ads
މިއަދު ރާއްޖެ އައީ 1.8 މިލިއަން ވަނަ ފަތުރުވެރިޔާ
1.8 މިލިއަން ވަނަ ޓޫރިސްޓަށް މަރުހަބާ ކިޔައިފި
މި އަހަރަށް ޓޫރިޒަމް މިނިސްޓްރީން ކަނޑައެޅި އަމާޒު ކަމުގައިވާ 1.8 މިލިއަން ވަނަ ޓޫރިސްޓަށް މިއަދު މަރުހަބާ ކިޔައިފި އެވެ.

ރާއްޖެއަށް މި އަހަރު އައި 1.8 މިލިއަން ވަނަ ޓޫރިސްޓަކަށްވީ ނެދަލޭންޑްސްގެ ރައްޔިތެކެވެ. އޭނާ އަށް މަރުހަބާ ކިޔާފައިވަނީ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް އާއި އެމްއެމްޕީއާރްސީގެ އިސްވެރިންނެވެ.

ރާއްޖެ އަށް މިހާރު އެންމެ ގިނަ ޓޫރިސްޓުން އަންނަ ތިން ގައުމަކީ ރަޝިއާ، އިންޑިއާ އަދި ޗައިނާ އެވެ.

ޓޫރިޒަމްގެ ގަދަ 10 ގައުމުން މިއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު

  • ރަޝިއާ - 200،200 ފަތުރުވެރިން
  • އިންްޑިއާ - 199،187 ފަތުރުވެރިން
  • ޗައިނާ - 183،457 ފަތުރުވެރިން
  • އިނގިރޭސިވިލާތް - 148،113 ފަތުރުވެރިން
  • ޖަރުމަނު - 129،436 ފަތުރުވެރިން
  • އިޓަލީ - 106،225 ފަތުރުވެރިން
  • އެމެރިކާ - 71.068 ފަތުރުވެރިން
  • ފްރާންސް - 46،638 ފަތުރުވެރިން
  • ސްޕެއިން - 39،063 ފަތުރުވެރިން
  • ދެކުނު ކޮރެއާ - 35،370 ފަތުރުވެރިން

މުޅި އަހަރަށް ބަލާއިރު ދުވާލަކު އެވަރޭޖްކޮށް އައި ފަތުރުވެރިންގެ އަދަދަކީ 5،360 އެވެ.

ބަޖެޓުގައި މި އަހަރުގެ ނިޔަލަށް 1.8 މިލިއަން ފަތުރުވެރިން އަންނާނެ ކަމަށް ލަފާކޮށްފައި ވާއިރު، މިދިޔަ ސަރުކާރުން ވަނީ ފަހުން އެ އަދަދު 1.9 މިލިއަނަށް މަތިކޮށްފަ އެވެ. އަދި އަންނަ އަހަރަށް ކަނޑައަޅާފައިވާ އަމާޒަކީ ދެ މިލިއަން ފަތުރުވެރިން ގެނައުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް