ads
ރަތްމަންދޫ ވޮލީކޯޓް ތަރައްގީ ކުރުން
ރަތްމަންދޫ ވޮލީކޯޓް ތަރައްގީ ކުރަން ހަވާލުކޮށްފި
މުލަކަތޮޅު ރަތްމަންދޫ އައުޓްޑޯ ވޮލީކޯޓް ތަރައްގީކުރުމަށް ބަޔަކާއި ހަވާލުކޮށްފިއެވެ.

ރަތްމަންދޫ އައުޓްޑޯ ވޮލީކޯޓް ތަރައްގީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އުފާ ފާގަތި ޕްރައިވެޓް ލިމިޓެޑް އާއެވެ. ރަތްމަންދޫ އައުޓްޑޯ ވޮލީކޯޓް ތަރައްގީކުރުމަށް އުފާ ފާގަތި ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކުރީ 1،140،700.32 (އެއްމިލިއަން އެއްލައްކަ ސާޅީސް ހާސް ހަތްސަތޭކަ ތިރީށް ދެލާރި) އަށެވެ.

މި މަސައްކަތް އުފާ ފާގަތި ޕްރައިވެޓް ލިމިޓެޑް އާ ހަވާލުކޮށްފައިވަނީ 40 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ގޮތަށެވެ. މި 40 ދުވަހުގެ އިތުރުން މަސައްކަތު ސައިޓާ ހަވާލުވެ، ބޭނުންވާ ސާމާނު ސައިޓަށް ޖަމާކޮށް މަސައްކަތް ފެށުމަށް 14 ދުވަސް އުފާ ފާގަތި ޕްރައިވެޓް ލިމިޓެޑަށް އިތުރަށް ލިބޭނެ އެވެ.

ރަތްމަންދޫ ވޮލީ ކޯޓު ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި ސްޕޯޓްސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ، ސްޓޭޓް މިނިސްޓަރ އިބްރާހިމް އާމމިރު އެވެ. އުފާ ފާގަތި ޕްރައިވެޓް ލިމިޓެޑް ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ރަޝީދު އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް