ads
އެފްއޭއެމްގެ އިންތިހާބު ގޯހުން ގޯހަށް، މައްސަލަ ފީފާއަށް
މި މަހުގެ 31 ވަނަ ދުވަހު ބާއްވަން މަސައްކަތް ކުރަމުންދާ އެފްއޭއެމްގެ އިލެކްޝަންގެ އިތުރު މައްސަލަތަކެއް އަނެއްކާވެސް ފެންމަތިވެ، މައްސަލަތައް އަހްމަދު ތޯރިގުގެ ފަރާތުން ފީފާއަށް ހުށަހަޅައިފިއެވެ.
Advertisement

އިންތިހާބާ ގުޅިގެން މި ފަހަރު ފެންމަތިވީ، އިލެކްޓޯރަލް ކޮމިޓީ ސައްހަ ނޫން ކަމުގެ މައްސަލައެވެ. އެޕީލް ކޮމިޓީ ނެތް މައްސަލަ ކުރިން އޮތީ ފެންމަޕތިވެފައެވެ. 

އެފްއޭއެމްގެ އިންތިހާބާ ގުޅޭ އިލެކްޓޯރަލް ކޮމިޓީ ސައްހަ ނޫން ކަން ބަޔާން ކުރައްވައި، ފީފާ އަށް މައްސަލަ ހުށަހަޅުއްވާފައި ވާނެ ކަމަށް، އިލެކްޓޯރަލް ކޮމިޓީން ކެންޑީޑޭސީ ރިޖެކްޓް ކުރި ތޯރިގުވަނީ ވިދާޅުވެފައެވެ.  

ޓޮމްގެ ކެންޑިޑެސީ ބާތިލް ވުމާ ގުޅިގެން އޭނާ ވަނީ އެ މައްސަލަ އެޕީލް ކުރައްވައިފަ އެވެ. އެކަމަކު ސައްހަ އެޕީލް ކޮމިޓީއެއްވެސް ނެތެވެ.  ޓޮމްގެ އެޕީލާ މެދު ގޮތެއް ނިންމުން އޮންނާނީ މާދަމާގެ ނިޔަލަށެވެ. ނަމަވެސް އިލެކްޓޯރަލް އެޕީލް ކޮމިޓީއެއް ނެތުމުން މިހާތަނަށް ޖަލްސާއެއް ބާއްވާފައި ނުވާ ކަމަށާއި "އެފްއޭއެމްގެ އަސާސީ ގަވައިދާ ހިލާފު އިލެކްޓޯރަލް ކޮމިޓީއަކުން އިންތިހާބާ ގުޅޭ އެއްވެސް ކަމެއް ކުރިއަށް ނުގެންދެވޭނެ ކަމަށް" ބަޔާން ކުރައްވައި ފީފާ އާއި އޭއެފްސީ އަށް މައްސަލަ ހުށަހަޅުއްވާފައިވާނެ ކަމަށް ޓޮމް ވިދާޅުވިއެވެ.

އިންތިހާބާ ގުޅޭގޮ ތުން ޓޯމް ފާހަގަ ކުރެއްވި ނުކުތާތައް:

  • އިންތިހާބަށް ހުޅުވައިލި ފުރުސަތުގައި އެފްއޭއެމްގެ 18 މެންބަރު ކުލަބުގެ ތެރެއިން 9 ކުލަބުގެ ތާއީދާ އެކު، ހުށަހެޅި ކެނޑިޑެސީ ބާތިލްކުރި. އެއީ ކުލަބުގެ ވެލެންސިއާގެ ދެ ސިޓީ ވެސް ސައްހަ ކަމަށް ނިންމައި، ފީފާގެ އަސާސީ ގަވާއިދުގެ މާއްދާއަކަށް ރިއާޔަތްކޮށް.
  • އެފްއޭއެމްގެ އިންތިހާބީ ގަވާއިދުގެ 12 ވަނަ މާއްދާގައި ބުނާ އިލެކްޓޯރަލް އެޕީލް ކޮމިޓީ ކޮންގްރެސްގައި ނިންމާފައި ނެތް ކަމަށް ފާހަގަކުރަމުން ޖެނުއަރީ 12 ގައި އިސްތިއުނާފު ކޮށްފައި ވާނެ. އަދި އޭގެ ޖަވާބު މާދަމާ ލިބެން ވާނެ ކަމަށް ބަޔާންކުރޭ، ނަމަވެސް ކޮމިޓީއެއް ނެތުމުން ޖަލްސާއެއް ނުބޭއްވޭ.
  • އެފްއޭއެމް އިލެކްޓޯރަލް ކޯޑުގެ 4 ވަނަ މާއްދާގައި ބުނަނީ އިލެކްޓޯރަލް ކޮމިޓީގެ މެންބަރުން ޖެހިޖެހިގެން ދެ ދައުރަށް އިންތިހާބު ކޮށްގެން ނުވާނެ ކަމަށް. ނަމަވެސް އިލެކްޓޯރަލް ކޮމިޓީ އިތުރު ދައުރަކަށް މިދިޔަ އަހަރުގެ ކޮންގްރެސްގައި އިންތިހާބު ކޮށްފައިވޭ.
  • އިލެކްޓޯރަލް ކޮމިޓީގެ ޗެއާ އަބްދުﷲ އަލީ (ބޯށިމާގެ، ނ. ވެލިދޫ) ޖެހިޖެހިގެން ތިން ދައުރު ގަވާދާއި ހިލާފަށް މެންބަރުކަން ކޮށްފައިވޭ. ވައިސް ޗެއާ އަހްމީމް އަބްދުއްރައްޒާގު (އޯކިޑް، ބ. އޭދަފުށި) އަދި އަބްދުﷲ އަލީ (މާލެ ދަފްތަރު 6090) ދެވަނަ ދައުރަކަށް އިލެކްޓޯރަލް ކޯޑާ ހިލާފަށް ކޮންގްރެސް އިން އިންތިހާބު ކޮށްފައިވޭ.

އެފްއޭއެމްގެ ހިންގުމާއި އިންތިހާބުގެ ކަންކަމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރުމުން، ކޮމިޝަނަރު އޮފް ސްޕޯޓްސް މުހައްމަދު ތޮލާލް ވެސް ވަނީ މި ވަގުތަށް އިންތިހާބު ފަސްކުރަން އެފްއޭއެމަށް އަންގަވައިފަ އެވެ. އެކަމަކު ސްޕޯޓްސް ކޮމިޝަނަރުގެ ލަފަޔަކަށް ބެލުމެއް ނެތި އެފްއޭއެމުން ދަނީ އިންތިހާބުގެ ކަންކަން ކުރިއަށް ގެންދަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް