ads
ރާއްޖެއަށް ދަތުރު ކެންސަލް ކުރާ މީހުންނަށް އިންޑިއާ ރެސްޓޯރަންޓަކުން ހިލޭ ކާންދެނީ
ރާއްޖެއަށް ދަތުރުކެންސަލްކުރާ މީހުންނަށް އިންޑިއާ ގެ ނޯއިޑާގައި ހުންނަ ރެސްޓޯރަންޓަކުން ހިލޭ ކެއުމެއް ދޭން ފަށައިފިއެވެ.

އުއްތުރަ ޕްރަދޭޝްގައި ހުންނަ މި ރެސްޓޯރަންޓުން އަންނަނީ "ޗޮލޭ ބަތޫރޭ" ނަމަކަށް ކިޔާ ކެއުމެއް ރާއްޖެއިން ކެންސަލް ކުރާ ކޮންމެ ބުކިންއެއްގެ ރިސިޓު ދެއްކުމުން ދެމުންނެވެ. 

މީގެ އިތުުރުން އިންޑިއާއިން ފަތުރުވެރިކަމުގައި މަޝްހޫރުކުރަމުން އަންނަ ލަކްޝަދީޕަށް ދާން ބުކްކުރާ ކޮންމެ ބުކިންއަކަށްވެސް މީގެ ކެއުމެއް ހިލޭ ދޭން ވަނީ ނިންމާފައިއެވެ. 

މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ރެސްޓޯރަންޓަކީ އިންޑިއާގެ އުއްތުރަ ޕްރަދޭޝްގެ ސިޔާސީ ޝަހުޝިއްޔަތެއްކަމަށްވާ ވިޖޭ މިޝްރާ ގެ ރެސްޓޯރަންޓެކެވެ. އަދި އޭނާ މިކަން ކުރަން ނިންމާފައިވަނީ ރާއްޖެ ބޮއިކޮޓްކުރުމަށް ހިންގާ ކެމްޕޭނާއި ގުޅުވައިގެންނެވެ. 

ދިވެހިރާއްޖެއާއި އިންޑިއާއި ދެމެދު ނުތަނަވަސްކަން އުފެދި ރާއްޖެ ބޮއިކޮޓްކުރަން އިންޑިއާ ބައެއް މީހުން ކެންޕޭނުކުރަން ފަށާފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ އަށް ނިސްބަތްކޮށް ރާއްޖޭގެ ތިން ސްޓޭޓް މިނިސްޓަރަކު ބަދު ބަސްތަކެއް ރައްދުކުރަމުން ގެންދިއުމުގެ ސަބަބުންނެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް