ads
ވޮލީގެ ކޮންގްރެސްގެ ތެރެއިން
ވޮލީ އިންތިހާބު ފަސްކޮށްފި
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބީ ކޮންގްރެސް ފަސްކޮށް، އަސާސީ ގަވާއިދާ އެއްގޮތަށް މި މަހުގެ 19 ވަނަ ދުވަހު އިންތިޚާބު ބާއްވަން ނިންމައިފިއެވެ.

ވޮލީ އެސޯސިއޭޝަނުން މި މަހުގެ ކުރީކޮޅު ބޭއްވި ވީއޭއެމުގެ ހިންގާ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އިންތިޚާބީ ކޮންގްރެސް މި މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައެވެ. އެހެންނަމަވެސް ބައެއް ކަންކަން ފުރިހަމަވެފައި ނެތުމުން، ސްޕޯޓްސް  ކޮމިޝަނަރުވަނީ އެ އެސޯސިއޭޝަނުގެ އިންތިޚާބުގެ ކަންކަން ކުރިއަށްގެންދިޔުމާ ގުޅޭގޮތުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް ކައުންސިލް ހިމެނޭ ގޮތަށް ހިންގާ ކޮމިޓީއާއެކު ބައްދަލުވުމެއް ހަމަޖައްސައި، ގޮތްތަކެއް ނިމެންދެން އިންތިޚާބުގެ ކަންކަން މަޑުޖައްސާލުމަށް އެދިފައެވެ.

މި އެންގުމާއެކު، ރޭ އޮތް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވަނީ ހަތަރު ދުވަހަށް އިންތިޚާބު ފަސްކޮށް، މި މަހުގެ 19 ވަނަ ދުވަހު އިންތިޚާބު ބޭއްވުމަށް ބައިވެރި މެންބަރު ކުލަބުތަކުގެ އަގުލަބިއްޔަތުން ފާސްކޮށްފައެވެ.

ވޮލީ އިންތިޚާބުގައި އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވާ ހަމައެކަނި ބޭފުޅަކީ ކުރީގެ ރައީސް މުޙައްމަދު ލަތީފެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް