ads
ވޮލީ ކޮންގްރްސް - ފޮޓޯ ޕީއެސްއެމް
އެކްސްްޓްރާ އޯޑިނަރީ ކޮންގްރްސްއަކުން ވޮލީގެ އަސާސީ ގަވައިދު ފާސްކޮށްފި
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވައި، އަސާސީ ގަވާއިދު ފާސްކޮށްފިއެވެ.

ވޮލީ އެސޯސިއޭޝަންގެ ކޮންގްރެސްގައި އަސާސީ ގަވާއިދު ފާސްކުރެވިގެންދިޔައީ ބައްދުލުވުމުގައި ބައިވެރިވި ކުލަބަތަކުގެ ފުރިހަމަ އަގުލަބިއްޔަތާއެކުއެވެ. މި ބައްދުވުން ޗެއާ ކުރެއްވީ ރައީސް މުޙައްމަދު ރަނޭޝްއެވެ.

ވޮލީގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް މި ބޭއްވީ އެ އެސޯސިއޭޝަނުގެ އިދާރީކަންކަން ހަރުދާނާކުރުމަށް ކުލަބުތަކުން އިސްވެ ފަށާފައިވާ މަސައްކަތުގެ ތެރެއިންނެވެ. ވީއޭއެމުގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވިއިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ފަހުކޮޅު އެ އެސޯސިއޭޝަނުގެ އަހަރީ އާންމު ޖަލްސާއެއްވެސް ވަނީ ބާއްވާފައެވެ.

މި ބައްދަލުވުމުގައި ވޮލީބޯލް އެކެޑަމީ ހިންގުމުގެ އުސޫލުވެސް ވަނީ ފާސްކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް