ads
ނެމީބިއާގެ ރައީސް ހާގޭ ގައިންގޯބް
ނެމީބިއާގެ ރައީސް އަވަހާރަވެއްޖެ
ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދެވި ނެމީބިއާގެ ރައީސް ހާގޭ ގައިންގޯބްގެ ސިއްހީ ހާލަތު ގޯސްވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާ ދެމުން ދަނިކޮށް އަވަހާރަވެއްޖެ އެވެ.

އުމުރުފުޅުން 82 އަހަރުގެ ރައީސް ހޭގް ގެއިންގޮބް އަވަހާރަވެފައި ވަނީ އެމަނިކުފާނު ކެންސަރު ބައްޔަށް ފަރުވާ ކުރައްވަން ފައްޓަވަން އުޅުއްވާ ކަމަށް އިއުލާން ކުރެއްވިތާ މަސްދުވަސް ވެސް ނުވަނީހެވެ.

ކުރިން ނެމީބިއާގެ ނައިބު ރައީސްކަމާއި ބޮޑުވަޒީރުކަމާއި މިނިސްޓަރުކަން ވެސް ކުރެއްވި ހާގޭ އެ ގައުމުގެ ތިން ވަނަ ރައީސްކަމުގެ މަގާމަށް ވަޑައިގެންނެވީ 2015 ގަ އެވެ.

ތިން ކައިވެންޏެއް ކުރެއްވި ހާގޭގެ ތިން ބޭފުޅުން ތިއްބަވަ އެވެ.

އެފްރިކާ ބައްރުގެ މަގުބޫލް ސިޔާސީ ލީޑަރު ގެއިންގޮބްގެ ރައީސް ކަމުގައި ނަމީބިއާ އިން ވަނީ ވަރަށް ގިނަ ތަރައްގީގެ ކުރިއެރުން ތައް ހޯދާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް