ads
މޯޑީ ރާއްޖޭއްގައި؟
އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯޑީ ބީޗެއްގައި އިންނަވާ މަންޒަރާއި ސްނޯކުލް ކުރައްވާ މަންޒަރުން ސޯޝަލް މީޑިއާގައާގައި އަންނަނީ ދައުރުވަމުންނެވެ.

ދައުރުވަމުން ދާ މަންޒަރުތަކާއެކު ގިނަބަޔަކު އުފައްދާ ސުވާލަކީ މޯޑީ މިވަގުތު ހުންނެވީ ރާއްޖޭގަ ތޯ؟ އެވެ. މިހެންކަމުން މިކަމުގެ ތެދު ދޮގު ބަލައިލާނަމެވެ. 

ކަމުގެ ހަގީގަތް ބެލިއިރު މޯޑީ ހުންނެވީ ރާއްޖެއަކު ނޫނެވެ. އެމަނުކުފާނު މިވަގުތު ގެންދަވަނީ އިންޑިއާގެ ޓެރިޓަރީ އެއްކަމަށްވާ ލަކްޝަދީޕަށް ދަތުރުފުޅެެއް ކުރައްވަމުންނެވެ. 

ލަކްޝަދީޕަށް މޯޑީ ދަތުރުފެޅެެއް ކުރައްވާއިރު، އިންޑިއާ ސަރުކާރުން ވަނީ އެ އަތޮޅުގެ ބައެެއް ރަށްތަކުގައި ރާއްޖޭގެ ހުންނަގޮތައް ވިލާތަކެއް އަޅައި ފަތުރުވެރިކަން  އެ ސަރަހައްދުގައި ފުޅާ ކުރުމަށް ނިންމާފައެވެ. ނަމަވެސް އެއީ ފްލޯޓިން ވިލާތަކެކެވެ. 

މޯޑީގެ މި ދަތުރުފުޅާއެކު އާންމުކުރެއްވި ފޮޓޯތަކުން ފެންނަނީ ލަކްޝަދީޕުގެ ރަށްތަކަކީ ވެސް ރާއްޖެގޮތަށް ގުދުރަތީ އަޖައިބުން ފުރިގެންވާ ރީތި މަންޒިލެއްކަމެވެ. ދަތުރުފުޅުގެ ތެރެއިން މޯޑީ ވަނީ ސްނޯކުލް ވެސް ކުރައްވައި އެ ސަރަހައްދުގެ ފަރުގެ ރީތިކަން ވެސް މުޅި ދުނިޔެއަށް ހާމަކުރައްވާފައެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް