ads
ނިއުދިއްލީގައި ވައި ތަގައްޔަރުވުން:
ވައި ނުސާފުވުމުގެ ސަބަބުން އިންޑިއާގެ އެއާލައިންތަކުގެ ދަތުރުތަައް ހުއްޓިފައި
އުތުރު އިންޑިއާގެ ސަރަހައްދުތަކުގައި ވައި ނުސާފުވުމުގެ ސަބަބުން އެގައުމުގެ ބޮޑެތި އެއާލައިންތަކުގެ ދަތުރުތަަކަށް ބުރޫ އަރައިފި އެވެ.

ހޮނިހިރު ދުވަހުން ފެށިގެން އުތުރު އިންޑިއާގެ ސަރަހައްދުތަކުގެ އާދަޔާ ހިލާފަށަ ވަައި ނުސާފުވުމުގެ ސަބަބުން ގިނަ އަދަދެއްގެ ފްލައިޓްތައް ވަނީ ޑިލޭވެފައެވެ.

އެގޮތުން ބައެއް ފްލައިޓްތައް 12 އިރާއި 13 ގަޑިއިރާ ދެމެދު ވަގުތުތަކަށް ޑިލޭވެފައިވާއިރު، އެއާލައިންތަކާއި އެއާޕޯޓްތަކުން އާންމުންނާމެދު ކަންތައް ކުރިގޮތާމެދު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

އިއްޔެގެ ވަގުތެއްގައި ގިނަ އިރު ފްލައިޓް ޑިލޭވުމުގެ ސަބަބުންކަމަށް ބުނެ، ޕައިލެޓަކާ މާރަމާރީ ހިނންގާފައިވެއެވެ. 

އެގޮތުން އެކަހަލަ ހާލަތައް އިންޑިއާގެ އޭވިއޭޝަން ދާއިގެ މުވައްޒަފުން ތަމްރީންކުރެވިފައިނެތުން ފާހަަގަކުރެވެ.

ކޮންމެ މްަހަރަކުވެސް މިދުވަސްވަރު ރާއްޖެ ހިމެނޭހެން މިސަރަހައްދުގެ ގިނަ ގައުމުތަކުގެ ވައި ނުސާފުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް