ads
ޕާކިސްތާނަށް ކުރި ގަދަ ވިއްސާރާގައި ބޯކޮށް ސްނޯ ފޭބުމުގެ ސަބަބުން 35 މީހަކު މަރުވި
ޕާކިސްތާނަށް ބޯކޮށް ސްނޯ ފައިބައި 35 މީހަކު މަރުވެއްޖެ
ޕާކިސްތާނަށް ބޯކޮށް ސްނޯ ފައިބައި އަދި ގަދަ ވިއްސާރައިގެ ސަބަބުން 35 މީހަކު މަރުވެއްޖެ އެވެ.

މަރުވި މީހުންގެ ތެރޭގައި 22 ކުޑަކުދިން ހިމެނޭއިރު، ބިންގަނޑު ކަނޑައިގެން ގޮސް އެމީހުންގެ ގެދޮރު ވަނީ ހަލާކުވެފައެވެ. ޕާކިސްތާނުގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީން ބުނާ ގޮތުގައި ޕާކިސްތާނުގެ އުތުރާއި ހުޅަނގު ސަރަހައްދުތަކުގެ މޫސުން ގޯސްވެ، އެތައް މަގުތަކެއް ވަނީ ބަންދުވެފައެވެ. އަދި އެތަކެއް ގެއެއް ވަނީ ވަޅުލެވިފަ އެވެ.

ބޯކޮށް ސްނޯ ފޭބުމުގެ ސަަބަބުން ވަޅުލެވުނު ސަރަހައްދުތަކުން ބައެއް މީހުން ގެއްލިގެން ހޯދަމުންދާ ކަމަށް ވެސް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީގެ އޮފިޝަލުން ވަނީ ވިދާޅުވެފަ އެވެ.

ޕާކިސްތާނަށް ކުއްލިއަކަށް ސްނޯގެ ތޫފާނެއް އެރުމުން މޫސުމާބެހޭ ތަޖުރިބާކާރުން ވަނީ ގިނަ ސުވާލުތަކެއް އުފައްދައިފައެވެ. އެގޮތުން ޕާކިސްތާނުގެ މެޓުން ބުނެފައިވާ ގޮތުން މީގެ ކުރިން ކުޑަ ވަގުތުކޮޅަކަށް މޫސުން ފިނިވެ ވާރޭ ވެހިފައިވީ ނަމަވެސް މި ފަހަރު މޫސުމަށް އައީ ބޮޑު ބަދަލެކެވެ.

ސްނޯ ވެހުނު ސަރަހައްދުތަކުގެ އާންމުންނާއި ހަވާލާދީ އެ ގައުމުގެ ނޫސްތަކުން ވަނީ އެންމެ ފަހުން ސްނޯ ވެހިފައިވަނީ މީގެ 25 ނުވަތަ 30 އަހަރު ކުރިން ކަމަށް ރިޕޯޓުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް