ads
ސިފައިންގެ ކްލަބަށް ތަށި ހަވާލުކުރުން
ގައުމީ ޗެމްޕިއަންކަން ސިފައިންނަށް
ކުލަބް އާބަންކޯ ބަލިކޮށް ދިވެހި ސިފައިންގެ ކުލަބުން ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ރޭ ކުޅުނު ފައިނަލް މެޗު ސިފައިން ކާމިޔާބުކުރީ 3-1 ސެޓުންނެވެ. އެއީ 25-22, 23-25, 26-24 އަދި 25-20 އިންނެވެ.

މި މުބާރާތުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިޔަކަށް ހޮވުނީ ދިވެހި ސިފައިންގެ ކުލަބްގެ މުބައްޝަރް ރަޒާ އެވެ. އަދި މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ދިވެހި ސިފައިންގެ ކުލަބްގެ ހުސެއިން ރަޒާން އެވެ.

ސިފައިން އެންމެ ފަހުން ގައުމީ ތަށި ހޯދީ 2019 ވަނަ އަހަރު އެވެ. މިދިޔަ ސީޒަނުގައި ގައުމީ ތަށި އުފުލާލީ، ސްޕޯޓްސް ކްލަބް ސިޓީ އެވެ.

މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގެ ފިރިހެން މުބާރާތްތަކަށް ބަލާއިރު، އެސޯސިއޭޝަން ކަޕް ކާމިޔާބުކުރީ ސިޓީ ސްޕޯޓްސް ކްލަބް އެވެ. ގައުމީ ލީގާއި ގައުމީ މުބާރާތް ކާމިޔާބުކުރީ، ސިފައިންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް