ads
އައިޝްވާރިއާ ރާއީ ގެއިން ނުކިތްފަހުން، 29 މިލިއަން ރުފިޔާގެ ބިމެއް އަމީތާބު ގަނެފި
ބޮލީވުޑްގެ މެގަ ސްޓާ އަމީތާބް ބަޗަން ބޮޑު ބިމެއް ގަނެފިއެވެ.

އަމީތާބް ގަތީ އަޔޯދްޔާގެ ރާމް މަންދީރު ކައިރިން 10،000 އަކަފޫޓުގެ ބޮޑު ބިމެކެވެ. 

މި ބިން ގަނެފައިވަނީ 16 ކަރޯރު ރުޕީޒް (1.9 މިލިއަން ޑޮލަރަށް) ކަމަށް ރިޕޯޓުތައް ބުނެއެވެ. މިއީ ދިވެހި ރުފިޔާއިން ބަލާނަމަ ގާތްގަނޑަކަށް 29.29 މިލިއަން ރުފިޔާއެވެ.

އަމީތާބް ބިން ގަތް ސަރަހައްދަކީ މިވަގުތު އިންޑިއާގައި ރިއަލްސްޓޭޓް ވިޔަފާރީގައިވެސް ޑިމާންޑު ބޮޑު ސަރަހައްދެކެވެ. 

މި ބިން ގަތުމާއެކު ރިއަލްސްޓޭޓްގެ ވިޔަފާރިއާމެދު އަމީތާބް ޝައުގުވެރިކަން ހުރިކަން ހާމަވާކަމަށް އޭނާގެ ސަޕޯޓަރުން ވަނީ ބުނެފައެވެ.

ބޮޑު ބިޔަ ބިމެއް އަމީތާބު ގަނެފައިވާއިރު، އޭނާގެ ދަނބިދަރި އައިޝްވާރިއާ ވަނީ އަމީތާބާއި އޭނާގެ އާއިލާ ދިރިއުޅޭ ގެއިން ދާދި ފަހުން ނުކުމެގެން ގޮސްފައެވެ. އައިޝްވާރިއާ ގެއިން ނުކުމެގެން ދިޔައީ އޭނާގެ ފަހަރި އަދި މައިދައިތައާއި ޖެހުނު މައްސަލަތައް ބޮޑުވެގެންކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ. 

އައިޝްވާރިއާ މީހާރު ދިރިއުޅެމުން އަންނަނީ އޭނާގެ މަންމައާއެކުއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް