ads
ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް
ވޮލީ އިންތިހާބު އިހަށް ނުބާއްވަން އޮތީ އަންގާފައި
ވޮލީ އެސޯސިއޭޝަންގެ އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް އިއުލާން ކުރީ، އެ އިންތިހާބުގެ ކަންކަން މަޑުޖައްސާލަން ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް އަންގާފައި ވަނިކޮށްކަން ހާމަވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ވީއޭއެމްގެ އިންތިހާބުގެ ކަންކަން މަޑުޖައްސާލަން ސްޕޯޓްސް ކޮމިޝަނަރު މުހައްމަދު ތޮލާލް އަންގާފައިވަނީ އިންތިހާބު އިއުލާން ކުރިތާ ދެ ތިން ދުވަސް ފަހުންނެވެ. 

ވީއޭއެމްގެ އިންތިހާބު، މި މަހު 15 ގައި ބޭއްވުމަށް އިއުލާން ކުރީ މި މަހު ތިންވަނަ ދުވަހު އެވެ. އޭގެ ތިން ދުވަސް ފަހުން، ސްޕޯޓްސް ކޮމިޝަނާ މތޮލާލް ސޮއިކޮށް، ވީއޭއެމްއަށް އަންގާފައި ވަނީ އިންތިހާބާ ގުޅިގެން އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް ކައުސިލުން، ވީއޭއެމްގެ މިހާރުގެ އެކްސްކޯއާ ބައްދަލުކޮށް ގޮތްތަކެއް ހަމަޖެހެން ދެން އިންތިހާބުގެ ކަންކަން މަޑުޖައްސާލުމަށެވެ.

ނަމަވެސް، އެ އެންގުމަށް ވީއޭއެމުން އިޖާބައެއް ނުދީ، އިންތިހާބީ މަސައްކަތް ދިޔައީ ކުރިއަށެވެ. އެކްސްޓްރާ އޯޑީނަރީ ކޮންގްރެސްއެއް ބާއްވަން، ވީއޭއެމުން މިހާރު އޮތީ އިއުލާންކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް