ads
ގާޒާގައި ހާލުގައި ޖެހިފައިވާ މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިން
ގާޒާއަށް ސާފުފެން ލިބޭ މިންވަރު މަދުވެއްޖެ: އދ
އިޒްރޭލުން ފަލަސްތީނުގެ ގާޒާއަށް ހަމަލާދޭން ފެށިފަހުން ސާފުފެން ލިބޭ މިންވަރު މަދުވެއްޖެ ކަމަށް ފަލަސްތީނުގެ ރެފިއުޖީންނާ ބެހޭ އދ. ގެ އިދާރާ (ޔޫއެއާރްޑަބްލިޔުއޭ) އިން ބުނެފި އެވެ.

ޔޫއެއާރްޑަބްލިޔުއޭ އިން މިފަދައިން ބުނެފައިވަނީ އެ ޖަމްއިއްޔާއިން ނެރިފައިވާ ބަޔާނެއްގަ އެވެ.

އެ ބަޔާނުގައި ބުނެފައި ވަނީ ފެނަކީ ދިރުން ނަމަވެސް ގާޒާގައި ފެން ހުސްވެއްޖެކަމަށާއި އެހީ ފޯރުކޮށްދިނުން މަދުވުމާއި ގާޒާގެ އުމްރާނީ ތަރައްގީ ސުންނާފަތި ވުމުގެ ސަބަބުން ގާޒާގެ އެތައް ހާސް ބަޔަކު ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ.  

ހުސްވި އަހަރުގެ އޮކްޓޫބަރު މަހުގެ 7 ވަނަ ދުވަހު ގާޒާގެ ވެރިކަންކުރާ ހަމާސް ޖަމާއަތުން އިޒްރޭލަށް ދިން ހަމަލާއަކާ ގުޅިގެން ގާޒާގެ އާންމުންނަށް އަމާޒުކޮށް އިސްރާއީލު ފައުޖުތަކުން ދޭ ލާއިންސާނީ ހަމަލާތަކުގައި މިހާތަނަށް 26،365 މީހުން ޝަހީދުކޮށްލާފައި ވާއިރު ހަމަލާތަކުގައި ޒަހަމުކޮށްލި މީހުންގެ އަދަދު 66،630 އަށް އަރައެވެ.

މިހަމަލާތަކުގެ ސަބަބުން ކާނާއާއި ސާފު ބޯފެން އަދި ސިއްހީ ފަރުވާ ލިބުން ވެސް ދަތިވެފައިވާ ގާޒާގެ ރައްޔިތުންގެ 85 އިންސައްތަ މީހުންނަށް އެ މީހުންގެ އަމިއްލަ ގެދޮރު ދޫކޮށްލަން މަޖުބޫރުވެފައިވެއެވެ.

އދގެ ޔުނިސެފުން ބުނީ ގާޒާގެ ކުދިން ތިބީ ނަފްސާނީ އެކި މައްސަލަތަކަށް ހުށަހެޅިފައި ކަމަށާއި އެތައް ކުދިންނަކީ ރޭގަނޑު ނުވެސް ނިދޭ ކުދިން ކަމަށެވެ.

"މިއީ ހަނގުރާމަޔާއި ހަމަނުޖެހުންތަކާ އެއްވެސް ގުޅުމެއް ހުރި ކުދިންނެއް ނޫން. އެކަމަކު މިއީ ކުޑަކުއްޖަކަށް ދުވަހަކު ތަޖުރިބާކުރަން ނުޖެހޭ ފަދަ ހިތްދަތި ހާލަތަށް ގޮސްފައި ތިބި ކުދިން،" ކްރިކްސް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާތަކާއި އޭގެ ފަހުން އިޒްރޭލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކަކީ ކުޑަކުދިން ދުވަހަކު ވެސް ހުށަހެޅިގެންވާނެ ބިރުވެރިކަމެއް ނޫން ކަމަށެވެ. އެހެންވެ ހަމަލާތައް ވަގުތުން ހުއްޓާލައި އެހީތެރިކަން ލިބޭނެ މަގުތައް ތަނަވަސްކޮށްދޭން އޭނާ ގޮވައިލެއްވި އެވެ.

ހަމާސް އިން މިދިޔަ އޮކްޓޫބަރު 7 ގައި އިޒްރޭލަށް ހަމަލާދީ 1،140 މީހަކު މަރާލައި 250 މީހަކު ރަހީނުކުރުމުން، ހަމާސް ނައްތާލުމުގެ ނަމުގައި ދޭން ފެށި ހަމަލާތަކުގައި ފަލަސްތީނުން މިހާތަނަށް ވަނީ 28،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް