ads
އާސިމް އަދި ޓެޑްރީ
ޓެޑްރީ މުހައްމަދު ނިޔާޒްގެ ތައުރީފު "ހަދީޖާ" ގެ ޑައިރެކްޓަރު އާސިމް އަށް
ދިވެހިންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދި ދެ ރިޔާގެ ޑައިރެކްޓަރު ޓެޑްރީ އަހުމަދު ނިޒާޒްގެ ތައުރީފް ފިލްމީތަރި، އަދި ޑަރެކްޓަރު އަހުމަދު އާސިމް އަށް ބަންޑުންކޮށްލައިފިއެވެ.

އާސިމް ލިޔެ ޑައިރެކްޓް ކޮށްފައިވާ ކުރު ފިލްމު "ހަދީޖާ" އޮލިމްޕަހުގައި އިފްތިތާހުކޮށްދެމުން ޓެޑްރީ ބުނީ އާސިމް ދިވެހި ފިލްމީ ދާއިރަގައި މަސައްކަތް ކުރާރާތާ 25 އަހަރު ވެއްޖެކަމަށެވެ. އަދި އާސިމް އަކީ ފިލްމީ މަސައްކަތް ހުރިހާ އޭންގަލަކުންވެސް ތަޖުރިބާ ހޯދައިގެން އެ މަސައްކަތުގެ ތެރެަށް ނުކުތް ހުނަރުވެރިއެކަމަށެވެ. 

"އާސިމް މަރުހަބާ މި މަސައްކަތުގަ ފަންސަވީސް އަހަރު ތި ހަމަކުރީ. ފަންސަވީސް އަހަރަކީ އެއް މަސައްކަތެއްގަ ދެމިހުރުމަށް ވަރަށް ދިގު މުއްދަތެއް އެއް މަސައްކަތެއް ކުރެވޭނީ ވަރަށް ޕެޝަނޭޓްކޮށް އެކަމަށް ވިސްނާ އެކަމަށް ކުރިއަށް ދާން ބޭނުންވީމަ،" -ޓެޑްރީ-

ޓެޑްރީ ބުނީ އޭނާގެ ފިލްމެއްވެސް މިއަދު ސްކްރީނާއި ހަމައަށް މަސައްކަތް ކުރަމުން އަންނައިރު އެ ފިލްމުގައިވެސް އާސިމްގެ ދައުރުވަރަށް ބޮޑުކަމަށެވެ. 

"އާންމުގޮތެއްގަ ދިވެހިރާއްޖޭގަ ވަރަށް އަވަހަށް އެކްޓަރުން ޑައިރެކްޓަރުންނަށް ބަދަލުވޭ. ނަމަވެސް ފިލްމު މޭކިންގެ ޕްރޮސެސް ދަސްކުރެވޭނެހާ ދިގުމުއްދަތެއްގަ ފިލްމުމޭކިންގެ ހުރިހާ ޑިޕާޓުމަންޓެއްގަ މަސައްކަތްކޮށްގެން މި ހިސާބަށް މި ދިޔައީ. އާސިމްގެ ބައެއް މަސައްކަތްތައް ހުރީ ފެނިފަ. އާސިމްގެ ކްރިއޭޓިވް ވިސްނުން އެއީ ރާއްޖޭގެ ފެންވަރުގަ ފުދޭވަރަކަށް އިންޕްރެސިވް މަސައްކަތްތަކެކޭ އާސިމް ކޮށްފަ ހުރީ،" -ޓެޑްރީ-

"ހަދީޖާ" އަކީ އާސިމްގެ ތުރުކަސް ސްޓޫޑިއޯއިން ނެރެމުން އަންނަ "ވިހާލި" ސީޒަންގެ ފުރަތަަމަ ސެގްމަންޓެވެ. 

އޮލިމްޕަހުގައި ހަދީޖާ އަޅުވާފައިވާއިރު އެ ފިލްމަށް އަންނަނީ ބޮޑު ތަރުހީބެއް ލިބެމުންނެވެ. 

އަށާރަ އަހަރުން މަތީ ކެޓަގަރީއަށް ހާސް މި ފިލްމަކީ ގެވެށިއަނިޔާއާއި, ބިދޭސީންގެ މައްސަލައަދި އަންހެނުންނަށް ކުރާ ތަފާތު އަނިޔާތަކުގެ މައްޗަށް އަލިއަޅުވާލާ އުފައްދާފައިވާ ފިލްމެކެވެ. 


ފިލްމުގެ ލީޑު ރޯލުން ރަވީ ފާރޫގު, އަދި ނަތާށާ ޖަލީލް ފެންނައިރު, ފިލްމުގައި މަޝްހޫރު ތަރި ނިމާލުގެ މުހިންމު ރޯލެއްވެސް ފެނިގެން ދެއެވެ. 

ފިލްމުގެ ފުރަތަމަ ޝޯ އޮލިމްޕަހުގައި މާދަމާ ހަވީރު އަޅުވާއިރު ފިލްމުގެ ޓިކެޓް ބުކް ކުރުމަށް 7755569 އަށް ގުޅުމަށް ތުރުކަސް ފިލްމްސް އިން ވަނީ އެދިފައެވެ. 

ތުރުކަސް ފިލްމުގެ "ވިހާލި" ސީރީޒްގެ ފުރަތަމަ ސީޒަންއަށް ވެސް ބޮޑު ތަރުހީބެއް ލިބިފައިވާއިރު,  ދެވަނަ ސީޒަން އިތުރަށް ޝައުގުވެރިވާނެކަމަށް އާސިމް ބުންޏެވެ. 

ފިލްމުގެ ޝެޑިއުލް: 

  • 01 މާރިޗް 2024، ހުކުރު – ޕްރިމިއާ ޝޯ  16:00 ގައި
  •  01 މާރިޗް 2024، ހުކުރު – ދެވަނަ ޝޯ 17:00 ގައި
  •  02 މާރިޗް 2024، ހޮނިހިރު – ތިންވަނަ ޝޯ 16:00 ގައި
  •  02 މާރިޗް 2024، ހޮނިހިރު – ހަތަރުވަނަ ޝޯ 21:00 ގައި
  •  02 މާރިޗް 2024، ހޮނިހިރު – ފަސްވަނަ ޝޯ 23:00 ގައި
  •  03 މާރިޗް 2024، އާދީއްތަ – ހަވަނަ ޝޯ 16:00 ގައި
  •  03 މާރިޗް 2024، އާދީއްތަ – ހަތްވަނަ ޝޯ 21:00 ގައި
  •  03 މާރިޗް 2024، އާދީއްތަ – އަށްވަނަ ޝޯ 23:00 ގައި
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް