސް ބުނެނުލާ ޕްރީޝާ ބޭރަށް ނިކުތެވެ. 

ޕްރީޝާ ނިކުމެ، ދޮރުލެއްޕިކަން ޔަގީންވުމުން ޑޭޑް އަހަންނާއި ދިމާއަށް އެނބުރެލިއެވެ. 

"ސޯ... މިސްޓަރ ނާދިފް! މަސައްކަތްތައް ކިހިނެއް؟" ޑޭޑް އަހާލިއެވެ.

"ނައިސް" އަހަރެން ބުނީމެވެ. 

"މޭޒްމަތީން ހާދަ ފައިލެއް އެބަފެނެޔޭ..!" ހަގީގަތް އެނގިހުރެ ޑޭޑް ބުންޏެވެ.

"ޔާ..! ދެޓް...! އޭގެ... މަސައްކަތްތައް... ކުރަންފަށައިގެން... ކުރިއަށް ... އެބަގެންދަން.." ނުހަނު އުނދަގުލުން އަހަރެންގެ ޖުމުލަ ފުރިހަމަކޮށްލީމެވެ. 

"އަ ވެކޭޝަން..!؟" އެއްބުމަ މައްޗަށް ހިއްލާމުން ޑޭޑް އަހައިލިއެވެ.

"ކޮން ކަމެއް ތިއީ ޑޭޑް؟ ކީކޭ ކިޔަން ތިއުޅެނީ..؟" އަހަރެން ހިތްހަމަނުޖެހުނެވެ. 

އަހަރެންގެ މޭޒާއި ގާތަށް ޖެހިލާފައި ޑޭޑް ވާހަކަދެއްކިއެވެ. މޫނުމަތީގެ ސީރިއަސްކަން މީހަކު ބުނެދޭކަށް ނުޖެހެއެވެ. 

"ވެގެން އުޅޭ ގޮތަކީ ނުވަތަ މައްސަލައަކީ ސީ އީ އޯގެ މަގާމުގައި ހުރެފައި އިރުއިރުކޮޅާ އަންގާލުމެއް ނުވަތަ ބުނެލުމެއްވެސް ނެތި ކުއްލި ކުއްލިއަށް ނާދިފް ގެއްލުން..! މިވާހަކަ ތަކުރާރުކޮށް ދެއްކުމުގެ ބޭނުމެއްވެސް ނެތް.. ގަބޫލެއް ނުކުރެވޭތަ، އެހެން މީހެއްގެ ފަރާތުން ބައެއްކަންކަން ނުވަތަ ބައެއްކަހަލަ ފިލާވަޅުތައް ދަސްކުރަން އެބަޖެހޭކަމަށް..؟" ޑޭޑް ބުނެލިއެވެ. އަހަރެން ހިތްހަމައެއް ނުޖެހުނެވެ.

"އެކްސްކިއުޒް މީ..؟" އަހަރެންގެ ދެބުމަ ގޮއްޖަހާލެވުނެވެ. 

"މިޒްރާ..! ރެއާއި ދުވާލު އެދަނީ އިންތިހާ ބުރަ މަސައްކަތްތައް ކުރަމުން.. އެކަމަކު ނާދިފް..! އިރުއިރުކޮޅުން ވެކޭޝަންސް.. ކިހައި ބޮޑެތި ގެއްލުންތަކެއް ކޮމްޕެނީއަށް ލިބެމުންދާކަށް އަންދާޒާކުރެވޭތަ؟" ޑޭޑްގެ އަޑު ގަދަވިއެވެ. 

"ދިއުމުގެ ކުރިން ދެން ޗުއްޓީއަށް އެދޭނަން" އަހަރެން ބުނީމެވެ.

"ތިވަރު ހިތައްއެރީތީވެސް އަލްހަމްދު ލިއްލާހި" ޑޭޑްގެ ޖުމުލައިގައި މަލާމާތް އެކުލެވުނެވެ. 

އަހަރެންގެ މޭޒުމަތީފައި ފުނިޖަހާފައިވާ ފައިލްތަކަށް އަހަރެން ބަލާލީމެވެ. ލަދުވެތިކަން އިހްސާސްކުރެވުނުކަން ގަބޫލުކުރާކަށް ބޭނުމެއްނޫނެވެ. 

"މިވަގުތުން ފެށިގެން މަސައްކަތައް އިތުރަށް ފޯކަސްކުރޭ.. އިރުއިރުކޮޅާ ތިގޮތަށް ތަންތަނަށް ފުރަފުރައިގެން ނުދެވޭނެ.. މިހާރަށްވުރެން ޒިންމާދާރުވާން ދަސްކުރަން އެބަޖެހޭ.." ޖުމުލަ ނިންމާލަމުން އަހަރެންގެ ކުރިމަތީގައި ހުރި ގޮނޑީގައި ޑޭޑް އިށީނެވެ. ވާހަކަ މިހިސާބުން ނިމުނީ ނޫންކަން ޔަގީންކުރެވުނެވެ. 

"ހޫމްމްމްމމ" މާނައެއް ނެތް ޖަވާބެއް އަހަރެން ދިނީމެވެ. 

"އަހަރެން އޮޅުންފިލުވަންޖެހޭ ވަރަށް ބޮޑު ކަމެއް އެބައޮތް" ޑޭޑް ބުނެލިއެވެ.

"ހޫމްމްމްމ" ކުރިން ދިން ޖަވާބު އަހަރެން ތަކުރާރުކޮށްލީމެވެ. 

"ހައު ފާރ ހޭވް ޔޫ ގޯން.. އުމްމްމ.. ވިތް .. ޕްރީޝާ..؟" 

ސިއްސައިގެން ގޮސް، ސުވާލުގެ ނަޒަރަކުން ޑޭޑްއާއި ދިމާއަށް އަހަންނަށް ކުއްލިޔަކަށް ބަލައިލެވުނެވެ. 

"ސުވާލު ތި ކުރެވެނީ އަހަރެންގެ އަމިއްލަ ޒާތީ ކަންކަމާ ނޫންތަ؟" 

އަހަރެންގެ ނާރުތައް ފުފިގެން ދިޔައެވެ. ބެހެންނުޖެހޭ އަދި ސުވާލުކުރެވިގެންވެސް ނުވާނެ ކަންކަމުގެ ތެރެއަށް މައިންބަފައިން  ވަންނަންޖެހޭ ހެއްޔެވެ؟ ހަމަ ކުއްލިޔަކަށް މިވަރުގެ ބޮޑު ސުވާލެއް ކުރިމަތިކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟ އަހަރެންނާއި ޕްރީޝާގެ ގުޅުމަށް ޑޭޑް ޝައުގުވެރިވީ ކޮން އިރަކު ހެއްޔެވެ؟!

"ޓެލް މީ" އިތުރަށް ޑިމާންޑް ކޮށްލިއެވެ.  

"ޑޭޑް؟؟"

ނުނިމޭ

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް