ads
ވޮލީ އެސޯސިއޭޝަންގެ ރައީސް
ވޮލީ އިންތިހާބު އަންނަ ހަފްތާގައި
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިންތިޚާބު މި މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.

މި މަހުގެ 15 ދުވަހު ވޮލީގެ އިންތިހާބު ބޭއްވުމަށް ނިންމިއިރު، އެ އެސޯސިއޭޝަންގެ ރައީސްވަނީ ދާދިފަހުން މަގާމުން އިސްތިއުފާ ދެއްވާފައެވެ. 

ވީއޭއެމުގެ ރައީސްގެ މަގާމަށް 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިންތިޚާބުވެވަޑައިގެންނެވި މުޙައްމަދު ރަނޭޝް (ރަނޭ) އިސްތިއުފާދެއްވިއިރު، އޭނާގެ ދައުރުގައި ބާކީ އަހަރަކަށް ވުރެ ގިނަ ދުވަސް އޮތެވެ.

ވީއޭއެމުގެ އިންތިޚާބު ބާއްވާކަން މިއަދު އިއުލާންކޮށްފައިވާއިރު، އިންތިޚާބަށް ކުރިމަތިލުމުގެ ފުރުސަތު ހަމަވާނީ މި މަހުގެ 10 ވަނަ ދުވަހު ކަމަށްވެސް ވަނީ ނިންމާފައެވެ. އަދި އިންތިޚާބީ ކޮންގްރެސް މި މަހުގެ 15 ވަނަ ދުވަހު ބޭއްވުމަށްވެސް ހިންގާ ކޮމިޓީން ވަނީ ނިންމާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް