ads
އިންޑިއާގެ ފަތުރުވެރިކަން ކުރިއަރުވަން މޯދީ އަނެއްކާވެސް އެދިލައްވައިފި
އިންޑިއާގެ ފަތުރުވެރިކަން ކުރިއަރުވަން އަނެއްކާވެސް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަނެއްކާވެސް އެދިލައްވައިފިއެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިގޮތަށް އަނެއްކާވެސް އިލްތިމާސް ކުރައްވާފައިވަނީ އާދީއްތަ ދުވަހު ގުޖުރާތުގެ ޚޯޑަލްދަމް ޓްރަސްޓް ކެންސަރު ހޮސްޕިޓަލުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

މޯދީ ވަނީ ފަތުރުވެރިކަން ކުރިއެރުވުން ހިމެނޭ ގޮތަށް ނުވަ ވައުދެއް ވުމަށް ގައުމުގެ ރައްޔިތުންނަށް އިލްތިމާސް ކުރައްވާފައިވާކަމާސް ނޫސް އެޖެންސީ އޭއެންއައި އިން ވަނީ ރިޕޯޓުކޮށްފައެވެ. 

"ފުރަތަމަ ތިމާގެ ގައުމާ މެދު ވިސްނަވާ. ފުރަތަމަ ތިމާގެ ގައުމަށް އެދޭ ކަމެއް ކޮށްދީ. ޗުއްޓީއެއް ރާވާނަމަ ތިމާގެ ވަޒަނުގައި ހުރި ޓޫރިޒަމް ސައިޓްތައް ހޯދައި ލޯބިވާ މީހުންނާ އެކު މިތަންތަނަށް ޒިޔާރަތް ކުރަން ވިސްނަވާ، އިންޑިއާގައި ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވެން އޮތް ކަމެއް ކުރައްވާ،" -މޯދީ-

މޯދީ އަނެއްކާވެސް އިންޑިއާގެ ފަތުރުވެރިކަން ކުރިއެރުވުމަށް އިލްތިމާސް ކުރައްވާފައިމިވަނީ، ލަކްޝަދީޕަށް މޯޑީ ކުރެއްވި ދަތުރުފުޅަކާއި ގުޅުވައިގެން ދިވެހިރާއްޖޭގެ ތިން ސްޓޭޓް މިނިސްޓަރަކު މޯޑީއަށް މުހާތަބުކުރައްވައި ބަދު ބަސްތަކެއް ވިދާޅުވުމާއި ގުޅުގެން، މޯދީގެ ސަޕޯޓަރުން ދިވެހިރާއްޖޭގެ ފަތުރުވެރިކަން ބޮއިކޮޓްކުރުމަށް ގޮވާލަމުން ގެންދާ ދަނޑިވަޅެއްގައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް