ads
އިމްރާން ހާން
ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ހާން އަށް 10 އަހަރުގެ ޖަލުގެ ހުކުމެއް
ޕާކިސްތާނުގެ އާންމު އިންތިހާބު ބާއްވަން ހަފްތާއެއް އޮއްވައި އެ ގައުމުގެ އެންމެ ތާއީދު ބޮޑު ސިޔާސީ ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު އިމްރާން ހާން 10 އަހަރަށް ޖަލަށްލާން އަސްކަރިއްޔާގެ ކޯޓަކުން މިއަދު ހުކުމްކޮށްފި އެވެ.

ޕާކޮސްތާނުގެ ކޯޓަކުން އިމްރާން ހާންގެ އިތުރުން އޭނާގެ އެންމެ ގާތް ސިޔާސީ އެހީތެރިޔާ އެ ގައުމުގެ ކުރީގެ ފޮރިން މިނިސްޓަރު ޝާހު މަހުމޫދު ގުރޭޝީގެ މައްޗަށް ދިހަ އަހަރުގެ ޖަލު ހުކުމެއް ކޮށްފައި ވަނީ ދައުލަތުގެ ސިއްރުތައް ލީކުވުމާ ގުޅޭ މައްސަލައެއްގަ އެވެ.

ރާވަލްޕިންޑީގެ ޖަލެއްގައި ގާއިމުކޮށްފައިވާ ހާއްސަ ކޯޓުން އަންގާރަ ދުވަހު ހާމަކޮށްފައިވަނީ އިމްރާން ވިދާޅުވާ ޑިޕްލޮމެޓިކް ކޭބަލަކާ ގުޅޭ އެސްއޯ ސައިފަރ މައްސަލައިގެ ހުކުމަކީ 2022 ވަނަ އަހަރު ވެރިކަމުން ދުރުކުރުމަކީ ރޭވުމެއް ކަމަށް އިމްރާން ކުރެއްވި ތުހުމަތު ސާބިތުކޮށްދޭ ހުކުމެއް ކަމަށެވެ.

މި ކޯޓަކީ އޮފިޝަލް ސީކްރެޓްސް ގާނޫނުގެ ދަށުން އުފެއްދި ކޯޓެކެވެ. މި ކޯޓުން އަދި ބުނެފައިވަނީ ޕާކިސްތާނުގެ ކުރީގެ ސަފީރަކު އެމެރިކާއަށް ފޮނުއްވި ސިއްރު ކޭބަލް ނަހަމަ ގޮތުގައި ބޭނުންކުރި ކަމުގެ ކުށް އިމްރާންގެ މައްޗަށް ސާބިތުވާ ކަމަށެވެ.

އިމްރާން ވަނީ ތަކުރާރުކޮށް އެ ދައުވާއަށް އިންކާރު ކުރައްވާފަ އެވެ. ބޮޑުވަޒީރުކަމުން އޭނާ ދުރުކުރުމަކީ އެމެރިކާގެ ސަރުކާރުގެ އެހީގައި ސިޔާސީ ވާދަވެރިންނާއި ބާރުގަދަ އަސްކަރިއްޔާއިން ރޭވި ރޭވުމެއް ކަމުގެ ހެކި އެ ލިޔުމުގައި ހިމެނޭ ކަމަށް އިމްރާން ވިދާޅުވާއިރު ވޮޝިންޓަނާއި ޕާކިސްތާނުގެ އަސްކަރިއްޔާއިން އެ ތުހުމަތު ދޮގުކުރެއެވެ.

ޕާކިސްތާނު ސަރުކާރުގެ ޕްރޮސެކިއުޓަރުން ބުނެފައި ވަނީ އިމްރާން ޚާން ވަނީ ޑިޕްލޮމެޓިކް ލިޔުންތަކެއް އާއްމުކޮށް ބޭރު ގައުމަކާ ދެމެދު އޮތް ގުޅުމަށް ބުރޫ އަރުވައިފައި ކަމަށެވެ. އިމްރާންގެ މައްސަލަ ބަލާފައި ވަނީ މިދިޔަ އޮގަސްޓް މަހުން ފެށިގެން އޭނާ ބަންދުކޮށްފައި ހުރި ޖަލުގައި ގާއިމްކުރި ޚާއްސަ ކޯޓަކުންނެވެ. ޝަރީއަތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ބައިނަލްްއަގުވާމީ މީޑިއާ އަށް ވަނީ މަނާކޮށްފަ އެވެ.

އަލްޖަޒީރާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ވަކީލުންނަށް އިމްރާންގެ ފަރާތުން ވަކާލާތު ކުރުމުގެ ފުރުސަތު ދީފައެއް ނުވާކަމަށާއި ހެކިންގެ ހެކިބަސް ނެގުމުގެ ފުރުސަތު ވެސް ދީފައެއް ނުވާކަމަށް އަދި ކޯޓުގައި ހިނގަމުން ދިޔަ ކަންކަމަކީ ހަމައެކަނި ޗަރަޑެއް، ދޮގެއް ކަމަށް ވެސް ޒުލްފިޤާރު ބުހާރީ ވިދާޅުވެފައިވެ އެވެ.

އެގައުމުގެ މައި އިދިކޮޅު ލީޑަރުގެ މައްޗަށް ހުކުމް އިއްވާފައި ވަނީ ފެބްރުއަރީ އަށް ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އާންމު އިންތިހާބުގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. 2018 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ޕާކިސްތާނުގެ ބޮޑުވަޒީރުކަން ކުރެއްވި އިމްރާން ހާން މިދިޔަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން ހުންނެވީ ޖަލުގައި ބަންދުކުރެވިފަ އެވެ.

އޮގަސްޓް 2018 އިން ފެށިގެން އެޕްރީލް 2022 އާ ހަމައަށް ޕާކިސްތާނުގެ ބޮޑުވަޒީރަކަށް ހުންނެވި އިމްރާން ހާންގެ މަގާމު ގެއްލުނީ އިތުބާރު ނެތް ކަމުގެ ވޯޓު ނެގުމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް