ads
މި މަހުގެ ފަހުކޮޅު ޓެކުހުގެ މުހިންމު ސުންގަޑިތަކެއް ހަމަވާތީ ސަމާލުވުމަށް މީރާއިން ވަނީ އެދިފައި - ފޮޓޯ:މީރާ
މި މަހުގެ ފަހުކޮޅު ޓެކުހުގެ މުހިންމު ސުންގަޑިތަކެއް
މި ހިނގާ ޑިސެމްބަރު މަހުގެ ފަހު ހަފުތާތަކަކީ ސްކޫލު ބަންދާއި މީލާދީ އާ އަހަރާ ގުޅިގެން ގިނަ ފަރާތްތަކުން ރަށުން ބޭރަށް ދަތުރުކުރާ ދުވަސްވަރަކަށް ވާތީ، މި މުއްދަތުގެ ތެރޭގައި އަންނަ ޓެކުހުގެ މުހިންމު ސުންގަޑިތަކަށް ސަމާލުވުމަށް މީރާއިން އިލްތިމާސްކޮށްފި އެވެ.

މީރާއިން ބުނީ މި މަހުގެ 28 ވާ ބުރާސްފަތި ދުވަހަކީ މި އަހަރުގެ ނޮވެމްބަރު މަހުގެ ޖީއެސްޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި ކަމަށެވެ. ޖީއެސްޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކުން ޖީއެސްޓީ ބަޔާން ހުށަހަޅާއިރު، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ޕްލާސްޓިކް ކޮތަޅުގެ ފީގެ ގޮތުގައި ނަގާފައިވާ އަދަދުތައް ޓެކްސް ބަޔާނުގައި ހިމަނައި، އެ ފައިސާވެސް އެ އޮތޯރިޓީއަށް ދައްކަން ޖެހޭނެ ކަމަށް މީރާއިން ބުނެ އެވެ. 

މީރާއިން ބުނެފައި ވަނީ މި މަހުގެ 28 ވަނަ ދުވަހަކީ މި އަހަރުގެ ނޮވެމްބަރު މަހުގެ ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި އަދި ނޮވެމްބަރު މަހުގެ އެއާޕޯޓު ޓެކުހާއި ފީގެ ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި ކަމަށެވެ. އަދި މި ހިނގާ މަހުގެ 31 ވަނަ ދުވަހަކީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑި ކަމަށް އެ އޮތޯރިޓީން ބުނެ އެވެ.

މީރާއިން ބުނި ގޮތުގައި އެ އޮތޯރިޓީގެ ހިދުމަތްތަކަކީ ފަސޭހައިން އޮންލައިންކޮށް ލިބޭ ހިދުމަތްތަކަކަށް ވެފައި، މި ހުރިހާ ޓެކުހެއްގެ ޓެކްސް ބަޔާންވެސް އެ އޮތޯރިޓީގެ އޮންލައިން ޕޯޓަލް "މީރާކަނެކްޓް" މެދުވެރިކޮށް ހުށަހަޅައި ފައިސާ ދެއްކޭނެ ކަމުގަ އެވެ. އަދި މި މުއްދަތުގެ ތެރޭގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ހިންގާފައި ނުވާ ފަރާތްތަކުން "ވާރުޕޭ" މެދުވެރިކޮށް ޖީއެސްޓީ ސުން-ބަޔާން ހުށަހެޅޭނެ ކަމަށް މީރާއިން ފާހަގަކުރެ އެވެ.

ޓެކްސް ބަޔާން ތައްޔާރުކުރުމަށް އަދި ހުށަހެޅުމަށް އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ލަސް ނުކޮށް އެ އޮތޯރިޓީން އެހީތެރިކަން ހޯދުމަށް މީރާއިން އެދެ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް