ads
11 މާރިޗު 2024: ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއެއްގައި ދިވެހި ކަރާ - ފޮޓޯ: ސީއެންއެމް
ރޯދަމަހުގެ 01 ވަނަ ދުވަސް: ބާޒާރުގެ ކަރާ ތިޔާގިވެ، އަގު ދަށަށް!
ރޯދަ މަހުގެ ފުރަތަމަ ދުވަހު ބާޒާރުގައި ކަރާ ތިޔާގިވެ އަގުތައް ދަށްވެއްޖެ އެވެ.

ބާޒާރުގައި މިހާރު ދިވެހި ކަރާ ކިލޯއެއްގެ އަގުތައް ހުރީ 16 ރުފިޔާއަށެވެ. އަދި ކުރިން 20 ރުފިޔާއަށް ލިބެން ހުރި އިންޑިއާ ކަރާގެ އަގު ވަނީ 14 ރުފިޔާއަށް ތިރިވެފަ އެވެ. ބާޒާރަށް ތޮއްޑޫއިން ގިނަ އަދަދަކަށް ކަރާ ގެނެސް ދަނީ ވިއްކަމުންނެވެ.

ބާޒާރުގައި ތޮއްޑޫ ކަރާގެ އަގު ވެސް މިއަދު ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ. އެގޮތުން ބާޒާރުގެ ބައެއް ގޮޅިތަކުން ތޮއްޑޫ ކަރާ ކިލޯއެއް 18 ރުފިޔާއަށްވެސް ލިބެން އެބަ ހުއްޓެވެ. އެންމެ އަގު ބޮޑުކޮށްވެސް ކަރާ ކިލޯއެއް ހުރީ 25 ރުފިޔާއަށެވެ.

"ކަރާ އެބަ ލިބޭ ބޯކޮށް، މިއަދުވެސް އާ ކަރާ ލިބިއްޖެ، މިހާރު މިތާވެސް އެބަހުރި ޓަނަކަށްވުރެ ގިނަ ކަރާ،" ދަތުރުވެރިންގެ މާރުކޭޓުގައި ކަރާ ވިއްކާ ވިޔަފާރިވެެރިއަކު ބުންޏެވެ.

"ސީއެންއެމް" އާ ވާހަކަ ދެއްކި އެހެން ވިޔަފާރިވެރިޔަކު ބުނި ގޮތުގައި ގޭބިސީ ތަކަށް ގަންނަ ކަރާ އެ ދުވަހުން ދުވަހަށް ހުސްނުވެއެވެ. އެހެންވެ، ރޯދަ މަހުގެ ފުރަތަމަ ދުވަހު ގެނައި ކަރާ ނުއަގުގައި ވިއްކަން ޖެހުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ފާހަގަކުރި އެވެ.

your image11 މާރިޗު 2024: ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއެއްގައި މޭވާ - ފޮޓޯ: ސީއެންއެމް

ލެޓިއުސް ކިލޯއެއް މިއަދު 50-60 ރުފިޔާއަށް ލިބެންހުރި އިރު، ކޮޕީފަތް ބޮޑިއެއް އުޅެނީ 12 ރުފިޔާއަށެވެ.

  • ކަރާ: 14-22 ރުފިޔާއަށް ކިލޯއެއް
  • ބޯށި: 30 ރުފިޔާއަށް ކިލޯއެއް
  • ރޮކް މެލަން: 40 ރުފިޔާއަށް ކިލޯއެއް
  • ސްވީޓް މެލަން: 60 ރުފިޔާއަށް ކިލޯއެއް
  • އިޖިޕްޓް ފޭރު: 70 ރުފިޔާއަށް ކިލޯއެއް
  • ދިވެހި ފޭރު: 90 ރުފިޔާއަށް ކިލޯއެއް
  • ކުރުނބައެއް: 20-30 ރުފިޔާއަށް
  • ފެޝަން ފުރުޓް: 70 ރުފިޔާއަށް ކިލޯއެއް
  • ދޮންކެޔޮ: 50 އަށް ކިލޯއެއް
  • ފުސްކެޔޮ: 70 ރުފިޔާއަށް ކިލޯއެއް
  • ފަޅޯ: 30 ރުފިޔާއަށް ކިލޯއެއް
  • އޮރެންޖެއް: 4 ރުފިޔާއަށް
  • އާފަލެއް: 5 ރުފިޔާއާއި 7 ރުފިޔާއަށް
  • މެންޑްރިން: 50 ރުފިޔާއަށް ކިލޯއެއް
  • މޭބިސްކަދުރު: 120-180 ރުފިޔާއަށް ކިލޯއެއް
  • އަނބު: 010-150 ކިލޯ
  • އަންނާރު: 50 ރުފިޔާއަށް ކިލޯ

ކޮންމެ އަހަރެއްގެވެސް ރޯދަމަހު އެންމެ އަގު އުފުލޭ އެއް ބާވަތަކީ "ކަނޑޫދޫ" މިރުހެވެ. މިއަހަރުވެސް މިރުހުގެ އަގު މިވަނީ އުފުލިފަ އެވެ. އެގޮތުން މިއަދު ބާޒާރުގައި މިރުސް ލިބެން ހުރީ 100ގ މިރުސް 80 ރުފިޔާއަށެވެ. 

your image11 މާރިޗު 2024: ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިއެއްގައި ދިވެހި މިރުސް - ފޮޓޯ: ސީއެންއެމް

ރޯދަމަހާއި ދިމާކޮށް ރާއްޖޭގެ ބާޒާރުގައި މުދަލުގެ އަގު މައްޗަށް ދިއުމަކީ އާންމު ކަމެކެވެ. އެކަން ކޮންޓްރޯލު ކުރުމަށް ޓަކައި އެސްޓީއޯއިން އަބަދުވެސް މުހިންމު ދައުރެއް އަދާކުރެއެވެ. އެ ގޮތުން ރޯދަ މަހު އެންމެ އާންމުކޮށް ބޭނުންވާ، ފިޔާ، އަލުވި، ބިސް ފަދަ ބާވަތްތައް ގިނަ އަދަދަކަށް ގެނެސް، އަގު މައްޗަށް ދޮޔަ ނުދީ ހިފެހެއްޓުމަކީ އެސްޓީއޯއިން ކުރަމުން އަންނަ ކަމަކެވެ.

ރޯދަމަހު ކަނޑުމަސް އަދި ފަރުމަހަށް އޮންނަ ޑިމާންޑުވެސް ބޮޑެވެ. މިއަހަރުގެ ރޯދަމަހަށް މަސް މާރުކޭޓު ވަނީ ތިޔާގިވެފައެވެ. ކަނޑުމަސް ކިލޯއެއް 35 ރުފިޔާއަށް ލިބެން ހުރި އިރު ކަންނެލި ކިލޯއެއްގެ އަގު ހުރީވެސް 50 ރުފިޔާގައެވެ.

މާރުކޭޓުގައި ތަފާތު އެކި ބާވަތްތަކުގެ ފަރުމަސްވެސް ލިބެންވެސް އެބަހުއްޓެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް