ads
ކާވާގެ އިވެންޓެއްގެ ތެރެއިން
ކާވާގެ ރައީސްއަކަށް އަނެއްކާވެސް ލަތީފް
ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ) ގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް މެންބަރު ގައުމުތަކުގެ އިއްތިފާގުން ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނުގެ ކުރީގެ ރައީސް މުޙައްމަދު ލަތީފް އިންތިހާބު ކޮށްފިއެވެ.

ތައިލެންޑުގައި ކުރިއަށްދިޔަ ކާވާގެ އަހަރީ އާންމު ޖަލްސާގައި މި މަގާމުގެ ދެވަނަ ދައުރަކަށް ލަތީފް އިންތިހާބުކުރީ ޖުމްލަ 14 ގައުމު ހިމެނޭ އެ ޖަމުއިއްޔާގެ ވޯޓުގައި ބައިވެރިވި ހުރިހާ ގައުމެއްގެ އިއްތިފާގުންނެވެ.

ކާވާގެ އިންތިޚާބީ ކޮންގްރެސްގައި ކާވާގެ މެންބަރު ގައުމުތަކުގެ އިތުރުން ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމުއިއްޔާގެ ޖެނެރަލް ޑިރެކްޓަރ ފަބިއޯ އަޒެވޭޑޯ އާއި، ޑިރެކްޓަރ އޭޝިއާ އެންޑް އޯޝޭނިޔާ ލުއިސް އެލެގްޒެންޑަރ އާއި، ޓެކްނިކަލް އެންޑް ޑިވެލޮޕްމަންޓް ހިޓޭޝް މަލްހޯތުރާ އަދި އޭޝިއާގެ ވޮލީބޯޅައިގެ މައި ޖަމުއިއްޔާ އޭވީސީގެ ރައީސް ޑރ. ރީތާ ޝުބޯވޯ އާއި، އޭވީސީގެ ސެކްރެޓަރީ ޖެނަރަލް ކިޔެތަޕޯން އާއި، އޭވީސީގެ އެގްޒެކްޓިވް ޑިރެކްޓަރ ސަންރިތު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް