ads
ވޮލީ އެސޯސިއޭޝަންގެ ރައީސް
ރަނޭ އެންމެ ފަހުން އިސްތިއުފާ ދީފި
ވޮލީބޯލް އެސޯސިއޭޝަންގެ ރައީސްކަމުން މުހައްމަދު ރަނޭޝް އިސްތިއުފާ ދީފި އެވެ.

ވޮލީ އެސޯސިއޭޝަންގެ ރައީސް ކަމަށް 2021 ގައި އިންތިހާބުވި، ރަނޭގެ ދައުރުގައި ބާކީ އެއް އަހަރު އޮއްވައި މަގާމުން އިސްތިއުފާ ދިނީ އަބޫދާބީއަށް ވަޒީފާ ބަދަލު ކުރަން ޖެހުމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. ރަނޭ، އެރަބް އެމިރޭޓްސްއަށް ބަދަލުވީ އެ ގައުމުގެ އަބޫދާބީ އެއާވޭސްގައި ޕައިލެޓްގެ މަގާމަށެވެ. އޭނާވަނީ މޯލްޑިވިއަނުންވެސް އިސްތިއުފާ ދީފައެވެ.

ރަނޭ، ވީއޭއެމްއަށް އިންތިހާބުވި ފަހުން، 90 ދުވަހުގެ ތެރޭގައި އަސާސީ ގަވާއިދު އިސްލާހް ކުރަން ސްޕޯޓްސް ކޮމިޝަނަރު އެންގެ ނަމަވެސް އެކަން އެ މުއްދަތުގައި ކޮށްފައެއް ނުވެ އެވެ. އެކަމަކު ބޮޑު މައްސަލަ ގަނޑަކަށް ފަހު މިހާރު އަސާސީ ގަވާއިދު އިސްލާހުކޮށް ސްޕޯޓްސް ކޮމިޝަނާ އޮފީހުގައި ރަޖިސްޓްރީ ކޮށްފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް