ads
ޑާކާގެ ބެއިލީ މަގުގައި ހުންނަ މަޝްހޫރު ބިރިޔާނީ ރެސްޓޯރެންޓެއްގައި ރޯވި އަލިފާންގަނޑު
ބަންގްލާދޭޝްގެ ރެސްޓޯރެންޓެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 43 މީހުން މަރުވެއްޖެ
ބަންގްލާދޭޝްގެ ވެރިކަންކުރާ ޑާކާ ސިޓީގެ "ބެއިލީ" މަގުގައި ހުންނަ މަޝްހޫރު ބިރިޔާނީ ރެސްޓޯރެންޓެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި 43 މީހުން މަރުވެ އެތައްބަޔަކު ޒަހަމް ވެއްޖެ އެވެ.

ބަންގްލާދޭޝްގެ މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ރޭ 9:50 ހާއިރު ޑާކާގެ ބެއިލީ މަގުގައި ހުންނަ މަޝްހޫރު ބިރިޔާނީ ރެސްޓޯރެންޓެއްގައި ރޯވި އަލިފާންގަނޑު ވަރަށް އަވަހަށް މަތީ ފަންގިފިލާތަކަށް ފެތުރި އެތައް ބަޔަކު ހާލުގައި ޖެހުނު ކަމަށެވެ.

އަލިފާން ނިއްވާ ފަރާތްތަކުން ދެ ގަޑިއިރުގެ ތެރޭގައި އަލިފާންގަނޑު ކޮންޓްރޯލް ކުރެވުނު ކަމަށް އެ ގައުމުގެ ފަޔާ ޑިޕާޓްމަންޓުގެ އިސް އޮފިޝަލަކާ ހަވާލާދީ މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ބެއިލީ ރޯޑް އިމާރާތުގައި މައިގަނޑު ގޮތެއްގައި ރެސްޓޯރެންޓްތަކުގެ އިތުރުން ގިނަ ހެދުންތަކާއި މޯބައިލް ފޯނު ފިހާރަތައް ހުރެއެވެ. މަރުވި އަދި އަނިޔާވި ބައެއްމީހުންނަށް އެހެން ދިމާވީ މަތީ ފަންގިފިލާއަކުން ފުންމާލުމުންކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ. 

ބަންގްލާދޭޝްގެ ހެލްތު މިނިސްޓަރ ސަމަންތާ ލާލް ސެން ވިދާޅުވީ އަންހެނުންނާ ކުޑަކުދިން ހިމެނޭ ގޮތުން މަދުވެގެން 33 މީހުންގެ މަރު، ޑާކާ މެޑިކަލް ކޮލެޖް ހޮސްޕިޓަލުން ވަނީ ކަށަވަރު ކޮށްދީފަ އެވެ. 

your imageޑާކާގެ ބެއިލީ މަގުގައި ހުންނަ މަޝްހޫރު ބިރިޔާނީ ރެސްޓޯރެންޓެއްގައި ރޯވި އަލިފާންގަނޑު

އަދި އިތުރު 10 މީހުން ވަނީ އެންމެ ބޮޑު "ބަރންސް" ހޮސްޕިޓަލުގައި މަރުވެފަ އެވެ. މަރުވި މީހުންގެ އިތުރުން ގިނަ އަދަދެއްގެ ބަޔަކު "ބަރންސް" ހޮސްޕިޓަލަށް ފަރުވާޔަށް ގެންދެވިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް