ads
ކާވާގެ އިވެންޓެއްގެ ތެރެއިން
ވޮލީގެ ރައީސްކަމަށް ލަތީބެ އެކަނި
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިހާބުގައި ހުސްވެފައިވާ އެ އެސޯސިއޭޝަންގެ ރައީސްގެ މަގާމަށް ކުރިމަތިލައްވާފައިވާ ހަމައެކަނި، ފަރާތަކީ ކުރީގެ ރައީސް މުހައްމަދު ލަތީފް (ލަތީބެ) ކަމަށް އެސޯސިއޭޝަނުން ބުނެފި އެވެ.

މައްސަލަ ގަނޑެއްގެ ތެރޭގައި އުޅުމަށް ފަހު، ވޮލީގެ ރައީސް ރަނޭ މަގާމުން އިސްތިއުފާ ދިނުމުން ދެން އަލުން ބާއްވަން އިއުލާން ކުރި އިންތިހާބުގައި ރައިސް ކަމަށް ވާދަކުރައްވަނީ ކުރީގެ ރައީސް ލަތީބެ އެކަންޏެވެ.

ލަތީބެ ވަނީ، 2016-2019 އަށް ވީއޭއެމްގެ ރައީސްގެ މަގާމު ފުރުއްވައިފަ އެވެ. ދާދި ފަހުން، ސެންޓްރަލް އޭޝިއާ ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ގެ ރައީސް ކަމަށް ދެ ވަނަ ދައުރަކަށްވެސް ލަތީބެވަނީ އިންތިހާބުވެފައެވެ.

ވީއޭއެމް އިން މި މަހު 15 ގައި އިންތިހާބެއް ބާއްވަން އިއުލާނުކުރުމާ އެކު، ހުސްވެފައިވާ މަގާމުތަކަށް ކުރިމަތިލަން ސުންގަނޑި ހަމަވިއިރު ނަން ހުށަހަޅާފައިވާ ފަރާތްތަކުގެ ނަންތައް ވީއޭއެމް އިން ވަނީ އާންމުކޮށްފަ އެވެ.

ރައީސް: މުހައްމަދު ލަތީފް

ސީނިއާ ނައިބު ރައީސް: މުހައްމަދު ސާޖިދު (ބޮޑުކާއްޓެ)

ނައިބު ރައީސް ވޮލީބޯލް: އަލީ ލަތީފް

ނައިބު ރައީސް އިދާރީ: އިއްޒަތު ވަހީދު

ނައިބު ރައީސް އަންހެން: އާއިދާ އަބްދުލް ހަކީމް

ހިންގާ ކޮމިޓީ މެމްބަރު: ފަތުހުﷲ ވަހީދު (ފައްލޯ)

ހިންގާ ކޮމިޓީ މެމްބަރު: ސޮފްވާން އަހުމަދު

ހިންގާ ކޮމިޓީ މެމްބަރު: ޝިޔާމް އަލީ

ހިންގާ ކޮމިޓީ މެމްބަރު/އަންހެން: އައިޝަތު ފަތީނަތު

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް