ads
މޯލްޑިވިއަނުން އަލަށް ގެނައި އޭޓީއާރު 42 މަރުކާގެ ބޯޓެއް: ވައިޑް-ބޮޑީ އެއާކްރާފްޓް ހިދުމަތް ފަށަން ބޭނުންވާ ފަންޑް އައިއޭއެސްއަށް ވަނީ ހަމަޖައްސައިދީފައި - ފޮޓޯ:މޯލްޑިވިއަން
ވައިޑް-ބޮޑީ އެއާކްރާފްޓް ހިދުމަތް ފަށަން ބޭނުންވާ ފަންޑް އައިއޭއެސްއަށް ހަމަޖައްސައިދީފި
ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް، ފަތުރުވެރިން ގެނެވޭނެ މަންޒިލްތަކަށް ގައުމީ އެއާލައިން 'މޯލްޑިވިއަން' އިން ސީދާ ދަތުރުތައް (ނަން-ސްޓޮޕް ފްލައިޓްސް) ފެށުމަށްޓަކައި 'ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން' ތައާރަފުކުރަން ވަޒީރުންގެ މަޖިލިހުގެ ލަފާފުޅާ އެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމަވައިފި އެވެ.

ރައީސް މި ގޮތަށް ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލިހުގެ ބައްދަލުވުމުގައި ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހު އެވެ.

ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކަކީ އަދިވެސް ސީދާ ރާއްޖެއަށް ދަތުރުތައް އޮންނަ ގައުމުތަކެއް ނޫނެވެ. އެގޮތުން، 48 އިންސައްތަ ފަސިންޖަރުންނަކީ 'ކަނެކްޓިން' ފްލައިޓް މެދުވެރިކޮށް ރާއްޖެ އަންނަ ފަސިންޖަރުންނެވެ. އަދި ޔޫރަޕްގެ ގިނަ ފަތުރުވެރިންނަކީ މެދުއިރުމަތިން ފްލައިޓް ކަނެކްޓް ކުރުމަށްފަހު ރާއްޖެ އަންނަ ފަތުރުވެރިންކަން ފާހަގަ ކުރެވެ އެވެ.

ރައީސް އޮފީހުން ބުނީ މި މަޝްރޫއުގެ މަސައްކަތް ފެށުމުން ޗައިނާ، ޔޫރަޕް، އަދި ސައުތު އެފްރިކާގެ ބައެއް ސަރަހައްދުތަކަށް 'މޯލްޑިވިއަން' އިން ސީދާ ދަތުރުތައް (ނަން-ސްޓޮޕް ފްލައިޓްސް) ފެށިގެންދާނެ ކަމަށެވެ. މި މަޝްރޫއުގެ ތެރޭގައި އެންމެ އިސްކަމެއް ދޭނެ މަންޒިލްތަކެއްގެ ގޮތުގައި ޗައިނާގެ މަންޒިލްތައް ވަނީ ހަމަޖައްސަވާފައި ކަމަށް ރައީސް އޮފީހުން ބުނެ އެވެ. އެ އޮފީހުން ބުނެފައި ވަނީ މި މަޝްރޫއު ފެށުމާ އެކު މަދުވެގެން ހަފުތާއަކު ދޭއް ނުވަތަ ތިން ދަތުރު ސީދާ އެ ސަރަހައްދަކާއި ރާއްޖެ އާ ދެމެދު ކުރެވޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ގައުމީ އެއާލައިނަށް 'ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން' ތައާރަފުކުރުމުގެ މަސައްކަތަކީ ރައީސްގެ ވެރިކަމުގެ ފުރަތަމަ 14 ހަފުތާގެ މަގުޗާޓުގައި ހިމަނުއްވާފައިވާ މުހިންމު ކަމެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް