
ސްނޯގެ ތެރޭގައި ކުޅެނީ
މީކީ ފުޓްބޯޅައެއް ނޫން، މީ ބޮޑު ޖޯކެއް
ސްޕޯޓްސް ޓީމް
03 މާރޗް 2024 - 18:53:00
އެމެރިކާގައި ލޮސް އެންޖަލިސް އެފްސީއާ، ރެއާލް ސޯލްޓް ލޭކް، ބޯކޮށް ވެހެމުން ދިޔަ ސްނޯގައި ކުޅެން ޖެހުނު މެޗު ބޮޑު ޖޯކެއްގެ ގޮތުގައި ސިފަކޮށްފިއެވެ.
ލޮންއެންޖަލިސް އެފްސީއާ ރިއާލް ސޯލްޓް ލޭކް ކުޅުނު މި މެޗުން ތިން ލަނޑު ސުން ލަނޑުން މޮޅުވީ ސޯލްޓް ލޭކްއެވެ.
މި މެޗު، ބޯކޮށް ސްނޯ ވެހުމުގެ ސަބަބުން ނުފެށި ދެ ގަޑިއިރު މަޑު ކުރަން ޖެހުނެވެ. އަދި މެޗު ފެށުމަށް ފަހުވެސް ސްނޯއާ ހެދި މެޗު މެދު ކަނޑާލަން ޖެހުނު ނަމަވެސް މެޗު ފަސްކޮށްފައި ނުވާތީ ދެ ޓީމުންވެސްވަނީ އެ ކަމަށް ފާޑު ކިޔާފައެވެ.
މޫސުން ގޯސްވެ ދެ ގަޑިއިރު ލަސްވިއިރު، މެޗު ފެށިތާ އެންމެ ހަތަރު މިނިޓަށް ފަހު މި މެޗުގައި ކުޅުން އަނެއްކާވެސް މެދު ކަނޑާލަން ޖެހުނެވެ. އޭގެ ގަޑިއެއްހާއިރު ފަހުން އަލުން ކުޅުން ފެށުމުން ދަނޑުގައި ސްނޯ ފުރިފައިވާއިރު، ޔޫޓާގައި ކުޅުނު މުޅި މެޗުގައި ވެސް މުޅި ދަނޑުގައި އޮތީ ހުސް ސްނޯއެވެ.
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް