ads
ކާވާގެ އިވެންޓެއްގެ ތެރެއިން
ވޮލީ އެސޯސިއޭޝަންގެ އެޑްވައިޒަރަކަށް ލަތީބެ
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވިސްގެ ރައީސްގެ ސްޕެޝަލް އެޑްވައިޒަރަކަށް އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް މުޙައްމަދު ލަތީފް އައްޔަންކުރައްވައިފިއެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވިސްގެ ރައީސްގެ ސްޕެޝަލް އެޑްވައިޒަރަކަށް އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް، އަދި ކާވާގެ ރައީސް ލަތީފް އައްޔަންކުރެއްވިކަން ހާމަކޮށް އެ އެސޯސިއޭޝަނުންވަނީ ލަތީފް ކޮއްދެއްވަމުންގެންދަވާ ޚިދުމަތްތަކާއި، ބައިނަލްއަގުވާމީ މައިދާނުގައި ލަތީފް ކުރައްވަމުންގެންދަވާ ޚިދުމަތްތައް ފާހަގަކޮށްފައެވެ.

މި މަގާމަށް ރަސްމީކޮށް ލަތީފް އައްޔަންކުރެއްވިއިރު، ދާދި ފަހުން އެ އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީގެ މަގާމަށް މުޙައްމަދު ސައީދުވެސް ވަނީ އައްޔަންކުރައްވާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް