ads
ވަސޫދާގެ ނަސޭހަތް: ހަންގަނޑު ނަލަކޮށް ބަހައްޓަން ކޮންމެ ދުވަހަކު މަދުވެގެން ފަސް މިނެޓު ދީ
ވީ ބިއުޓީގެ ފައުންޑަރު ވަސޫދާ ރާއީ އެންމެ ފަހުން ނެރުނު އޯޑިއޯފޮތް "ދަ ބުކް އޮފް ހޮލިސްޓިކް ބިއުޓީ" ގައި އޭނާ ވަނީ ކޮންމެ މީހަކުވެސް އެމީހެއްގެ ހަންގަނޑަށް އަޅާލުމަށް ލަފާތަކެއް ދީފަ އެވެ.

އޭނާގެ މުހިންމު އެއް ނަސޭހަތަކީ ގުދުރަތީ ފަރުވާތަކާއި އިތުބާރު ހިފިފައިވާ ހަންގަނޑުގެ ފަރުވާ ދިނުމުގެ އުސޫލުތައް އެއްކޮށްލައިގެން ކޮންމެ މީހަކުވެސް އެމީހަކަށް ކަމުދާ އަމިއްލަ އެޕްރޯޗެއް ގެންގުޅުމެވެ. 

ރާއި ވަނީ ދުވަހުން ދުވަހަށް ހަންގަނޑަށް ފަރުވާ ދިނުމުގެ ރޫޓިންތަކުގައި އެއްގޮތްކަން ފާހަގަކޮށް، ކޮންމެ ދުވަހަކު މަދުވެގެން ފަސް މިނިޓެއްހާއިރު ވެސް އަމިއްލަ ހަންގަނޑަށް އަޅައިލުމަށް ނަސޭހަތް ދީފައެވެ. 

ރާއީގެ އަމިއްލަ އަޑުން ކިޔައިދީފައިވާ މި އޯޑިއޯ ފޮތުން އަމަލީ ވިސްނުންތަކެއް ލިބިގެންދާއިރު، ކޮންމެ މީހަކަށް ވެސް އެންމެ ރަނގަޅަށް އެމީހެއްގެ ހަންގަނޑަށް މަސައްކަތްކުރާ އެއްޗެއް ހޯދުމުގެ މުހިންމުކަމަށް އަލިއަޅުވާލާފައިވެ އެވެ.

މީގެ އިތުރުން ރާއީ ލަފާދެއްވަނީ ޔޯގާ ހެދުން ފަދަ ކަސްރަތުތަކާއި، "މައިންޑްފުލް" ހަރަކާތްތައް ހިމަނައިގެން ހަންގަނޑަށް އަޅާލުމަށް މަސައްކަތްކުރުމަށެވެ.  އެއީ އެކްޒީމާ އާއި ސޮރިއަސިސް ފަދަ ބަލި ހާލަތްތަކަށް އެކަމުގެ ހެޔޮ އަސަރު ކުރާ ކަމެއް ކަމަށް ދިރާސާތަކުން ވެސް ދައްކާކަމެކެވެ. 

ޖުމްލަކޮށް ބުނާނަމަ ރާއީ ލަފާ ދީފައިވަނީ، ކޮންމެ މީހަކުވެސް އެމީހެއްގެ ހަންގަޑަށް ބޭނުންވާ ކާނާ ދިނުމާއެކު، ކަސްރަތުވެސް ކުރުމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް