ads
ވީއައިއޭގައި ތަރައްގީކުރި އާ ކާގޯ ޓާމިނަލް ހުޅުވުން
ވެލާނާ އެއާޕޯޓުގެ އާ ކާގޯ ޓާމިނަލް ރަސްމީކޮށް މިއަދު ހުޅުވައިފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ އައު ކާގޯ ޓަރމިނަލް ރަސްމީކޮށް ހުޅުވައިފި އެވެ.

ވީއައިއޭގެ އާ ކާގޯ ޓާމިނަލް ކޮމްޕްލެކްސްގެ މަސައްކަތަކީ ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ފެށި މަޝްރޫއެކެވެ. މިހާރު ބޭނުންކުރާ ކާގޯ ޓާމިނަލަށްވުރެ ގާތްގަނޑަކަށް ތިން ގުނަ ބޮޑު އެ ޓާމިނަލުން އަހަރެއްގެ މައްޗަށް 120،000 ޓަނު ކާގޯ ޕްރޮސެސް ކުރެވޭނެ ކަމަށް އެމްއޭސީއޭލް އިން އަންދާޒާ ކުރެ އެވެ.

ވީއައިއޭ ތަރައްގީކުރުމުގެ ބިޔަ މަޝްރޫއުގެ ތެރޭގައި އާ ކާގޯ ޓާމިނަލުގެ އިތުރުން އާ ރަންވޭގެ މަސައްކަތާއި، ފިއުލްފާމްގެ މަސައްކަތް ވެސް ހިމެނެ އެވެ. އާ ރަންވޭ މިހާރު ވެސް ބޭނުންކުރަމުން ދާއިރު އާ ފިއުލް ފާމްގެ މަސައްކަތް ވެސް މިހާރު ވަނީ ނިމުމަކާ ކައިރިވެފަ އެވެ.

އާ ކާގޯ ޓާމިނަލްއާއެކު ޖުމްލަ 500 މުވައްޒަފުން ކާގޯ ޓާމިނަލްގެ މަސައްކަތަށް އިތުރުވާނެ ކަމަށް އެ ކުންފުނިން ބުނެ އެވެ. މިހާރު ވީއައިއޭގެ ކާގޯ ޓާމިނަލްގައި އަހަރަކު 50000 ޓަނުގެ މުދާ ހޭންޑްލް ކުރެ އެވެ. ނަމަވެސް އާ ކާގޯ ޓާމިނަލް އާއެކު މިއަދަދު 120000 ޓަނަށް އިތުރު ވާނެކަމަށް އެމްއޭސީއެލްއިން ލަފާކުރެ އެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ވީއައިއޭގެ އައު ކާގޯ ޓަރމިނަލް ރަސްމީކޮށް ހުޅުއްވައި ދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މި ރަސްމިއްޔާތުގައި ރައީސްގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިންވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް