ads
ޕާކިސްތާނުގެ އާ ރައީސް އާސިފް ޢަލީ ޒަރުދާރީ
އާސިފް އަލީ ދެވަނަ ފަހަރަށް ޕާކިސްތާނުގެ ރައީސް ކަމަށް
ޕާކިސްތާނުގައި އަވަހާރަކޮށްލާފައިވާ އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު ބޭނަޒީރު ބުއްޓޫގެ ފިރިކަލުން އާސިފް އަލީ ޒަރްދާރީ އަނެއްކާވެސް އެ ގައުމުގެ ރައީސް ކަމުގެ މަގާމަށް އިއްޔެ ހޮވައިފި އެވެ.

އުމުރުން 68 އަހަރުގެ ޒަރުދާރީ މީގެ ކުރިން ރައީސް ކަމުގެ މަގާމަށް އައްޔަންކޮށްފައިވަނީ 2008 ވަނަ އަހަރުއެވެ. ޕާކިސްތާނުގެ ރައީސްކަން އޮންނަނީ ރަމްޒީ މަގާމެއްގެ ގޮތުގައި އެވެ.

ނަމަވެސް ހިޔާނާތުގެ މައްސަލަތަކެއްގައި ޒަރުދާރީ ވަނީ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކޮށްފަ އެވެ. އަލުން އިންތިހާބަށް ކެމްޕޭން ކުރައްވަމުން ގެންދެވިއިރު ބެނާޒީރު ބުޓޯ ބަޑިއާއި ބޮން އަވަހާރަކޮށްލުމާ ގުޅިގެން ލިބުނު ހަމްދަރުދީ ވޯޓަކުންނެވެ.

މިދިޔަ ފެބްރުއަރީ އަށްވަނަ ދުވަހު ބޭއްވި އިންތިހާބަށް ފަހު ގާނޫނު ހަދާ މަޖިލިސް އެކުލަވާލައި ނެގި ވޯޓުގައި ޒަރްދާރީ ދެ ވަނަ ފަހަރަށް ރައީސް ކަމުގެ މަގާމަށް ހޮވަން 411 ވޯޓު ލިބުނެވެ. ދެކޮޅަށް ދީފައިވަނީ 181 ވޯޓެވެ. މިއީ ނެޝަނަލް އަދި ޕްރޮވިންޝަލް މެންބަރުންގެ އިތުރުން ސެނެޓަރުންގެ ވޯޓުން ހޮވާ މަގާމެކެވެ.

ޕާކިސްތާނުގައި އުފެއްދި ކޯލިޝަން ސަރުކާރުގައި ޒަރުދާރީ ރައީސް ކަމަށް ހޮވީ ޕާކިސްތާން މުސްލިމް ލީގު-ނަވާޒް (ޕީއެމްއެލް-އެން) ޕާޓީގެ ތާއީދާއެކުގައެވެ. އިންތިހާބަށްފަހު ވާދަކުރި އެއްވެސް ޕާޓިއަކަށް ސަރުކާރެއް އުފެއްދޭ ވަރަށް ވޯޓު ނުލިބުމުގެ ސަބަބުން ޕީއެމްއެލްއެންއާއި ބުއްޓޫގެ ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ)އިން ވަނީ ކޯލިޝަން ސަރުކާރެއް އުފައްދައިފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް