ads
ކައިވެންޏަށް ހިނިތުންވުން ރީތިކުރަން ސާޖަރީއެއް ހަދަނިކޮށް މަރުވެއްޖެ
އިންޑިއާގައި ކައިވެންޏަށް ހިނިތުންވުން ރީތިކުރަން "ސްމައިލް ޑިޒައިނިން" ސާޖަރީއެއް ހަދަނިކޮށް މީހަކު މަރުވެއްޖެ އެވެ.

އިންޑިއާގެ އެންޑީޓީވީ ނޫހުން ރިޕޯޓްކުރާ ގޮތުގައި އުމުރުން 28 އަހަރުގެ ލަކްސްމި ނާރާޔަނަ ވިންޖަމް މަރުވެފަވަނީ ހައިދަރުއާބާދުގަ ހުންނަ އެފްއެމްއެސް އިންޓަނޭޝަނަލް ޑެންޓަލް ކްލިނިކްގައި 'ސްމައިލް ޑިޒައިނިން' ސާޖަރީ ހަދަނިކޮށެވެ.

މިކަން ހިނގާފަވަނީ މި މަހުގެ 16 ވަނަ ދުވަހު އެވެ.

މަރުވި މީހާގެ ބައްޕަ ބައެއް މީޑިއާތަކަށް މައުލޫމާތުދިން ގޮތުގައި އޭނާ މަރުވެފައިވަނީ އެނެސްތީސިއާ އޮވަޑޯޒް ވެގެންނެވެ.

އެގައުމުގެ ފުލުހުން ބުނާ ގޮތުގައި ލަކްސްމި ނާރަޔަނަގެ ސާޖަރީގެ ކަންތައް ދެ ގަޑިއިރަށް ކުރިއަށް ދިޔައެވެ.

your imageސާޖަރީ ހަދަނިކޮށް މަރުވި ލަކްސްމި ނާރާޔަނަ ވިންޖަމް—

ނަމަވެސް ސަަޖަރީގެ ތެރެއިން ލަކްސްމި ނާރަޔަނަ ހޭނެތިގެން ދިއުމުން ކްލިން އިން ވަނީ އޭނާގެ ބައްޕައަށް ގުޅައި އެކަން އަންގާފައެވެ.

އެކަން އެންގުމާއެކު ލަކްސްމި ނާރަޔަނަގެ ބައްޕަ ވަނީ ވަގުތުން އޭނާ އެޕޯލޯ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ އޮތީ މަރުވެފަކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ލަކްސްމި ނާރަޔަނަގެ ބައްޕަ ވަނީ އޭނާއަކީ އެއްވެސް ސިއްހީ މައްސަލައެއް ހުންނަ މީހެއް ނޫންކަމަށް ބުނެފައެވެ.

އަދި އެ އާއިލާއިން ވަނީ ކްލިނިކާ ދެކޮޅަށް ޕޮލިސް ކޭސްއެއް ފައިލްކޮށްފައެވެ.

މީގެ ހަފްތާއެއްހާ ދުވަސް ކުރިން އެންގޭޖްވެފައިވާ އިރު އަންނަ މަހު އޭނާ ކައިވެނި ކުރަން ވަނީ ނިންމާފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް